ރައީސްގެ ދޮގު ގޯނީގައިވާ ވާހަކަތައް ގަބޫލުކުރުން ދީންވެސް ހުއްދަ ނުކުރޭ

ރާއްޖޭގެ ރައީސުލް ޖުމްރިއްޔާ ވިއަސް އަދި އެހެން މީހަކު ކަމުގައި ވިއަސް ދައްކަވާ ވާހަކަފުޅުތަކާއި ވެ ވަޑައިގަންނަވާ ވަޢުދު ފުޅުތައް ގަބޫލު ކުރަންވާނީ އެކަމުގެ ތެދު ދޮގުބަލައި އެއީ ގަބޫލުކުރެވޭ ވަރުގެ ކަން ކަމެއްތޯ ބެލުމަށްފަހުގައެވެ. މިއީ އަޅުގަނޑު ބުނާވާހަކައެއް ނޫނެވެ. މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލު ކުރައްވާ ސީދާ ލައިވްކޮށް ވިދާޅުވި ވާހަކަ ފުޅެކެވެ. އެމަނިކުފާނު ވިދާޅުވިއެވެ. މީހަކު ވާހަކައެއް ދައްކާއިރު އޭގެ ތެދު ދޮގު ނުބަލާ އަޑުއަހާ މީހުން ގަބޫލު ކޮށްގެން […]

ދޫނިރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެންމެ ތަރައްގީވެފައިވާ ގައުމު

މީލާދީ ސަނަތުން 2023 ވަނަ އަހަރަކީ ދޫނިރާއްޖޭގެ ވެރިކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އިގްތިޞާދީ މާހިރު ވަޑައިގެންނެވި އަހަރެވެ. އެމަނިކުފާނަކީ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި އިޚުލާޞްތެރިކަމުގެ ނަމޫނާ ވެރިއެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު އޭގެ ކުރިން އެރާއްޖޭގައި ވެރިކަން ކުރިފަރާތްތަކުން ގައުމުވަނީ އިނދަޖައްސާލާ ލޫޓުވާލާފައެވެ. ނަމަވެސް ދެއަހަރު ދުވަހުގެ ތެރޭގައި އެ ރާޖޭގެ ރައްޔިތުން ތަޙަންމަލް ކުރަންޖެހުނު އެންމެހައި ކަންކަން ޙައްލުކޮށް އެރާއްޖޭގެ ރައްޔިތުން ހެއްވާލަ ދެއްވިއެވެ. ރާއްޖެއަށް މި ލިބުނު ވެރިއަކީ ރައްޔިތުންނަށް […]

ސީތަފާލުގައި ދަޑިން ތަޅަނީ

ރައީސްމީހާގެ ޢިއްޒަތާއި އަބުރަކީ ހަދާ ގާނޫނަކުން ރައްކާކުރެވޭނެ އެެއްޗެއް ނޫނެވެ. ނޫސްވެރިން އުލުބައިންދާ ގާނޫނު އަވަސްއަރުވާލައިގެން ފާސްކޮށް ތަސްދީގު ކޮށް ރައީސްމީހާގެ އިއްޒަތާއި އަބުރު ބޮލާފޮށާއަޅުވައިފިއެވެ. ރައްޔިތުން އުލު ނުބޭންދިގެން ކުރާނެ ނުކުރާނެ ކަމެއް ނު އެނގި ސީތަފާލުގައި ދަޑިން ތަޅާން ފެށީ ތާއެވެ. އެބިލް ފާސްކުރި ވަގުތުން ފެށިގެން އެބިލް ތަސްދީގު ކުރާހިތުން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުގެ ވެރިން އެވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭނގި ރައްޔިތުންނަށް ދެމުން އައި މީޑިއާ ރަޖިސްޓްކުުރުމުގެ ޚިދުމަތް […]

“ވެރިކަމުން ނަގާ ހޫރާ އެއްލާލަންވީއެވެ. ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ”

ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ.  ވެރިކަމުން ނަގާ ހޫރާ އެއްލާލާންވީއެވެ. މީ ހަމަ އިންޒާރެއް ހެއްޔެވެ. ނުވަތަ  ފުން މައުނަވީ ސިއްރުތަކެެއް ދޭހަކުރުވާ އިންޒާރެއް ހެއްޔެވެ. ހެޔޮކޮށް ވެރިކަން ކުރާނަމަ ރައްޔިތުންގެ ރުހުމާއި ލޯތްބާއި އެކު ގަދަރާއި އިއްޒަތް ދޭނެއެވެ. ހުރިހާ ވިޔަންނަކުން ގަތާލެވޭ ރަންއަކުރު ތަކުން އިއްޒަތުގެ ތާޖު އަޅުވާ އެ ވެރިއަކަށް ހުޝާމަތު ކުރުން އެއީ ދިވެހިން ކޮށް އަދި ކުރައި އުޅޭ ކަމެކެވެ . ކޮންމެއަކަސް ގައުމުގެ ވެރިކަމާއި ރައްޔިތުން ހަވާލުކުރާ މީހާ އެއީ […]

ރައްޔިތު މީހާގެ ރަސްމީ ވާޖިބަކީ ކޮބާ

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގާ ކަމަށް ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކަޅާއި ހުދުން ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްފައިވެއެވެ. އަދި އެހެންމެ ރައްޔިތަކު ނުވަތަ ރައްޔިތުން ތަކެއް މަގުމައްޗަށް ނުކުމެ ސަރުކާރު ހިންގާ ގޮތާއި މެދު ހިތް ހަމަ ނުޖެހި ހިތުގައި އުފެދޭ ޝުޢޫރުތަކާއި ނުތަނަވަސް ކަން ފައުޅުކުރުމަކީ ކޮންމެ ރައްޔިތަކަށް މެ ގާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ ޙައްގެކެވެ. […]

ފަތުރިވެރިކަން އެކަންޏެއް ނޫނެވެ! ބަޑިބޭހާއިވެސް ކުޅެނީއެވެ! ދެން ގޮވާނީ އަތަށެވެ!

ކޮންމެ ގައުމެއްގެ ވެސް އެންމެ ވަރުގަދަ އެއްބާރަކީ ނޫސްވެރިކަމުގެ ބާރެވެ. ނޫސްވެރިކަމުގެ ބާރަކީ ގާނޫނު އަސާސީގައިވެސް ބަޔާންކުރެވިފައި ނުވާ ބާރެކެވެ. އެބާރު ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ބާރުތަކުގެ ތެރޭގައި ހިމަނާފައި ނުވަނީ އެބާރުގެ ވަރުގަދަކަމާއި އެބާރާއި ގުޅިފައިފައި ވަނީ މުޅި ގައުމު ތަމްސީލްކުރާ ރައްޔިތުން ކަމަށް ވީތީއެވެ. އެހެން ކަމާއެކު ބައެއް ސަރުކާރުތަކަށް ހަޖަމްނުވެ ނޫސްވެރިކަމުގެ ބާރާއި ކުޅެން ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް އެފަދަ ސަރުކާރުތައް ވައްޓާލުމުގައި ނޫސްވެރިންގެ ދައުރު ފުޅާވުމުގެ ސަބަބުން ވެރިންނަށް ހަނުތިބުން […]

ކަކުނިރާއްޖޭގެ ވާހަކަ

ކަކުނިރާއްޖެއޭ ކިޔާ ޖަޒީރާ ގައުމެކެވެ. އެރަށްތަކުގެ އަހުލުވެރިން ކަކުނިރާއްޖޭގެ ވެރިކަން ކުރާ ރަށަށް ހިޖުރަކުރަމުންދާ ދިއުން މަދު ކުރުމަށްޓަކާ އެޖަޒީރާ ރަށްތައް ލާމަރުކަޒީ ނިޒާމަކުން ގުޅުވައި އެރަށްތަކުން މައިސަރުކާރަށް ބަރޯސާވަމުން ދިޔަ ދިއުން ނިމުމަކަށް ގެނެސް އެރަށްތައް މިދެންނެވި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިންގުމުގެ ބާރު އެރަށްތަކުގެ ކައުންސިލް ތަކަށް ދޫކޮށްލުމަކީ ގާނޫނުސާސީގެ އަމާޒެވެ. މި ނިޒާމަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ޒަމާންތަކެއްވަންދެން މަޝްވަރާކޮށް ރަށްރަށުގެ ރައްޔިތުން އެދިގެން ނިންމި ނިންމުން ތަކެކެވެ. މި ނިންމުންތަކުގެ ސަބަބުން […]

ދަރީންގެ ހިތްތަކުގައި ބަޔަކާއި މެދު ނަފުރަތު އުފެދިދާނެތީ ސެންސަރުކޮށްފައި!

އާދޭހެވެ! ކޮންމެވެސް ކަންތައްތަކެއް ފޮރުވުމަށްޓަކާ މަތި އަޅަން އުޅޭކަމުގެ އިޙުސާސެއް ހިތަށް ވެރިވަމުން ދަނީއެވެ. ހަދާނަށް އަންނަނީ މާލޭ ކަސްޓޯޑިއަލް ޖަލެއްކަމުގައިވާ މާލޭ އަތޮޅުވެހީގައި ހައްޔަރުކޮށްގެން ގެންގުޅުނު މަރުޙޫމް ޙުޞައިން ސަލާހުގެ އަނިޔާވެރި މަރާއި މާފުށީ ޖަލުގައި ތިބި ގައިދީންގެ ގަޔަށް ބަޑިޖަހައި އެތަކެއް ގައިދީން މަރާލި ހިތާމަވެރި މާޒީގެ ހިތި ހަނދާން ތަކެވެ. އެއީ މިގައުމުގެ މާޒީއެވެ. އެހެންކަމާއެކު މިގައުމަށް އެމާޒީ ދެން ޢިއާދަނުވާނޭކަމަށް ހީކޮށް ރައްޔިތުން ކުރި އުންމީދާއި ހީކުރި ހީކުރުންތަށް ވެގެން އެދިޔައީ […]

މަހުލޭ ރާޖާގެ ވެރިކަން

މިއީ ކިޔުންތެރިޔަކު ފޮނުވާފައިވާ ޚިޔާލީ ވާހަކައެކެވެ. އެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަގޮތުން ކޮންމެ ފަސްއަހަރަކުން ފަސްއަހަރަކުން ރިޔާސީ އިންތިޚާބެއް ބާއްވައި ރައްޔިތުން ވޯޓުލައިގެން ރައީސަކު ހޮވަން ޖެހެއެވެ. އެގޮތުން މަހުލޭ ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އެވަގުތަކު ބޭނުންވާ މީހަކު ހޮވައެވެ. އެހެން ކަމުން ރާއްޖޭގެ ރައީސަކަށް ރައްޔިތުން ހަމަޖެއްސި ބޭފުޅަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްގެ ކޮއްކޯފުޅު ކަމަށްވާ ރާޖާއެވެ. އެހެނަސް ވެރިކަން ބޭނުންވާ ބައެއްގެ ހިޔަޅުރޭވުމެއްގެ ތެރެއިން މިދެންނެވި ރާޖާއަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުވާލިއެވެ. […]

ސަލާމް ޖެހުން އިތުރުވެ ރައްޔިތުންނަށް ގޮތް ހުސްވެއްޖެ

2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު ވަނީ ޒަމާނުއްސުރެ ބޭސްފަރުވާއަށް ސަލާމްޖަހަމުން ދިޔަ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތާމާއި ވޭނާއި ކެކުޅުންތަކަށް ޙައްލު ހޯއްދަވާ ދެއްވާފައެވެ. އޭގެ ފަހުން ރާއްޖޭގެ ވެރިކަމަށް ތިންބޭފުޅުން ވަޑައިގެންފައިވާއިރު އެއިން އެއްވެސް ބޭ ފުޅަކު ރައްޔިތުންނަށް ހިލޭ ލިބެމުންދިޔަ ބޭސްފަރުވާ އަށް ހުރަސް އަޅުއްވާފައެއް ނުވެއެވެ. އެބޭފުޅުން ވަނީ ވަކިހުދޫދެއްނެތި ހުރިހާރައްޔިތުންނަށް ހަމަހަމަ ކަމާއެކު ހުސްނުވާ އާސަންދަ ތަޢާރުފުކޮށް ބޭސްފަރުވާ ލިބޭނެ މަގު ތަނަވަސް ކޮށްދެއްވާފައެވެ. ކަން […]