ރައީސްގެ ދޮގު ގޯނީގައިވާ ވާހަކަތައް ގަބޫލުކުރުން ދީންވެސް ހުއްދަ ނުކުރޭ

ރާއްޖޭގެ ރައީސުލް ޖުމްރިއްޔާ ވިއަސް އަދި އެހެން މީހަކު ކަމުގައި ވިއަސް ދައްކަވާ ވާހަކަފުޅުތަކާއި ވެ ވަޑައިގަންނަވާ ވަޢުދު ފުޅުތައް ގަބޫލު ކުރަންވާނީ އެކަމުގެ ތެދު ދޮގުބަލައި އެއީ ގަބޫލުކުރެވޭ ވަރުގެ ކަން ކަމެއްތޯ ބެލުމަށްފަހުގައެވެ. މިއީ އަޅުގަނޑު ބުނާވާހަކައެއް ނޫނެވެ. މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލު ކުރައްވާ ސީދާ ލައިވްކޮށް ވިދާޅުވި ވާހަކަ ފުޅެކެވެ. އެމަނިކުފާނު ވިދާޅުވިއެވެ. މީހަކު ވާހަކައެއް ދައްކާއިރު އޭގެ ތެދު ދޮގު ނުބަލާ އަޑުއަހާ މީހުން ގަބޫލު ކޮށްގެން […]

ސީތަފާލުގައި ދަޑިން ތަޅަނީ

ރައީސްމީހާގެ ޢިއްޒަތާއި އަބުރަކީ ހަދާ ގާނޫނަކުން ރައްކާކުރެވޭނެ އެެއްޗެއް ނޫނެވެ. ނޫސްވެރިން އުލުބައިންދާ ގާނޫނު އަވަސްއަރުވާލައިގެން ފާސްކޮށް ތަސްދީގު ކޮށް ރައީސްމީހާގެ އިއްޒަތާއި އަބުރު ބޮލާފޮށާއަޅުވައިފިއެވެ. ރައްޔިތުން އުލު ނުބޭންދިގެން ކުރާނެ ނުކުރާނެ ކަމެއް ނު އެނގި ސީތަފާލުގައި ދަޑިން ތަޅާން ފެށީ ތާއެވެ. އެބިލް ފާސްކުރި ވަގުތުން ފެށިގެން އެބިލް ތަސްދީގު ކުރާހިތުން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުގެ ވެރިން އެވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭނގި ރައްޔިތުންނަށް ދެމުން އައި މީޑިއާ ރަޖިސްޓްކުުރުމުގެ ޚިދުމަތް […]

“ވެރިކަމުން ނަގާ ހޫރާ އެއްލާލަންވީއެވެ. ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ”

ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ.  ވެރިކަމުން ނަގާ ހޫރާ އެއްލާލާންވީއެވެ. މީ ހަމަ އިންޒާރެއް ހެއްޔެވެ. ނުވަތަ  ފުން މައުނަވީ ސިއްރުތަކެެއް ދޭހަކުރުވާ އިންޒާރެއް ހެއްޔެވެ. ހެޔޮކޮށް ވެރިކަން ކުރާނަމަ ރައްޔިތުންގެ ރުހުމާއި ލޯތްބާއި އެކު ގަދަރާއި އިއްޒަތް ދޭނެއެވެ. ހުރިހާ ވިޔަންނަކުން ގަތާލެވޭ ރަންއަކުރު ތަކުން އިއްޒަތުގެ ތާޖު އަޅުވާ އެ ވެރިއަކަށް ހުޝާމަތު ކުރުން އެއީ ދިވެހިން ކޮށް އަދި ކުރައި އުޅޭ ކަމެކެވެ . ކޮންމެއަކަސް ގައުމުގެ ވެރިކަމާއި ރައްޔިތުން ހަވާލުކުރާ މީހާ އެއީ […]

ރައްޔިތު މީހާގެ ރަސްމީ ވާޖިބަކީ ކޮބާ

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގާ ކަމަށް ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކަޅާއި ހުދުން ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްފައިވެއެވެ. އަދި އެހެންމެ ރައްޔިތަކު ނުވަތަ ރައްޔިތުން ތަކެއް މަގުމައްޗަށް ނުކުމެ ސަރުކާރު ހިންގާ ގޮތާއި މެދު ހިތް ހަމަ ނުޖެހި ހިތުގައި އުފެދޭ ޝުޢޫރުތަކާއި ނުތަނަވަސް ކަން ފައުޅުކުރުމަކީ ކޮންމެ ރައްޔިތަކަށް މެ ގާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ ޙައްގެކެވެ. […]

ފަތުރިވެރިކަން އެކަންޏެއް ނޫނެވެ! ބަޑިބޭހާއިވެސް ކުޅެނީއެވެ! ދެން ގޮވާނީ އަތަށެވެ!

ކޮންމެ ގައުމެއްގެ ވެސް އެންމެ ވަރުގަދަ އެއްބާރަކީ ނޫސްވެރިކަމުގެ ބާރެވެ. ނޫސްވެރިކަމުގެ ބާރަކީ ގާނޫނު އަސާސީގައިވެސް ބަޔާންކުރެވިފައި ނުވާ ބާރެކެވެ. އެބާރު ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ބާރުތަކުގެ ތެރޭގައި ހިމަނާފައި ނުވަނީ އެބާރުގެ ވަރުގަދަކަމާއި އެބާރާއި ގުޅިފައިފައި ވަނީ މުޅި ގައުމު ތަމްސީލްކުރާ ރައްޔިތުން ކަމަށް ވީތީއެވެ. އެހެން ކަމާއެކު ބައެއް ސަރުކާރުތަކަށް ހަޖަމްނުވެ ނޫސްވެރިކަމުގެ ބާރާއި ކުޅެން ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް އެފަދަ ސަރުކާރުތައް ވައްޓާލުމުގައި ނޫސްވެރިންގެ ދައުރު ފުޅާވުމުގެ ސަބަބުން ވެރިންނަށް ހަނުތިބުން […]

ސަލާމް ޖެހުން އިތުރުވެ ރައްޔިތުންނަށް ގޮތް ހުސްވެއްޖެ

2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު ވަނީ ޒަމާނުއްސުރެ ބޭސްފަރުވާއަށް ސަލާމްޖަހަމުން ދިޔަ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތާމާއި ވޭނާއި ކެކުޅުންތަކަށް ޙައްލު ހޯއްދަވާ ދެއްވާފައެވެ. އޭގެ ފަހުން ރާއްޖޭގެ ވެރިކަމަށް ތިންބޭފުޅުން ވަޑައިގެންފައިވާއިރު އެއިން އެއްވެސް ބޭ ފުޅަކު ރައްޔިތުންނަށް ހިލޭ ލިބެމުންދިޔަ ބޭސްފަރުވާ އަށް ހުރަސް އަޅުއްވާފައެއް ނުވެއެވެ. އެބޭފުޅުން ވަނީ ވަކިހުދޫދެއްނެތި ހުރިހާރައްޔިތުންނަށް ހަމަހަމަ ކަމާއެކު ހުސްނުވާ އާސަންދަ ތަޢާރުފުކޮށް ބޭސްފަރުވާ ލިބޭނެ މަގު ތަނަވަސް ކޮށްދެއްވާފައެވެ. ކަން […]

ނޫސްވެރިކަމުގެ ބިލު އަވަހަށް ފާސްކުރާށެވެ! އެއްޗެހިވެސް ބާލާށެވެ!

މިސަރުކާރުގެ ވެރިން ދައުލަތުން ވައްކަން ކޮށްފިނަމަ އެވާހަކަ ނޫސްވެރިން ލިޔާނެއެވެ. ރައީސް މީހާ އިތުރުފުޅު ހައްދަވާނަމަ އެވާހަކަވެސް ނޫސްވެރިން ލިޔާނެތާއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފުލެޓްތައް ލިބުނުމީހުންގެ އަތުން ޑައުންޕޭމަންޓް ފައިސާ އަތުލާ އެފަރާތްތަކާއި ފުލެޓްހަވާލުނުކޮށް ގިނަދުވަސް ވާނަމަ އެވާހަކަވެސް ނޫސްތަކުގައި ލިޔާނެއެވެ. ކުކުޅުބިހެއް ތިންރުފިޔާއަށް އާފަލެއް 15 ރުފިޔާއަށް އޮރެންޖެއް 13 ރުފިޔާއަށް އަދި ފިޔާކިލޯއެއްގެ އަގު ފަންސާހުން މަތިވީމާ އެވަހަކަ ނޫސްތަކުގައި ނުލިޔާނެކަމަށް ބިލެއްފާސް ކުރިއަސް ސަރުކާރަށް ވާނެ އެއްވެސް ފައިދާ ނުއޮންނާނެއެވެ. […]

ސަރުކާރުން ރައްޔިތުން ކަނުބަންނަނީ

ރާއްޖޭގެ ނޫސްވެރިކަން ކުޑަސީދީގެ ދުވަސްވަރަށް ސޮއްސާލަނީއެވެ. ބޭނުމަކީ ސަރުކާރުން ކުރާ ވައްކަމާއި ހިންގާ ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދަ ފޮރުވުމެވެ. ރައްޖޭގައި މި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަކީ މުޅިރާއްޖޭގެ ރައްޔިތުން ފުރާނަ އަތްމައްޗަށް ލައި އަދި އެތައް ނޫސްވެރިންނާއި އެކްޓިވިސްޓުން ޤުރުބާންވެ، ފުލުހުންނާއި ކުރިމަތިލައި އިނގިލި ބިނދި އަދި ޖަލަށް ވަދެގެން ހޯދާފައިވާ އެއްޗެކެވެ. އެހެނަސް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު ފަލާހު ލައްވާ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި އެވާ ރާއްޖޭގެ ނޫސްވެރިންގެ ގަލަން […]

ޢިލްމީ މީހުން ބާކީކޮށް ވައްކަމުން ބުލެކްބެލްޓު ހޯދާފައިވާ މީހުންނާއެކު ސޯބުތައް ނުވަތަށް އެނބުރެނީ…

ޒަމާން ބަދަލުވެ އެކިރޮގުތަކުން ޑޮކްޓަރޭޓު ކަމާއި ޑިގްރީއާއި ޑިޕޮލަމާ ޙާޞިލް ކޮށްގެން ވަޒީފާތަކުގެ އިންތިޒާރުގައި ދުވަސްތައް ގުނަގުނާ ތިބި ރާއްޖޭގެ އެތައްހާސް ޒުވާނުން އެވަނީ ބާކީވެފައެވެ. ކަން މިހެން ހުރިއިރު މަދުރަސާއެއް ހުރި މަގަކުންވެސް ހިނގާފައި ނުވާ ފަސްބައި ކިލާ ބައިގަނޑެއް އެވަނީ ދިވެހިރައްޔުތުންގެ ސަރުކާރުގެ މައްޗަށް އަތްގަދަކޮށް ގައުމު ހިފާފައެވެ. އެހެން ކަމާއެކު ފެންނަމުން ދަނީ ގައުމުގެ އިގްތިޞާދު ފުލުންގޮސް ރައްޔިތުން ދަރާ ވިކި ވަގުންގެ ފޮށިތައް ބާރަށް ބަންނަމުންދާ މަންޒަރެވެ. ކިޔަވައިގެން ތިބި ޢިއްޒަތްތެރި […]

ޕޮލިސް ކުންފުނި ހިންގަން ބޭރުގެ ސީއީއޯ އެއް…

ކުންފުންޏަކީ ޕޮލްކޯ (ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ) ޕްރައިވެޓް ލިމިޑެވެ. މި ކުންފުންޏަކީ ތެދުވެރި އިޚުލާޞްތެރި ޢިލްމީ ގާބިލް ސީއީއޯއެއް ބޭރުން ފެންނަން ޖުބޫރުވެފައިވާ ކުންފުންޏެކެވެ‏!‎ އިހަށްދުވަހު މާލެއިން ހުޅުމާލެއަށް އައި މަގުމަތީގައި ހިތުގައި އުފެދުނު ސުވާލެއް ޙިއްސާކޮށްލާނަމެވެ. ފުލުހުންގެ މަރުކަޒުތަކާއި މެދުގައެވެ. ރާއްޖޭގައި ގޭންގްކުށްތަކާއި ވައްކަމާއި ފޭރުމާއި އިންސާނުން ވަގަށް ނެގުމާއި ރޭޕްކުރުމާއި ރިޝްވަތު ނެގުމާއި މިހެންގޮސް ކުށްކުރުމުގައި ހައްދުން ބޭރުވެފައެވެ. މާލޭގެ ހަތަރު އަވަށުގައާއި އަދި މޯލްޑިވްސް ޕޮލިސްސާވިސްގެ ނަމުގައި ހައިބަތު ބޮޑު ބިލްޑިންގެއްވެސް ފުލުހުންނަށް […]