ދަރަންޏެއް އޮތްނަމަ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ނުދިނުން:

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ދޫކުރުމުގެ ކުރިން ޕާޓީތަކުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަން ޖެހޭ ފައިސައެއް ނުވަތަ ދަރަންޏެއް އޮތްތޯ ރެކޯޑް ސާފުކުރަ ޖެހެއެވެ، އެކަން ސާފް ކުރަންޖެހޭނީ ، ދިހަހާސް ހަމަވާ ކޮންމެ ޕާޓީއަކަށް ޕާޓީގެ މެންބަރުން ގެ ބޮލުގެ ޢަދަދަށް ބަލައި އަހަރަކު އެތައް މިލިޔަން ރުފިޔާ ދޫކުރި ނަމަވެސް ޕާޓީ އުވާލާ އިރު ނުވަތަ ޕާޓީގެ ވެރިކަން ބަދަލުވާއިރު ޕާޓީން ދައުލަތުގެ އެކި އިދާރާތަކަށް ދައްކަޖެހޭ ބޮޑު ދަރަންޏެއް އޮތުމެވެ، […]

 ސަރުކާރަށް މިހިނދު ކުރާން ޖެހިފައިވާ ކަމަކީ ނުފޯރާފޮތިން ފޫގަޅަން ނުއުޅުން

ކޭބަޔަކު ކައިފިއެވެ. އެހެން ކަމުން ދައުލަތުގެ ޚަޒާނާގައި ރައްޔިތުންގެ ތަރައްގީއަށްޓަކާ ނުވަތަ އަސާސީ ބޭނުންތަކަށް ޚަރަދުކުރާނޭ ސާފުފައިދާއެއްނެތެވެ. އެހެން ކަމުން މިވަގުތު ސަރުކާރުން ކުރަން އޮތީ ދެކަމެކެވެ. އެއްކަމަކީ ނުފޯރާފޮތިން ފޫގަޅަން ނުއުޅުމެވެ. އަނެއްކަމަކީ އެކިސަރުކާރުތަކުން ކައިފައިހުރި ފައިސާހޯދުމާއި އެކު ސަރުކާރުގެ ޚަރަދު ކުޑަކޮށް ދައުލަތުގެ ބަޖެޓް މީޒާނަށް ގެނައުމެވެ. ސަރުކާރުން ކުރާ ބޭކާރުޚަރަދު ކުޑަނުކޮށް އެޚަރަދުތައް ފޫބެއްދުމަށްޓަކާ ރައްޔިތުންނަށް ދަތިވާ ކަންކަން ކުރުމަކީ ބުއްދިވެރި ގޮތެއްނޫނެވެ. އެހެން ނަމަވެސް ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް އެޚަރަދު ފޫބެއްދެން […]

ޑޮލަރު އަގުބޮޑުވެ ރައްޔިތުން ދަޅުފިއްތާ މެޝިނަކަށް ލައި ފިއްތާލާފައި

ބޭންކް އޮފް މޯލްޑިވްސް ވުޖޫދު ވީއްސުރެ އެ ބޭންކް ތަޢާރުފު ވެގެން އައިސްފައިވަނީ އެއިރެއްގައި ހުންނަވާ ރައީސެއްގެ ބާރާއި ނުފޫޒުގެ އޮންނަ އަދި ރައީސްމީހާ ބޭނުންވާ ބަޔަކަށް ބޭނުންވާ ގޮތަކަށެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ ސިނާޢަތަށް  އިންވެސްޓް ކުރަން ތިބި ރާއްޖޭގެ ވިޔާފާރިވެރިންނާއި އެބޭންކާއި ދެމެދު އޮންނަން ޖެހޭ ވިޔާފާރީގެ މުޢާމަލާތްތައް ނުކުރެވެއެވެ. އެކަމާއި ވިދިގެން ދިވެހީންގެ ބޭންކަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ތެރެއިން ވަންނަންޖެހޭ ޑޮލަރު ވަނުމުގެ ދޮރު ވަނީ ބަންދުވެފައެވެ. ދިވެހީންގެ ބޭންކް ވެފައިވަނީ ސަރުކާރުގެ […]

ފުލުހުންނަށް ޑުރަގު ހުއްޓުވޭނެ!

މާލެތެރޭގައި ޒުވާނުން މަސްތުވާތަކެތި ވިއްކަނީ ފުލުހުންގެ އެހީތެރިކަން ލިބިގެން ކަމަށް އަޑުފެތުރެމުންދެއެވެ. މާލޭގެ މަޝްހޫރު ބުރެއްގެ ތެރޭގައި ތިބޭ ޒުވާނުން ތަކެއް ދޭތެރެ ދޭތެރެއިން ޕޮލިހަން ގެންދަނީއެވެ. ނަމަވެސް އެޒުވާނުން މިއަދު ގެންދިޔަ ނަމަ ޖެހިގެން އަންނަދުވަހު ހަމަ އެޒުވާނުން ހަމަ އެބުރުގައި ތިބެގެން މަސްތުވާތަކެތި ވިއްކައެވެ. އެއްދުވަހު އެތަނުން ޒުވާނަކު އައިސް ބުންޏެވެ. ބޭބެއެވެ. ސިގިރޭޓެއް ގަންނަން ދިހަރުފިޔާދީބަލާށެވެ. އެބޭބެ ބުންޏެވެ. ދިހަރުފިޔާ ލިބިދާނެއެވެ. އެކަމަކު ބޭބެ ބުނާވާހަކައަކަށް ދޮގުނަހަދާ ޖަވާބު ދެނިކޮށް ދިހަރުފިޔާ ދޭނަމެވެ. […]

ދެމީހަކު އެއްވިޔަސް މިހާރު ބަވަނީ ސަރުކާރަށް…!

ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ރާއްޖެއަށް ވަންނަހާ ޑޮލަރަކީ ދިވެހިރައްޔިތުންކުރާ ބުރަމަސައްކަތުގެ ފޮނިމޭވާއެވެ. އެހެން ނަމަވެސް ބީއެމްއެލް ހިންގުމުގެ ނިޒާމަކީ ސަރުކާރުގެ ބާރާއި ނުފޫޒްއޮންނަ ނިޒާމަކަށް ވުމުން ރައްޔިތުން ކުރާ ބުރަމަސައްކަތުން ލިބޭ ފޮނިމޭވާގެ ރަހަ ރައްޔިތުންގެ ކަރުބުޑުގައި ލާގޮތެއް ނުވެއެވެ. ފެށުނީއްސުރެ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ރިޒޯޓުތަރައްގީކުރުމަށްޓަކާ ބީއެމްއެލްއިން ލޯން ދޫކުރަމުން ދިޔަނަމަ މިއަދު ރައްޔިތުން ތަޙައްމަލް ކުރަން ޖެހިފައިމިވާ ޑޮލަރުލިބުމުގެ ދަތިތަކާ ކުރިމަތިލާން ނުޖެހުނީހެވެ. ނަމަވެސް ދިވެހި ބޭންކަކީ ސަރުކާރުގެ ރުހުންއޮންނަ ސިޔާސީ ފަރާތްތަކަށް ފައިސާ […]

ބައިތުލްމާލުގެ ތަޅުކީހާލައި ރަސްމާލެ ތަރައްގީ ކުރެވިގެން ނުވާނެ 

ރާއްޖޭގެ ބައިތުލްމާލުގައި ރައްޔިތުން ރައްކާކޮށްފައިވާ ފައިސާއަކީ ރައްޔިތުންނަށް ދަތިޙާލެއް ކުރިމަތިވެއްޖެނަމަ އެ ދަތި ޙާލުން އަރައިގަތުމަށްޓަކާ ރައްޔިތުން ރައްކާކޮށްފައިހުރި ރައްޔިތުންގެ ފައިސާއެވެ. ދުނިޔޭގެ އިގްތިޞާދީ ޙާލަތު ނުހަނު ހީނަރުވަމުންދާ މި ފުތޫރަތްތެރި ދަނޑިވަޅުގައި ރައީސް މުޢިއްޒުބޭނުންފުޚުވިޔަސް ރައްޔިތުން ހޮވާފައިތިބި ރައްޔިތުންގެ މަންދޫބުން ރައީސް މުޢިއްޒު ޚަރަދު ކުރައްވަން ބައިތުލްމާލުގެ ތަޅުކީހާލައި އެފައިސާ ނަގައި ދީގެން ނުވާނެއެވެ. ރާއްޖެއަށް އެތެރެކުރި ހަނޑުބޯޓަށް އައްބީލު އަހުމަދުކާމިލްދީދީ ބައިތުލްމާލުގެ ތަޅުކީހާލައިގެން ފައިސާދައްކާ ރައްޔިތުންނަށް އޭގެސަބަބުން ވީގެއްލުން ތާރީޚުގެ ޞަފުޙާތަކުން އެހެރީ ފެންނާށެވެ.  […]

ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ!

ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ. ހެޔޮލަފާ މައިން ބަފައިން އުފެއްދޭނީ ﷲގެ ކަލާމް ފުޅު ކީރިރިقرآن އާއި ރަސޫލާ محمد صلى اللّه عليه وسلم ގެ ރިސާލަތަކީ ތަރުބިއްޔަތުގެ މަންހަޖު ކަމުގައި ދެކިގެނެވެ. ކިތަމެ ބޮޑު ޔުނިވަރސިޓީއަކުން ކިތަމެ ބޮޑު ސަނަދެއް ލިބުނެއްކަމަކު ކީރިތި ޤުރުއާނުގައި އޮތް އެއްޗެއްގެ މައްޗަށް ޅަފަތުގެ ޖީލު ތަރުބިއްޔަތު ކުރެވިފައި ނުވާނަމަ ނުވަތަ އެފޮތުގައި އޮތް އެއްޗެއް ވިސްނައިގަތުމުގެ ޤާބިލުކަން ސިކުޑީގައި ނުއިންދައިފި ނަމަ […]

ބޭނުމީ ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމްކޮށްދޭނޭ އިޚުލާޞްތެރި ރައީސެއް

ރައްޔިތުންގެ ޙަގަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލައި ޖަލުތަކުގެ ތޭރިތަކުގެ ތެރޭގަ އާއި ބޭރު ޤައުމުތަކަށް އަރުވާލެވިގެން ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ގުރުބާން ކޮށްލި   އެމީހާ އަދިވެސް ހުރީ ހަމަ އެ ދިވެހިރައްޔިތުންގެ ޙައްގުތައް ހޯދައިދިނުމަށްޓަކައި އަތުކުރި އޮޅާލައިގެންނެވެ. އެ މަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށްޓަކައި ކުރަހާފައިވާ ތަޞައްވުރު ފުރިހަމަކޮށްދިނުމަކީ ޚުދު އެމަނިކުފާނުގެ އުފާފުޅެކެވެ. ކަން މިހެން ހުރިނަމަވެސް އަމިއްލަ އެދުމާއި ވެރިކަމުގެ ޖާހަތާއި ލައްޒަތަށްޓަކައި މިގައުމަށް އިޚުލާޞްތެރި ހެޔޮލަފާ ވެރިޔަކު […]

ކޮންމެ ވެރިއަކަށް ވެސްލިބޭނީ އެއް ޗާންސް…

ނުލިބޭ އަޅާލުމާއި ނުލިބޭ އޯގާވެރިކަމުގެ ބަދަލު މިނިވަން ވަޔާއެކު ޖައްވާ ފަޒާގައި ރަންރީދޫ ކުލައިން ކުރެހި އުފާވެރި ފަތިހަކަށް އައްޔެއް ނުވިލޭނެއެވެ. ގުލްޒާރުގައި ފަރިވި ރަންރީދޫ ލަޝްކަރު ރާއްޖޭގެ ސްކޭމްތައް ބަލިކޮށް ނޫރާނީމާތަކުން އެގުލްޒާރު ޒީނަތްތެރިކުރާނެއެވެ. ލޯބި ލިބޭނީ ލޯބިދީގެންނެވެ. ރަތްޔިތުންނަކީ ޤައުމިއްޔަތުގެ ތަރިކައެވެ. އެހެން ކަމުން އެރައްޔިޔުމީހާއާއި އަޅާނުލެވޭ ގުލްޒާރެއްގައި ފޮޅޭނެ ނޫރާނީމަލެއް ފަރިވާނޭ ގުލްޗަންޕާމަލެއް ނުފެންނާނެއެވެ. 2028 ވަނައަހަރުގެ މަލަމަތި މިސަރުކާރަށް ނާމާންވާ މަންޒަރު ރަށްރަށުގެ ރައްޔިތުން ޢަމަލުން އެބަދައްކައިދެއެވެ. ރައްޔިތުންގެ ކުރިމަތީގައި މިސަރުކާރުން […]

ސަރުކާރުންމަސްދޯނި ބަނދެ އެ ވިޔަފާރިއަށް ވަންނަނީ…

ރާއްޖޭގެ މަސްވެރި ރަށްރަށުގެ މަސްދޯނި ފަހަރު ބައެއްރަށް ރަށުގައި އެހެލަން ފަށައިފިކަމަށް އަޑުފެތުރެންފަށައިފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މަސްދޯނި ފަހަރު އެހެލަން ފަށާފައިވަނީ މަސްދޯނިފަހަރުގައި މަހަށްދާނޭ ބަޔަކު ނެތުމުންނެވެ. 16 މަސްދޯނި މަހަށް ފުރާ އިހަވަންދޫގައި ރައްޔިތަކު ބުނިގޮތުގައި ކުރިން 16 މަސްދޯނި އެރަށުގައި މަހަށް ފުރިނަމަވެސް މިވަގުތު މަހަށް ފުރަނީ ހަ މަސްދޯނި ކަމުގައެވެ. މަސްވެރިކަމަށް މިވަރުގެ ކުއްލި ޙަމަލާއެެއް ކުރިމަތިވެގެން އުޅެނީ ކީއްވެގެންތޯ އަހާލުމުން އޭނާ ބުނީ ރަށުގެ މަސްވެރިންނަށް މިހާރު ރަށުގައިތިބެގެން ލާރިލިބޭކަމަށާއި […]