އެމްޑީޕީ ނޫން ގޮތެއް ހޯދުމުން ރާކަނި ކެވިއްޖެ

ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުގެ ތަނަވަސް ކަމުގެ ތެރެއިން ދެމިހުންނަނިވި މަންފާއެއް ޙާޞިލްކުރެވިފައި އޮތީ އެމްޑީޕީގެ ވެރިކަމުގައެވެ. އެހެނަސް އެ ވެރިކަން ވައްޓާލާ އެމްޑީޕީ ނޫންގޮތެއް ރައްޔިތުންހޯދީ މޮޅުތަކެއް ވާނެ ކަމަށްތާއެވެ. ދުނިޔެވީ ތަޖުރިބާއިން ރައްޔިތުންގެ ކަރުބުޑުގައި މިހާރުވާނީ އެމްޑީޕީ ނޫންގޮތެއް ހޯދުމުގެ ހިތިރަހަ ލާފައެވެ. މިއަދު އެވަނީ އެމްޑީޕީ ނޫންގޮތެއް ހޯދުމުގެ ވޭނީ ފުން ހިތާމަ ރައްޔިތުންނާއި ކުރިމަތިވެފައެވެ. ދިވެހި ރައްޔިތުން މިއަދު އެވަނީ ﷲ ދެއްވި ނިޢުމަތަށް ޝުކުރު ނުކުރާމީހުންގެ ތެރެެއިންނެވެ. އެމްޑީޕީގެ ވެރިކަން ރާއްޖޭގައި […]

ލަފާކަމަކަށް ނުވެހުރޭފާ ބަފާގާތުގަ ބުނަންތާ، ލަފާކަމަކަށްވެދާނޭހޭ ހަފާ މާރިނދަ ގޮވާތީއޭ ، ނަނާ ހުވަފެން ދުށީމޭ

 ރައްޔިތުން ދައުލަތުގެ ދަރަނި ދައްކަން ބުނެ ދުރާލާ އަޑުއުފުލުމަކީ ލަފާކަމަކަށް ވެދާނޭހެއްޔެވެ؟ މިކަމަކީ ރައްޔިތުން ވިސްނާން ޖެހިއްޖެ ކަމަށް ދެކި ބަފާމެންގެ ގާތުގައި މިބުނަނީ ހަމަހުރެފައެއްނޫނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ދޭ އިންޒާރެއްކަމަށް ނުދެކިއްޖެނަމަ ހަފާމާރިނދަ ގޮވާތީ އެއިވެނީ އެކަމުގެ ބައްވައްޗެއްކަމަށް ނުވެ ނުދާނެއެވެ.  ކޮންމެ ސަރުކާރެއްގެ ވެރިން އިސްވެ ތިބެ ދައުލަތުން އެކުރާމވައްކަމާއި އެހިންގާ ނާޖާއިޒް ޚަރަދުތަކަށް ރައްޔިތުން ޒިންމާކުރުވުމުގެ ހުވަފެން ފެންނަން ފަށައިފިއެވެ. ރިޔާސީ އިންތިޚާބަށް ދޮންކުރުމަށްޓަކާ ސިޔާސީ މުވައްޒަފުން ގިނަކޮށް […]

މަންމަ މަރުވާދުވަހު ވަރަށްރޯނެ، އަނެއްދުވަހު ހަނދާންނެތޭނެ

ހަނދާންނެތުމަކީ އިންސާނީ ފިތުރަތެވެ. އެމްޑީޕީ އިން 2008 ގައި އުފެއްދި ސަރުކާރު ވައްޓާލަން ރައީސް މައުމޫނާއި ރައީސް ޔާމީނު އާއި ސިފައިންގެ ތެރެއިން ބަޔަކާއި ފުލުހުންގެ ތެރެއިން ބަޔަކު ގުޅިގެން ކުރި ބަޣާވާތުގެ މަތިން ހަނދާންހުރީމަދުމީހެކެވެ. އެބަޣާވާތް ކުރުމަށްޓަކާ އެބައިމީހުން އެއްވަމުން ދިޔައީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށެވެ. އެތަނުންވަނީ ސިހުރުހަދަން ގެންގުޅޭ ފަދަ ސާމާނު ތައްވެސް ފެނިފައެވެ. އޭރު އިދިކޮޅު ފަރާތްތަކުން އެއްވަމުން ދިޔައީ އެބައިމީހުން ބޭނުން ތަނަކަށެވެ. އިދިކޮޅު ފަރާތްތަކުން އެއްވުމެއް […]

ތިންބާރު ވަކިވުމުގެ މާނައަކީ ގިރާ ނުކުރެވޭނެ އިމެއްއޮތުމެއް ނޫން!

ތިންބާރު ވަކިވުމުގެ މާނައަކީ ކޮންމެ ބާރަކީ ، ގިރާ ނުކުރެވޭނެ އިމެއް ނެތް ލިމިޓެއް ނެތް ބާރުތަކެއް އޮތުމެއް ނޫނެވެ. މިސާލަކަށް  ބަލާނަމަ  ތިންބާރުންކުރެ ބާރަކުން ވިޔަސް އެނޫން ސަރުކާރުގެ އިދާރާއަކު ވިޔަސް  ޤާނޫނާއި ޚިލާފަށް ، އިންސާނިއްޔަތާއި ޚިލާފަށް އެއްވެސް މީހެއްގެ ޙައްޤެއް  ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި  ނިގުޅައިގެންފި ނަމަ އެކަމެއް ގެ ބަދުނާމާއި ފުރައްސާރަ  ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އަދި ޤައުމަށް ރައްދުވެއެވެ.  އެހެންކަމުން ޤާނޫނު ގެ ތަރަހައިން ބޭރުން  ރާއްޖޭގެ ސަރަހައްދުގައި  އެއްވެސް މީހެއްގެ ޙައްޤެއް ނިގުޅައި ގަނެފިނަމަ އެއީ ދައުލަތް ހިންގާފަރާތުން ނިގުޅައިގެން ޙައްޤަކަށް […]

ރައީސް ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ އެދުވަހު މާލޭގައި ލޭއޮހުރުވުން ހިނގާނެ

އެދުވަހު ހިނގާދިޔަ ބަޣާވާތުގެ ބައިވެރިންނާއި އެމްޑީޕީގެ މެންބަރުންގެ ދެމެދުގައި ވަނީ ހުޅުރޯވެފައެވެ. އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ނުދެއްވިނަމަ ފަހަރެއްގައި އެމަނިކުފާނު ސަލާމަތް ވެދާނެއެވެ. އެހެނަސް އިދިކޮޅު މީހުނާއި އެމްޑީޕީ މެންބަރުންގެ މެދުގައި ރޯވަމުންދިޔަ އަލިފާން އިތުރަށް ހުޅުފަޅައި ބޮޑު ލޭއޮހުރުވުމެއް ހިނގާނެ ކަމީ ޝައްކެއްވެސް ނެތް ކަމެކެވެ. އިސްތިއުފާ ނުދެއްވިނަމަ އެމްޑީޕީ މެންބަރުންނާ ދެކޮޅަށް  އިދިކޮޅުގައި ތިބި މީހުންގެ އަތުގައި ހުރި ހަތިޔާރު ބޭނުން ކުރަން ފަށާނެއެވެ. އެއީ އެމްޑީޕީ މެންބަރުން ނުހަނު ގިނަދުވަސް ވަރެކެވެ. އެހެން […]

ގައުމާ ރައްޔިތުންގެ ޙައްގުގައި މުޅި ޒުވާން ޢުމުރު ޖަލުގައި

ގ.ކެނެރީގެ މުޙައްމަދު ނަޝީދު ( އަންނި ) އަކީ އަމިއްލައެދުން ދޫކޮށް ދިވެހި އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި އެމަނިކުފާނުގެ މުޅި ޒުވާން ޢުމުރު ޖަލުގައި ހޭދަކުރެއްވި ހިއްވަރު ގަދަ ބަތަލެކެވެ. މިގައުމުގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން  ރައީސް ނަޝީދަކީ އެ މަނިކުފާނު ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި ކުޑަދުވަސް ކޮޅުގެ ތެރޭގައި މުޅި ދިވެހި އުންމަތް ފަޚުރުވެރިވާފަދަ އެތައް އެތައް ޚިދުމަތެއް ރައްޔިތުންނަށް ކޮށްދެއްވި ހަނދާނުން ފޮހެނުލެވޭ ވަރުގެ ޝަޚުޞިއްޔަތެކެވެ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާ ބިލްތަކާ ދެކޮޅަށް […]

ރަތަފަންދޫ އެތައް ބަޔަކު މަރައިލި ގާތިލުންނަކީ ދިޔަދޫ މީހުން…

ގދ.ރަތަފަންދޫގެ ވިޔާފާރި ދޯނިން ދަތުރު ކުރި ހަތަރުމީހުންނަށް އަނިޔާ ކުރި އަދި އެހަތަރުމީހުން މަރާލި ކަމަށް ތުހުމަތު ކުރެވޭ ދިޔަދޫ ގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ މީހުނާއި އަދި އެއަނިޔާތަކާ ދެކޮޅަށް ހެކިދޭން ތިބި މީހުންގެ ތެރޭގައިވެސް ގިނައީ އަޅުގަނޑާއި ލޭގެ ގޮތުން ގުޅުން ހުރި މީހުންނެވެ. ކޮންމެއަކަސް އެ އެންމެންވީ މިހިނދު މިދުނިޔެ ދޫކޮށް ދާއިމަށް ދިރިތިބެނިވި ގޯއްޗަށް ދަތުރު ކޮށްފައެވެ. އެހެން ކަމުން މަރުވެފައި ބައެއްގެ ވާހަކަ ދެކެވޭއިރު އެމީހުންނާއި ގުޅުމެއްނެތް ވާހަކަ ތަކެއް […]

ސިކުނޑި ނެތް ސަރުކާރެއްގެ ފަހަތުގައި ތިބެގެން ވާނީ މޮޔަ!

މިއަދަކީ މާލޭގެ ސަރަޙައްދުގައި ދުރުއުޅެމުން އަންނަ ރައްޔިތުންނަށް ފިލާވަޅެއް ލިބިގެންދިޔަ ދުވަހެކެވެ. މާލެއާއި ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަލް އެއާރޕޯޓު ގެ ކަރަންޓް  ގުޅާލެވިފައިވަނީ އެއްވިއުގައަކުންނެވެ. އެހެން ކަމުން މާލެއިން ކަރަންޓް ކެނޑިގެންދާ ކޮންމެފަހަރަކު މުޅި މާލެ ސަރަޙައްދުން ކަރަންޓްކެނޑި އަދި ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ ދޮރޯށިތައްބަންދުވެ ދެއެވެ. މިއީ ސަރުކާރުގެ ސިކުނޑި ނެތުމުން ދިމާވި ހިތާމައިން ފުރިގެންވާ ކާރިސާއެއް ކަމުގައި މެނުވީ ނުވާނެއެވެ. އަދި މިކަނުގެ ސަބަބުން މުޅިރާއްޖެއަށް ލިބިގެން ދިޔައީ ފޫނުބެދޭވަރުގެ ގެއްލުމެވެ. […]

ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ ފުލެޓްގެ ކޮރަޕްޝަން

ފަސްހާސް އަކަފޫޓުގެ ބިމެއްގައި 2500 މީހުން ދިރިއުޅެން ޖެހުމަކީ އިންސާފެއް ނޫން ހުޅުމާލޭގެ ފޭސްދޭއްގައި ސަރުކާރުން އަޅައިދީފައިވާ  16 ޓަވަރުގައި އެވްރެޖްކޮށް 40000 މީހުން ދިރިއުޅެން ޖެހިފައިވާއިރު ކޮންމެ އެޕާޓުމެންޓަކުން 6800 ރުފިޔާ ސޯޝަލް ހައުސިންގގެ އުޞޫލުން ދައުލަތަށް އެބަނަގައެވެ. ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 24 ފުލޯގެ ޓަވަރެއް އަޅާފައިވަނީ ފަސްހާހެއްހާ އަކަފޫޓުގައެވެ. މި 5000 އަކަފޫޓުގައި 2500 މީހުން ދިރިއުޅޭއިރު ދައުލަތުން އެެއްވެސް ކުއްޔަކާ ނުލާ ބައެއްމީހުނަށް 1200 އަކަފޫޓުގެ ބިން އެވަނީ މާލޭސަރައްދުގެ ބިމުންކަނޑައިދީފައެވެ. ހިޔާމަޝްރޫޢުގެ […]

ސިޔާސީ ވަޒީފާގެ ޢަދަދު ބުނާނަމޭ ކިޔާފަވެސް ނުބުނި

ދައުލަތުގެ ޚަރަދު ބަރަދު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ޖެހި ވަޑައި ގަންނަވާ ކަމެކެވެ. އެހެނީ ދައުލަތުގެ މުދަލާއި ފައިސާ ރައްޔިތުން ޙަވާލުކޮށްފައިވާ ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ އާއި އެވެ.އެހެން ކަމުން ދައުލަތުގެ ފައިސާއިން ލޯލާރި ފޮއްޗެއް ޚަރަދު ކުރި ކަމުގައި ވިޔަސް އޭގެ ތަފުޞީލް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުން ނަށް ހާމަ ކޮށް ދެއްވަން ޖެހޭނެއެވެ. އެގޮތުން ސަރުކާރުގެ އެންމެހައި މުވައްޒަފުންގެ ޢަދަދާއި އަދި އެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ތަކާއި އަދި […]