ވަގުންނަށް ކުރިން ކުރަނީ ނަފްރަތެވެ، މިހާރު ކިޔަނީ ސަނާއެވެ!

މިއަދު އެންމެ ދެރަވަނީ މުޅިގައުމުގައި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި އަދިފަސާދަޢާންމުވެފައިވާތީއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެހެނަސް މިފަދަ އިސްލާމީ ގައުމެއްގެ މުސްލިމުން ވައްކަން ކޮށް ޚިޔާތްތެރިވެ ރިޝްވަތު ނަގާ އަދި ފަސާފަ ހިންގައި އަނބިދަރީންނަށް ޙަރާމްތަކެތި ކާން ބޯންދީ ހަދަމުން ދަނީ ޣައިރު މުސްލިމް ގައުމެއްގައިވެސް އެފަދަ ކަންކަން ނުކުރާ މިންވަރަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ފެށުނީއްސުރެ  ނުހަނު ތެދުވެރި އިޚުލާތެރި ފަޚުރިވެރި ބައެކެވެ. ވައްކަމާއި ރިޝްވަތުގެ މުޑުދާރު ޢަމަލްތަކަށް އަބަދުވެސް […]