ވަގުންނަށް ކުރިން ކުރަނީ ނަފްރަތެވެ، މިހާރު ކިޔަނީ ސަނާއެވެ!

މިއަދު އެންމެ ދެރަވަނީ މުޅިގައުމުގައި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި އަދިފަސާދަޢާންމުވެފައިވާތީއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެހެނަސް މިފަދަ އިސްލާމީ ގައުމެއްގެ މުސްލިމުން ވައްކަން ކޮށް ޚިޔާތްތެރިވެ ރިޝްވަތު ނަގާ އަދި ފަސާފަ ހިންގައި އަނބިދަރީންނަށް ޙަރާމްތަކެތި ކާން ބޯންދީ ހަދަމުން ދަނީ ޣައިރު މުސްލިމް ގައުމެއްގައިވެސް އެފަދަ ކަންކަން ނުކުރާ މިންވަރަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ފެށުނީއްސުރެ  ނުހަނު ތެދުވެރި އިޚުލާތެރި ފަޚުރިވެރި ބައެކެވެ. ވައްކަމާއި ރިޝްވަތުގެ މުޑުދާރު ޢަމަލްތަކަށް އަބަދުވެސް […]

އިސްލާމް ދީނުގައި ޢިލްމަށް ދީފައިވާ އަހައްމިއްޔަތުކަން

علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތާއި އުނގެނޭ މީހުންނަށް މިންވަރުކޮށްދެވާފާއިވާ މަތިވެރި ނިޢުމަތްތަކާއި ، ޢިލްމު އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ ކަމާއި، އުޑާއި ބިމުގައިވާހާ އެއްޗަކާއި ކާއިނާތުގައި ވާހާ އެއްޗަކީ އެކަލާންގެ އަށް މިލްކުވެ ވޮޑިގެންވާ ތަކެތިކަމާއި ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ނުވާނެކަން ވެސް ޢިލްމުން އިންސާނާއަށް ދެނެގަނެވެއެވެ. ޢިލްމުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި ފަލަކީ އިލްމާއި ހިސާބު ޢިލްމު ހިމެނޭނެއެވެ، ދަންނަންޖެހޭ އަނެއްކަމަކީ ،ޢިލްމާއި ހުނަރަކީ […]

މިސްގާލެއްހާ މިންވަރުގެ ރަޙުމެއް ވެސް ނެތީތޯ

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ތަފުޞީލެއް ނޭނގޭ 55 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވެ ރައްޔިތުންގެ ޖީބުކަނޑަން ފަށައިފިއެވެ. މި ބެޖެޓު ހުސްކުރިގޮތް އެނގޭ ރައްޔިތަކު އެބަހުރިތޯއެވެ. ބުނެވޭނީ ނެތެވެ. ލޮބުވެތި ރައީސް އެވެ. ރައްޔިތުންނާމެދު މަނިކުފާނުގެ ހިތްޕުޅުގައި ކުޑަވެސް ރަޙުމެއް ނެތީހެއްޔެވެ. ޢިއްޒަތްތެރި ރައީސެވެ. ރައްޔިތުން ހަނާވަމުން ދަނީއެވެ. ކާންބޯން ނުލިބިއެވެ. ބައިތުލްމާލުން އެންމެރައްޔިތެއްގެ ބަނޑުފުރާނަ މުއްތިކޮށް ދެއްވިންތޯއެވެ. ނުދެއްވައެވެ. އެހެނަސް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެ ވަޑައި ނުގަންނަވާނޭ ކަމަށް މާތް ﷲ ގަންދީ […]

ޝަހީމްގެ ދަރިކަލުން މާހިލް ގުޅިފައި ވަނީ މެލޭޝިޔާގެ 2،000 ވޭޕް ސްޓިކާ

މާރިނދައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ދާދި ފަހުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު / އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް އާއި އޭނާގެ އެކުވެރި ޖޭޑް ރާއްޖެ އަށް ވޭޕް ސްޓިކް އެތެރެކުރަން އުޅުނު ކަމަށް ބުނެ ޖޫރިމަނާ ކުރި ކުރުމަކީ އެއަށްވުރެ ބޮޑު އޮޕަރޭޝަނެއްގެ ފަށަލައެކެވެ. އިއްޔެރޭ (14 އޯގަސްޓް 2025) މެލޭޝިއާއިން އެ ދެމީހުން ރާއްޖެ އައިއިރު މާހިލް 118 ވޭޕް ސްޓިކް އާއި […]

އައި ރިޕޯޓް: ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ ކުޑައިރުއްސުރެ އެކު އުޅުނު ދޯސްތު ވުޖޫދުން ފޮހެލަން އުޅުއްވި އަނިޔާވެރިޔާ

“އައި ރިޕޯޓް” އަކީ ކިޔުންތެރިން ފޮނުވާ ލިޔުންތަކެވެ. މާރިނދަ ޕޮލިސީ އޮންނަ ގޮތުން މި ލިޔުމުގެ ޒިންމާ މާރިނދަ އަކުން ނުނަގާނެއެވެ! ޞާލިހަކީ ވެރިކަމުގެ ލައްޒަތާއި ޖާހަތަށްޓަކައި އެމަނިކުފާނުގެ ޅިޔަނު އަދި ޅަދުވަހުއްސުރެ އެކުގައި އުޅެ ބޮޑުވި އެންމެ ގާތް އެކުވެރިޔާ ގަންބާލި އަނިޔާވެރި އިންސާނެއް ކަމަށް ދޭހަވާ ހެކި އެބަހުއްޓެވެ. ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި މުޅިދުނިޔެ ހެކިވާނެފަދައިން އެމްޑީޕީ ވުޖޫދަށް ގެނެވިފައިވަނީ ގ. ކެނެރީގެ މުޙަންމަދު ނަޝީދު ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ސަބަބުންނެވެ. އަދި 2018 […]

އެމްޑީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ ވައްކަން ކުރި ވާހަކައެއް ރައްޔިތުން ނުދައްކާ

އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ވާނީ އެތައްރޮގަކުން ފައިދާކޮށްފައެވެ. މިއީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާ ކަންކަމެއް ނޫނެވެ. މުޅިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނީ އެމްޑީޕީގެ ސަރުކާރުންނެވެ. 65 އަހަރުވީ މީހުންނަށާއި އެކަނިވެރި މައިންނަށާއި ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޖީބަށް ދިވެހި ރުފިޔާ ގުނާފައި އަޅައިދިނީވެސް އެމްޑީޕީގެ ވެރިކަމުގެ ތެރެއިންނެވެ. ރާއްޖޭގެ ރައްޔިތުން ރަށުބަންދުވެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދިޔަ ޢާއިލާގެ މެންބަރުން ލޮލަށް ނުފެނި ތިއްބާ އެއާއިލާތައް ގުޅުވައިދިނީ އެމްޑީޕީގެ […]

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕިއެންސީއަށް ގެއްލެނީ

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުންގެ ތެރެއިން 30 މެންބަރަކު އެޕާޓީއާއި ދެކޮޅަށް ނުކުންނަން މަސައްކަތް ކޮށްފި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުން އެދާ ވާހަކަތަކަކީ ތެދުވާހަކަތަކެއްކަމަށް ބެލެވެން ފަށައިފިއެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުން އެދާ މިދެންނެވި ވާހަކަ ތަކަށް ބާރުލިބެނީ އެ ތިރީސް މެންބަރުންނާއި ރައީސް މުޢިއްޒު ސިއްރިޔާތުގައި ބައްދަލު ކުރެެއްވިކަން ހާމަވުމުންނެވެ. ޕީއެންސީއަށް ނިސްބަތްވާ ހަތްދިހަ ފަސްމެންބަރުންނަކީ އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ދެއްވާ މުސާރައާއި ޢިނާޔަތާއި ބޭސްފަރުވާއާއި އެކޮމޮޑޭޝަންގެ އިތުރުން އެބޭފުޅުންގެ ރުހުން […]

ދެމީހަކު އެއްވިޔަސް މިހާރު ބަވަނީ ސަރުކާރަށް…!

ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ރާއްޖެއަށް ވަންނަހާ ޑޮލަރަކީ ދިވެހިރައްޔިތުންކުރާ ބުރަމަސައްކަތުގެ ފޮނިމޭވާއެވެ. އެހެން ނަމަވެސް ބީއެމްއެލް ހިންގުމުގެ ނިޒާމަކީ ސަރުކާރުގެ ބާރާއި ނުފޫޒްއޮންނަ ނިޒާމަކަށް ވުމުން ރައްޔިތުން ކުރާ ބުރަމަސައްކަތުން ލިބޭ ފޮނިމޭވާގެ ރަހަ ރައްޔިތުންގެ ކަރުބުޑުގައި ލާގޮތެއް ނުވެއެވެ. ފެށުނީއްސުރެ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ރިޒޯޓުތަރައްގީކުރުމަށްޓަކާ ބީއެމްއެލްއިން ލޯން ދޫކުރަމުން ދިޔަނަމަ މިއަދު ރައްޔިތުން ތަޙައްމަލް ކުރަން ޖެހިފައިމިވާ ޑޮލަރުލިބުމުގެ ދަތިތަކާ ކުރިމަތިލާން ނުޖެހުނީހެވެ. ނަމަވެސް ދިވެހި ބޭންކަކީ ސަރުކާރުގެ ރުހުންއޮންނަ ސިޔާސީ ފަރާތްތަކަށް ފައިސާ […]

ރާއްޖެއަށް ގެނެސްފައިހުރި ތެޔޮ ހުސްވެއްޖެނަމަ ހަދާނީ ކިހިނެއް

ޤައުމިއްތަށް ސަމާލުކަން ނުދޭ ގައުމެއްގެ ރައްޔިތުން ބޭނުންކުރަމުން އަންނަ ޒަމާނީ ފަރުވާ ހުއްޓިއްޖެ ނަމަ ދެން ކުރާނެ އަމިއްލަ ފަރުވާއެއް ނެތީ ރައްޔިތުންގެ ކިބައިން ގައުމިއްޔަތުކަން ގެއްލި ދިއުމުންނެވެ. ގައުމިއްޔަތު އާލާކޮށް ކުރެވުނު ނަމަ ކަރަންޓާނުލައިވެސް ރައްޔިތުން އުޅެމުންއައި އުފާވެރި ދުވަސްތައް މާޒީވެ ހިރަފުހާ އެކުވެ ވަޔަށް އަރައިގެން ހިނގައްޖެ ކަމުގެ ހިތިހަނދާން ހިތަށް ތަޞައްވުރުވެގެން އަންނާނީ ކަރަންޓް ނެތިގެން ފެންނުބޮވި، ގަޟާޙަޖަތް ނުކުރެވި ގެއިން ނުކުންނަން ހުރި ލިފްޓް މަސައްކަތް ނުކުރުމުންނެވެ. ގައުމިއްޔަތު ނޭނގި ދިދައަކާ […]

ސިޔާސީންގެ ޚަރަދު ނޭނގިހުއްޓާ ޤައުމަށް ކެންސަރު ޖެހިއްޖެ

ދައުލަތުގެ ޚަރަދު ބަރަދު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ޖެހި ވަޑައިގަންނަވާ ކަމެކެވެ. އެހެނީ ދައުލަތުގެ މުދަލާއި ފައިސާ ރައްޔިތުން ޙަވާލުކޮށްފައިވާ ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ އާއި އެވެ. އެހެން ކަމުން ދައުލަތުގެ ފައިސާއިން ލޯލާރި ފޮއްޗެއް ޚަރަދު ކުރި ކަމުގައި ވިޔަސް އޭގެ ތަފުޞީލް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންނަށް ހާމަކޮށް ދެއްވަން ޖެހޭނެއެވެ. އެގޮތުން ސަރުކާރުގެ އެންމެހައި މުވައްޒަފުންގެ ޢަދަދާއި އަދި އެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ތަކާއި އަދި އެކި ގޮތްގޮތުން […]