Latest News
World News
Editor Picks
Features and Events
އެސްޓީއޯގެ ފަތިފުށް ގޯސް، ހިންގަންވީ މިހެންބާ؟
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ރައްޔިތުންގެ ފައިސާއިން ގައުމަށް ޒަރޫރީ މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޒަމާނުއްސުރެ ހަވާލުކޮށްފައިވާ ތަނެކެވެ. ނަމަވެސް އެތަނުގެ ވެރިން އޮޕަރޭޝަންތަކަށް ހިޔަނި އެޅި، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ.މިއީ ދޮގެއްތޯއެވެ؟ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރަށް ބަލާލާއިރު އެސްޓީއޯ މެދުވެރިކޮށް ކޮށްފައިވާ ތެލުގެ ވިޔަފާރިއެއްގައި 800 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޚިޔާނާތެއް ފަޅާނާރާހެއްޔެވެ؟ އެކަމުގެ ސާފު […]
ގައުމު ކަނެއްގެ އަތްދަށަށުގައި…
ފަހަރަކު ކަމެއްގެ މައްޗަށް އެ މިނިކާވަގެއް ކަހަލަ ރަންނަމާރީ އެދަނީ އަރައި ހަމަލާދީ ކައި ހަދަމުންނެވެ.ރާއްޖޭގެ ޒުވާންޖީލުގެ އުފާތަކަށް ވެސް އަރައިގަނެ ޒަމާނުއްސުރެ ޒުވާނުންގެ ހިތްތަކަށް ތަޞައްލީ ހޯދަމުން ކަންކަން ވެސް ފުނޑުފުނޑު ކޮށް އެޒުވާނުން މިއަދު އެ ވަނީ މަގު އޮޅި ބެންޑު ކޮށްފައެވެ.ގައުމަށް އައި ފެހި ނޫރާނީ ރަބީޢު ޚަރީފީ މޫސުމަކަށް ބަދަކު ކޮށްފިއެވެ. ގައުމުގެ ރައްޔިތުންގެ މެދުގައި އަށަގެންފައިވާ ގައުމީލޯތްބާއި ގައުމީ ރޫޙު ނެތިކޮށް ވަގުންގެ މާޙައުލެއް އުފައްދައިފިއެވެ. ޒަމާނުއްސު ރައްޔިތުން ދެކެމުން […]
ނުވަންޏާ ދިޔައީމަ އެނިމުނީ، ކޮންހާ ވާހަކަތަކެއް
ދައުލަތުގެ މުދަލާއި ފައިސާ އާއި ރައްޔިތުންގެ ފުރާނަ އާއި ޢަބުރު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ ، ކޮންމެ ސަރުކާރެއްގެ މައްޗަށް ވެސް މަތި ކުރެވިފައިވާ ޤާނޫނީ ޒިންމާއެކެވެ. ރާއްޖެ އަށް ހުޅަނގުގެ ޑިމޮކްރަސީ އައި ފަހުން ރަނގަޅު ކަންކަމަށް ވުރެ ބޮޑަށް ޕްރޮމޯޓް ކުރަމުން އަންނަތަން ފެންނަނީ، ގެއްލުންހުރި ކަންކަމާއި މަންޒަރު ތަކެވެ. މިކަން މިގޮތަށް މެދުވެރިވީ ހެޔޮވަރުވޭތޯ ނުބަލައި ، ރާއްޖެއަށް ފިޓް ވާވަރަށް ވުރެ ބޮޑު ޑިމޮކްރަސީއެއް ގެނަސް ބާރުކޮށް ލައްވަން އުޅުމުން ފަތިތައް ކޮށައިގެން ގޮސް އިރައިގެން ދިޔުމުންނެވެ. ރައްޔިތުންގެ […]
ދިރިއުޅޭނެ ތަނެއް ނެތިގެންނޭ ބުނެ ދޮގުހަދައި ފުލެޓް ދިނީމާ އެންމެން ވިޔަފާރި ފަށައިފި
މާލޭގެ ރަށްވެހީންނަށާއި މާލޭގައި ފަނަރައަހަރު ދިރިއުޅެފައިވާ ރާއްޖެތެރެއަށް ނިސްބަތްވާ ރައްޔިތުންނަށް ދައުލަތުން ފުލެޓް ދީފައިވަނީ ދިރިއުޅުމަށެވެ. ކުށްޔަށް ދޭކަށެއްނޫނެވެ. އެހެނަސް ބޯހިޔާވަހިކަންނުލިބި ދިރި އުޅޭނެ ގޮތެއް ނެތިގެން ރޮއިހޭރިގެން ދައުލަތުން ދިންފުލެޓް ކުށްޔަށްދީގެން ފުލެޓްލިބުނުމީހާ ދިރިއުޅެނީ ކޮންތާކު ހެއްޔެވެ. ބޯހިޔާވަހިކަމެއް ނުލިބި ވަންނާނެ ތަނެއް ނެތް މީހާއަށް ފުލެޓް ދިނުމާއެކު އެ ފުލެޓް ކުށްޔަށް ދިނީ ފުލެޓް ލިބުނުމީހާ ކޮންތާކަށް ވަދެފާހެއްޔެވެ. ދައުލަތުން މަހަކު ހަތަރުހާސްރުފިޔާ ނަގާގޮތަށް ދިންފުލެޓް އެހެން މީހަކަށް ސަތާރަހާސް ރުފިޔާއަށް ކުށްޔަށްދިނުމުން ހާމަވެގެން […]
ދެފުށް ދެގޮތް ސިޔާސަތު
ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ފެންނަ ގޮތުގައި ފިހާރައަކުން ކުޑަ އެއްޗެއް ވަގަށް ނެގި މައްސަލައެއްގައި މީހެއްގެ ތަހުގީގު ޖައްސައި އޭނާއަށް އަމިއްލައަމިއްލައަށް ހުކުމް އިއްވުމުގެ ގޮތުން މުޅި ގައިގައި ކުލަހާކައި ދަވާދުލައި އޭނާއަށް ހެޓަކަށް ދިނެވެ. އެމީހުންއޭނާއަށް އިންސާފު ދެއްކީ މަގުމަތިންނެވެ. ބައެއް މީހުން އެކަމަށް ތަރުހީބުދީ އަތްތިލަބަޑި ޖަހައި މަޖާކޮށް ހެދިއެވެ. މިއީ ގައުމު އޮތް ހާލަތެވެ. މިއީ ލާއިންސާނީ، ދަށުދަރަޖައިގެ އަމަލެކެވެ. މި ހާދިސާ ވެފައިވަނީ މި މުޖުތަމަޢުގައި ކުށްތަކާއި އަދަބުތަކާމެދު އަޅުގަނޑުމެން […]
800 މިލިއަން ޑޮލަރުގެ ބާކީ ބައި ދޮންނަން ފަށައިފި
800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުފިޔާފާރީގެ ވަގުފައިސާ ބޭރުގައި ބަހައްޓައިގެން ރާއްޖޭގެ މަހުޖަނެއްގެ އެހީގައި ރައީސް ޔާމީނު ގެންދަވަނީ އެ ކަޅުފައިސާ ދޮވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް މާރިނދަ އަށް އެނގިއްޖެއެވެ. މި މަސައްކަތުގައި އުޅުއްވަނީ އެ މައްސަލާގައި ހައްޔަރުކުރި ފަހުމީ ކިޔާ ހުވަދު އަތޮޅު މަޑަވެއްޔަށް ނިސްބަތްވާ ބޭފުޅެކެވެ. އެބޭފުޅާ ހުންނަވަނީ އިސްވެ ދެންނެވުނު މަހުޖަނުގެ ރިސޯޓެއްގައެވެ. އެފަހުމީ އަކީ ފެށުނީއްސުރެ މިބާތުގެ ވައްކަން ކުރުމުގައި އަރާހުންނެވި ބޭފުޅެކެވެ. އެބޭފުޅާގެ ފުރަތަމަ ވައްކަންކުރަން ފެށްޓެވީ ރައީސް […]
ފައިސާއަށް ވީނުވީއެއް ނޭނގި ހުދުކާފޫރަށްވުމުން…
ދިވެހި އުންމަތް ބަނޑަށް ޖެހިއްޖެ ކަން އެނގޭނީ ހެނދުނު ސައިބުއިމަށްފަހު މެންދުރު ލައިގެންކާނެ އެއްޗެއް، ބޯނެ އެއްޗެއް ނުލިބުނީމައެވެ. ނޫންނަމަ އޭޓީއެމަށް ކާޑު ޖަހާލުމުން ލާރިއެއް ނައުމުންނެވެ. ނޫންނަމަ ފިހާރައަށް ދާއިރު ފިހާރަ ތަކުން ކާޑުހުސްވި ވާހަކަ ބުނުމުންނެވެ. މިހިސާބަށް ދާއިރު ދެން ދަތްއަޅާނެ އެއްވެސް އެއްޗެއް މިސަރަޙައްދުން ލިބޭނެ އެއްވެސް މަގެއް މިހާތަނަށް ކޮށިފައެއްވެސް ނެތެވެ. އެއްދުވަހު އިވުނު އަޑަކީ ގައުމުން ގޭސް ހުސްވެއްޖެ ވާހަކައެވެ. އަނެއް ދުވަހު އަޑުއިވޭނީ ރާއްޖެއަށް ކާޑުގެންނަން ފޮނުވި އެޑްވާންސް ފައިސާއަށް […]
ޙަރާމްތަކެތި ކައިގެން ޖަހާ މަހަކީ ނަރަކައިގެ ދަރެވެ
އަލްއުސްތާޒު ޙުޞައިން ޞަލާޙުއްދީން ވިދާޅުވެފައި ވެއެވެ. ރައްޔިތުން ރަނގަޅު ބަޔަކަށް ހަދަން ބޭނުންނަމަ ވެރިން ރަނގަޅުވާށެވެ. ޒަމާނުއްސުރެ ދިވެހި ރައްޔިތުންނަކީ ވެރިން ކޮޕީކޮށްގެން އުޅޭ ބައެކެވެ. އެހެން ކަމުން އެވާލާ ޒަމާނުއްސުރެ ދިވެހިން ވެރިންނާ ބެހޭ ގޮތުން ބުނެފައި އޮންނަނީ ވެރިޔަކު ގޯސްކަމެއް ނުކުރާނެއެވެ. އެހެން ކަމުން ވެރިޔަކު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިއަސް އޭރުގެ އެއްވެސް ދިވެއްސަކު އެ ކަމަކީ ނުބައިކަމެއް ކަމަކަށް ނުބަލައެވެ. އެހެނީ ދިވެހީންނަކީ އަބަދުވެސް ވެރިންދެކެ ލޯބިވާ އަދި ވެރީންނަށް ކިޔަމަންވާ ބައެއްކަމުން […]
މަސްތު ނަތީޖާ ގޯސް! ހުއްޓުވަން އަވަސްކުރޭ!
މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ރިހެބިލިޓޭޓް ކޮށް އަނބުރާ މުޖުތަމަށް ނެރުމަށްޓަކާ ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅެއް ނޫނެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ %90 އިންސައްތަ އަކީ އެ ވަބާއިން ސަލާމަތްވާން ބޭނުންވާ ޒުވާނުންނެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށްޓަކާ އަމިއްލައަށް އެންޑީއޭއަށް ގޮސް ރިހެބިލިޓޭޓް ވާން އެދެމުންދާ ޒުވާނުން ގިނަވި ނަމަވެސް ސެންޓަރުގެ ޖާގަ ނެތިގެން އެތައްސަތޭކަ ޒުވާނުން މިހާރުވެސް ތިބީ ކިޔޫގައެވެ. އަނެއްކޮޅުން މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ބައެއް ޒުވާނުން ޑިޓޮކްސިފައި ވުމަށް […]
150 ޕަސަންޓުގެ ޚިޔާނާތް
ދާދި ފަހުން ސްޓެލްކޯއިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އެކުންފުނީގެ ފަރާތުން ފޮނުވަންޖެހޭ ތަކެތި އެރަށްތަކަށް ގެންގޮސްދޭނޭ ފަރާތެއް ހޯދުމަށްޓަކައި ބިޑް ހުޅުވާ އެކަން އިޢުލާނު ކުރިއެވެ. ވަރަށް ގިނަ ކުންފުނި ތަކުން އެ ބިޑުގައި ބައިވެރިވިއެވެ. އެބިޑުގައި ބައިވެރި ހުރިހާ ކުންފުނިތަކުން ވެސް ބިޑު ހުށަހާޅާފައި ވަނީ ގާތްގަނޑަކަށް ސާޅީސް ހާހާއި ފަންސާސް ހާހާއި ދެމެދުގައެވެ. އެހެން ކަމުން އޭގެތެރޭގައި ހިމެނޭ އެންމެ ކުޑަ އަގު ހުށަހެޅިފަރާތަށް ބިޑް ކާމިޔާބު ވެއްޖެކަން އިޢުލާނު ކުރެވިއްޖެއެވެ. މިކަން އިޢުލާން ކުރެވުނީ […]
