Featured
ރައްޔިތުން ވޯޓުދީގެން ހޮވާ ރައީސްމީހާ މަގާމުން ދުރު ކުރަން ގާނޫނުއަސާސީގައި ބުނެފައިވާ ގޮތް ބަދަލު ކުރަންޖެހޭ
ދައުލަތުގެ ތިންބާރު ވަކިކޮށްފައިވަނީ އެއިން އެއްވެސް ބާރަކަށް އަނެއްބާރުން އަރައިނުގަނެވޭ ހެންނެވެ. ދައުލަތުގެ މިދެންނެވި ތިންބާރަކީ ވެރިކަން ކުރުމުގެބާރާއި ޢަދުލު އިންޞާފު ގާއިމް ކުރުމުގެ ބާރާއި ރައްޔިތުންގެ ބާރެވެ. ރައްޔިތުންގެ ބާރަކީ އަނެއް ދެބާރު މަސައްކަތް ކުރަނީ ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ގޮތަށްތޯބަލާ އެ ދެބާރު ޖަވާބުދާރީ ކުރުމަށްޓަކާ ރައްޔިތުން އެކަށައަޅާފައިވާ ރައްޔިތުންގެބާރެވެ. ގާނޫނުއަސާސީގައި ބުނެފައިވަނީ ރައްޔިތުން ވޯޓުދީގެން ހޮވާރައީސްމީހާ ގާނޫނު އަސާސީއާއި ޚިލާފުވެއްޖެ ނަމަ ރައްޔިތުންގެ ބާރު ބޭނުންކޮށް އިތުބާރުނެތްކަމުގެ ވޯޓެއްނަގައި ރައީސްމީހާ މަގާމުން ދުރުކުރެވޭނެ […]
އެޗްޑީސީ ސިޔާސީ އައްޑާއަކަށް!
ހައުސިންގޑިވެލޮޕްމެންޓްކޯޕަރޭޝަން ( އެޗްޑީސީ) ސިޔާސީއައްޑާއަކަށް ބަދަލުނުކުރެވިގެން އެކުންފުނީގެ ޗެއާރމަން މަޢުރޫފްޖަމީލު ރިޓަޔަރ ކުރައްވަން ރައީސް މުޢިއްޒު ނިންމަވައިފިއެވެ. މަޢުރޫފުޖަމީލަކީ ޢިލްމީ ގާބިލް އަދި ހުޅުމާލޭގެ ބިންހިއްކުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާފައިވާ އަދި އެޗްޑީސީގެ މެނޭޖިންޑިރެކްޓަރކަން ވެސްކުރެއްވި ތަޖްރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނަށް އެޗްޑީސީގެ ޗެއަރމަންކަމުގެ މަގާމު ދެއްވީ މީގެ ހައެއްކަމަސްދުވަސް ކުރިން އެޗްޑީސީގެ ޗެއާރމަންގެ މަގާމުގައި ހުންނެވި ފަޒުލްރަޝީދު އެކުންފުނީގެ ޗެއަރމަންކަމުގެ މަގާގައި ހުންވައިގެން ހިންގެވިކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއިގުޅިގެން މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މަޢުރޫފްޖަމީލު އެޗްޑީސީއާއި ޙަވާލުވެ […]
ވެރިން މުއްސަނދިވާއިރު ރައްޔިތުން ހަނާވަނީ
ރާއްޖޭގެ އިގްތިޞާދު ހީނަރުވަމުން ގޮސް އާބާދީގެ %45 އިންސައްތަ ރައްޔިތުންނަށް ދެއިރު ހަމަޔަށް ކާންބޯން ނުލިބި ހައިހޫނުކަމާއި ކުރިމަތިލާންޖެހިއްޖެއެވެ. ޑޮލަރު ލިބުން ދަތިވެ ބާޒާރުގެ ތަކެތީގެ އަގުބޮޑުވަމުން ގޮސް ރައްޔިތުން ހަނާވަމުން ދަނީއެވެ. ކުރިއަށް އޮތީވެސް ދަތިދުވަސް ތަކެއްކަމަށް ބެލެވޭއިރު ރާއްޖެއަށް ލިބޭ އާމްދަނީގެ މިންވަރުވެސް ދުވަހެއް ދުވަހެއް ދަނީ ދަށަށެވެ. ވާނީވެސް އެހެންތާއެވެ. ގޭންގެއްހިންގާހެން ގައުމެއް ހިންގާން އުޅޭ ދުންޔަވީ ތަޖުރިބާއެއް ނެތް ބައެއްގެ އަށްދަށަށް ގައުމު ދިއުމުން މިއޮތީ ވާނެ ހަތަރެތި ވެފައި ވިއްޔާއެވެ. […]
ރާއްޖެއަށް ގެނެސްފައިހުރި ތެޔޮ ހުސްވެއްޖެނަމަ ހަދާނީ ކިހިނެއް
ޤައުމިއްތަށް ސަމާލުކަން ނުދޭ ގައުމެއްގެ ރައްޔިތުން ބޭނުންކުރަމުން އަންނަ ޒަމާނީ ފަރުވާ ހުއްޓިއްޖެ ނަމަ ދެން ކުރާނެ އަމިއްލަ ފަރުވާއެއް ނެތީ ރައްޔިތުންގެ ކިބައިން ގައުމިއްޔަތުކަން ގެއްލި ދިއުމުންނެވެ. ގައުމިއްޔަތު އާލާކޮށް ކުރެވުނު ނަމަ ކަރަންޓާނުލައިވެސް ރައްޔިތުން އުޅެމުންއައި އުފާވެރި ދުވަސްތައް މާޒީވެ ހިރަފުހާ އެކުވެ ވަޔަށް އަރައިގެން ހިނގައްޖެ ކަމުގެ ހިތިހަނދާން ހިތަށް ތަޞައްވުރުވެގެން އަންނާނީ ކަރަންޓް ނެތިގެން ފެންނުބޮވި، ގަޟާޙަޖަތް ނުކުރެވި ގެއިން ނުކުންނަން ހުރި ލިފްޓް މަސައްކަތް ނުކުރުމުންނެވެ. ގައުމިއްޔަތު ނޭނގި ދިދައަކާ […]
ސިޔާސީންގެ ޚަރަދު ނޭނގިހުއްޓާ ޤައުމަށް ކެންސަރު ޖެހިއްޖެ
ދައުލަތުގެ ޚަރަދު ބަރަދު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ޖެހި ވަޑައިގަންނަވާ ކަމެކެވެ. އެހެނީ ދައުލަތުގެ މުދަލާއި ފައިސާ ރައްޔިތުން ޙަވާލުކޮށްފައިވާ ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ އާއި އެވެ. އެހެން ކަމުން ދައުލަތުގެ ފައިސާއިން ލޯލާރި ފޮއްޗެއް ޚަރަދު ކުރި ކަމުގައި ވިޔަސް އޭގެ ތަފުޞީލް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންނަށް ހާމަކޮށް ދެއްވަން ޖެހޭނެއެވެ. އެގޮތުން ސަރުކާރުގެ އެންމެހައި މުވައްޒަފުންގެ ޢަދަދާއި އަދި އެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ތަކާއި އަދި އެކި ގޮތްގޮތުން […]
ސަރުކާރުގެ ކުންފުނިތައް
ވަކި ސަރުކާރެއް ކިޔާނެ ކަމެއް ނެތެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވިޔަފާރި ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ޔާމީން އާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ވިޔަފާރި ވުޒާރާ ހިންގެވި ރާޒީ އާއި، ޑރ.ވަހީދުގެ ވެރިކަމުގައި އެ ވުޒާރާ ހިންގެވުމަށް ހުންނެވި އަހްމަދު މުހަންމަދާއި، ޔާމީންގެ ވެރިކަމުގައި ހުންނެވި ސައީދާ އާއި ސޯލިހްގެ ވެރިކަމުގައި އެ ވުޒާރާ ހަވާލުވެ ހުންނެވި ފައްޔާޒް އާއި އަދި މުޢީޒްގެ ވެރިކަމުގައި އެ ވުޒާރާ ހަވާލުވެ ހުންނެވި ކުރިން ވެސް ޔާމީނު ކައިރިން […]
ދެ ކޮންޓޭނަރު ފައިސާ އެމްޕީއެލް ތެރެއިން އެބަ ނެރޭ
ދެ ކޮންޓޭނަރުގެ ފައިސާ އެމްޕީއެލްއިން މިއަދު އެބަނެރޭކަމަށް މަޢުލޫމާތު ލިބިއްޖެ. އެކަމަށްޓަކައި މިވަގުތު ސަރުކާރުގެ ކަމާބެހޭ މީހުން ކަމަށް ޚަބަރު ލިބޭ!އެތިބީ އެމްޕީއެލް ތެރޭގައި ކަމަށާއި ސިފައިން ވެސް އެބަތިބި.
ސަމާލުވޭ! ރާއްޖޭގައި ގިނައީ ފޭކު ބޭސްތައް
ބޮޑު އަގުގައި ރައްޔިތުންނަށް ފޭކު ބޭސް ވިއްކަމުންދާއިރު، ދައުވާ ކުރެވޭނެ ގޮތެއް ނެތް! ސަރުކާރުގެ ވެރިން އަޑަށް ބާރުލައްވާފައި ވިދާޅުވަނީ ދެން ގެންނާނީ ޔޫރަޕްގެ އޮރިޖިނަލް ބޭހޭ! އެކަމަކު “ މިހާރު އެވާހަކަ ވެސް އޮއްބާލައި އަނެއްކާވެސް އިންޑިއާގެ ބޭސް ބޭސް ގެންނަން ޑީލް ހަދައިފި ރާއްޖެއަށް އެތެރެ ކުރާ ޑޮކްޓަރީ ބޭސްތަކަކީ ފެންވަރުދަށް އަދި އިންސާނުން ބޭނުންކުރަން ހެޔޮވާވަރުގެ ބޭސްތަކެއް ނޫންކަމަށް އިންޑިޔާގެ ޑޮކްޓަރަކާއި ޙަވާލާދީ ދިވެއްސަކު ބުނެފިއެވެ. އޭނާ މިހެން ބުނީ ސްޓްރޯކެއް ޖެހިގެން […]
އެސްޓީއޯގެ ދަގަނޑު އިމްޕޯޓުގައި ބޮޑު ކޮރަޕްޝަނެއް
އެސްޓީއޯއިން ދަގަނޑު އިމްޕޯޓު ކުރުމުގައި ބޮޑު ކޮރަޕްޝަނެއް ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައުލޫމާތުތަކެއް އެ ކުންފުނީގެ ތެރެއިން ލީކުވެއްޖެއެވެ. މި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވިނަމަވެސް، މިކަން ހިނގާތާ 5 އަހަރަށްވުރެ ގިނަ ވެއްޖެ ކަމަށާއި އެސްޓީއޯގެ އިސް ފަރާތްތަކެއް މެދުވެރިވެގެން މިފަދަ ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވެއެވެ. މިއީ އަހަރުތަކެއް ވެފައިވާ ފެހިޖަހާފައިވާ ކޮރަޕްޝަނެކެވެ. ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެސްޓީއޯއަށް އެކި ގައުމުތަކުން ދަގަނޑު އެތެރެކުރާ ކަމަށާއި، އޭގެތެރޭގައި ސިންގަޕޫރު، ތުރުކީ، ޗައިނާ […]
އެމްޑީޕީން ފޭބީ ވީ ގިނަ ވަޢުދު ނުފުއްދާ
އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އައީ ރައްޔިތުންނަށް އެތަކެއް ވަޢުދު ވެގެންނެވެ. އެހެނަސް އެމްޑީޕީ ވެރިކަމުން ފޭބީ އެވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވަޢުދުތައް ނުފުއްދައެވެ. ފަނޑިޔާރުގެ މިނިވަން ކުރުމާއި ކުރީގެ ސަރުކާރުތަކުން ދައުލަތަށް ވެފައިވާ ޚިޔާތުގެ މައްސަލަތަކާއި އަދި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވާނޭ ކަމުގެ ވަޢުދު ތަކާއެކު ރައްޔިތުން ގެނައި އެމްޑީޕީގެ ސަރުކާރު ނިންމާލީ ރައްޔިތުންނަށް ކަނޑުން ގޯތި ދީފައެވެ. ކުރީސަރުކާރު ތަކުން ދައުލަތަށް ވެފައިވާ ޚިޔާނާތުގެ މައްސަލަތައް ނުބެލި ތަނުގައި އެސަރުކާރު ނިންމާލީ […]
