ނޫސްވެރިކަން
ސަރުކާރުން ރައްޔިތުން ކަނުބަންނަނީ
ރާއްޖޭގެ ނޫސްވެރިކަން ކުޑަސީދީގެ ދުވަސްވަރަށް ސޮއްސާލަނީއެވެ. ބޭނުމަކީ ސަރުކާރުން ކުރާ ވައްކަމާއި ހިންގާ ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދަ ފޮރުވުމެވެ. ރައްޖޭގައި މި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަކީ މުޅިރާއްޖޭގެ ރައްޔިތުން ފުރާނަ އަތްމައްޗަށް ލައި އަދި އެތައް ނޫސްވެރިންނާއި އެކްޓިވިސްޓުން ޤުރުބާންވެ، ފުލުހުންނާއި ކުރިމަތިލައި އިނގިލި ބިނދި އަދި ޖަލަށް ވަދެގެން ހޯދާފައިވާ އެއްޗެކެވެ. އެހެނަސް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު ފަލާހު ލައްވާ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި އެވާ ރާއްޖޭގެ ނޫސްވެރިންގެ ގަލަން […]
