Latest News
World News
Editor Picks
Features and Events
ޚަރަދު ކުޑަކުރުމުގެ ނަމުގައި ފަޑިޔާރުން ޢިލްމީގޮތުން އަހުލުވެރިވާން އޮތް ފުރުސަތު ހުއްޓުވާލުން
ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބައެއް ގައުމުތަކުގައި ބޭނުން ކުރެވޭ އެއް އުކުޅަކީ ލާދީނީ ވައްތަރުގެ މީހުންނަށް ފަނޑިޔާރުކަން ދިނުން
“ދައްޖާލުގެ ވެރިކަން” ކުރާ ބަޔަކަށް ވޯޓު ނުދީ
ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާ ވެރިކަން ކާމިޔާބު ކުރަމުން އަންނަނީ ގޭންގުތަކެއްގެ ތެރެއިން ރައްޔިތުންގެ ލޭ ކައްކުވައި ވޯޓު ހޯދައިގެންނެވެ. ކޮންމެ ވެރިޔަކުވެސް ވެރިކަން ނިންމާލަނީ ރައްޔިތުންވިއްކާލާފައެވެ. ދައުލަތުގެ ތިޖޫރީ ފެންފޮދަކާ ނުލާ ދިރުވާލުމަށް ފަހު ބައިނަލް އަގްވާމީ މާލީ އިދާރާތަކަށާއި އަވަށްޓެރި ގައުމުތަކަށާއި އަދި ވޯލްޑުބޭންކަށް ރައްޔިތުން ވިއްކާލާ ލޯނުނަގާ ގައުމުދަރުވާލާފައެވެ. ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނާ ބައްދަލުކޮށް އެކި ސަރުކާރުތަކުން ކޮށްފައިހުރި ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލައި ރައްޔިތުންނަށް އިންޞާފުހޯއްދަވާ ދެއްވާނޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ […]
ވަޢުދާ ހުވާކުރާނެޔޭ، އެ ހަނދާން ނެތޭނެޔޭ، ނޫނީ އެހެން ގޮތެއް ހޯދަން އުޅޭނެޔޭ
ރައްޔިތުމީހާގެ ޖީބަށްބާރު ބޮޑުވަމުން ދާނަމަ ފިކުރާއި ޚިޔާލު ބޮޑުވެ ދިރިއުޅުމުގެ ޙާލަތު ގޯސްވެ އަނގަޔާ އަތާދިމާނުވާ ގޮތްވެދެއެވެ. ރާއްޖެ މިޙާލަތަށް ބަދަލު ވަމުން އެދަނީ ރާއްޖޭގެ ވަލިއްޔުލްއަމްރު ވެ ވަޑައިގެންފައިވާ ވަޢުދުތަކަށް އެ މަނިކުފާނު އިޙުތިރާމް ނުކުރުރެއްވުމުގެ ހިތި ނަތީޖާއެެވެ. ދެންފަހެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ޙަވާލުވެ ވަޑައިގަންނަވަމުން ވަޢުދުވެ ވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމެއްގައި 700 ސިޔާސީ މަގާމަށްވުރެ ސިޔާސީ މަގާމް ތައް އިތުރުނުކުރައްވާނެ ކަމުގައެވެ. ސިޔާސީ މަގާމްތައް އިތުރުވަމުން ދިއުމަކީ ދައުލަތަށް […]
އޮފިސަރުންގެ ޖީބު
ސާނާވީ ތައުލީމު ނިމި ރަށުން މާލެ އައިސް ވަންނަނީ ފުލުހުންގެ ވަޒީފާ އަށެވެ. ފުރަތަމަ މަހު ލިބޭ މުސާެރައިން ސައިކަލަކާއި ފޯނެއް ލޭންދޭނަށް ނަގައެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހި ލޭންދޭނަށް ނެގި ސައިކަލާއި ފޯނަށް ފައިސާ ވެސް ދެއްކޭނެ ވަރު ނެތްތާނގައި އާއިލާ މީހަކަށް ދިއްކޮއްލާން ބައި ލާރި ވެސް ތެދުވެރި އަމާނާތް ތެރި އޮފިސަރު އަތަކު ނޯންނާނެއެވެ. ގައުމީ ހިދުމަތުގައި އަހަރެއް ވެދާއިރު އެ ވަފާތެރި އޮފިސަރުގެ ޖީބު ފުރި ސައިކަލުގެ ބަދަލު ނަގުދު ފައިސާ ދީ […]
އަނިޔާކުރުމަކީ ހަމައެކަނި އަތުންނާއި މުގުރުން އަދި އެއްތެލުންނާއި ދުއްރައިން ތެޅުމެއް ނޫނެވެ!
ކުށްކުށުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކުރުމަކީ ދިވެހިރައްޔިތު އިންސާނާ ގެއްލުވާލާ ވޭންދެނިވި އެތަކެއް އަނިޔާ ކުރުންކަމަށް މި ފަހަކަށް އައިސް ގިނަ ބަޔަކު ސިފަކުރެއެވެ. އެގޮތަށް ސިފަކުރަނީ އެ ރައްޔިތުމީހާ ޖަލަށްލުމަށްފަހު އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމެއްނެްްނެތި ޖަލުގައި ހަތްއަހަރު ދުވަސް ވެފައިވާ އިންސާނުން ތިބުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ދިވެހި ރައްޔިތުމީހާ ވާނުވާގައި ޖަލުގައި ބަންދުކުރަނީ ކްރިމިނަލް ކޯޓުގައި ކުށުގެ ތުހުމަތުގައި ދައުލަތުން ދަޢުވާކުރާ ރައްޔިތުމީހާގެ އިބްތިދާއީ އަޑުއެހުމަށް ޕޮލިހުންގެ ފަރާތުން ވަޑައިގަންނަވާ އައިއޯ […]
ވަގު ފުލުސް ކުޅެނީ ހެއްޔެވެ؟
އައިޕެޑާއި މޮބައިލް ފޯނާއި ދެންވެސް އެފަދަ އާލާތްތައް ނެތް ދުވަސްވަރެވެ. މަދަރުސާތަކުގެ ކިލާސްތަކުގައި ވެސް ކުޅެއުޅޭ ކުޅިވަރެކެވެ. ފުލުސް ނުކުމެ ވަގު ހިފައި ވަގުގެ އަތުގައި ފަތިގަނޑުން ދިހައެތިފަހަރު ޖަހާލާ ތަދު ކޮށްލައެވެ. ޒަމާން ބަދަލުވެއްޖެއެވެ. އެދުވަހު “ވަގު ފުލުސް” ކުޅޭން އުޅުނު ކުދީން އެތިބީ ހަމަ ހަގީގީ ވަގު ފުލުސް ކުޅޭން ހެއްޔެވެ؟ ނުވަތަ “ވަގުގެ ” ގައިގައި ހިފާން ހުންނަ “ވަގު” ފުލުސްގެ ގައިގައިވެސް “ވަގު” ނުކުމެ ފުލުސް ހިފާން ވެފައި ހެއްޔެވެ! ހިފާންވީ ކޮން ވަގެެއް ކަމެއް، ވަގުންނަކީ […]
ރައްޔިތު މީހާގެ އަތަށް ވޯޓް ކަރުދާސްކޮޅު ލިބޭނެ ކަމުގެ އުންމީދު ގެއްލިއްޖެ
ވެރިކަން ހިފެއްޓުމަށް މިސަރުކާރުން މިލިޓަރީ ބާރު ބޭނުންކޮށްފާނޭ ކަމަށް ބެލެވޭ!
ބަންޑާރަ ބިން
ބޯހިޔާވެހިކަން ކަށަވަރު ކޮށްދިނުމަކީ ކޮންމެ ވެރިއެއްގެ އެންމެ މުހިންމު ރިޔާސީ ވައުދާއި އަހުދެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް ވެވިދާނެ ވައުދެއް ތޯ ބާލާލުން މިއީ ކޮންމެހެން ކުރާން ޖެހިފައިވާ ކަމެކެވެ. އަހުރެންގެ ބުއްދިއަށް ފަހުމްވާ ގޮތާއި މި ވިސްނޭވިސްނުން ކޮށި ނަމަވެސް ލިޔެލާން ގަސްތު ކޮށްފީމުއެވެ. ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅާ ނުވަތަ ކައުންސިލަށް ނުވަތަ ރައްޔިތުން ގެ މަޖްލީހަށް ކުރިމަތިލައްވާ އެ ސިޔާސީ އިއްޒަތްތެރި ވެރިޔާ އެ ވިދާޅުވާ ވައުދަކީ ކޮރަޕްޝަން […]
ޑިމޮކްރަސީގެ ވަހުމް: ވެރިމީހާގެ ލޮލުން ރައްޔިތުންނަކީ ސަރުކާރުގެ ގައިދީން
ދިވެހިރާއްޖެ ހިންގަންވީ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ފަހަތުގައި އެއިން ބާރު ހޯދި ފޮރުވިފައިވާ ހުދުމުހުތާރު ވެރިއަކު ތަ؟
މަހާނަ މަައްޗަށް މަޑިއަކަށް ޖެހުން
އަޅުގަނޑުމެން އިހު ގެންގުޅުނު އެއްބައިވަންތަކަމާއި އެކުވެރި އުހުއްވަތްތެރި ކަމަކީ ދިވެހިންގެ ސަގާފަތާއި ގުޅިލާމެހިފައިވާ ކަންތައްތަކެވެ. އަވަށްޓެރިއަކު ނިޔާވެ 40ވަންދެން ބާރަށް އަޑެއް އިއްވާނުލާއިރު ރޭޑިޔޯ އިން ލަވައެއް ޖަހާނުލާ ތިބި އެކުވެރި އެއްބައިވަންތަ ދިވެހިންނެވެ. ސަކަރާތާއި ހީ މަޖާ ކުރުމުން ދުރުވެ އެ ހިތާމައިގައި ނަމޫނާ ދެއްކި އަވަށްޓެރިނެވެ. އިހު ދިވެހިންނަކީ ގަބުރުސްތާން ނުވަތަ ސަހާރާތަކަށް ޒިޔާރަތްކޮށް ހާއްސަ އަހުމިއްޔަތެއް ދީ ހުކުރު ހޯމަ ދުވަހު ތިމާގެ މީހުންގެ މަހާނަ އަށް ޒިޔާރަތްކޮށް އެ މަހާނަ ސާފުކޮށް އެ މައްޔިތާ އަށް […]
