ރިޕޯޓް
“ދައްޖާލުގެ ވެރިކަން” ކުރާ ބަޔަކަށް ވޯޓު ނުދީ
ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާ ވެރިކަން ކާމިޔާބު ކުރަމުން އަންނަނީ ގޭންގުތަކެއްގެ ތެރެއިން ރައްޔިތުންގެ ލޭ ކައްކުވައި ވޯޓު ހޯދައިގެންނެވެ. ކޮންމެ ވެރިޔަކުވެސް ވެރިކަން ނިންމާލަނީ ރައްޔިތުންވިއްކާލާފައެވެ. ދައުލަތުގެ ތިޖޫރީ ފެންފޮދަކާ ނުލާ ދިރުވާލުމަށް ފަހު ބައިނަލް އަގްވާމީ މާލީ އިދާރާތަކަށާއި އަވަށްޓެރި ގައުމުތަކަށާއި އަދި ވޯލްޑުބޭންކަށް ރައްޔިތުން ވިއްކާލާ ލޯނުނަގާ ގައުމުދަރުވާލާފައެވެ. ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނާ ބައްދަލުކޮށް އެކި ސަރުކާރުތަކުން ކޮށްފައިހުރި ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލައި ރައްޔިތުންނަށް އިންޞާފުހޯއްދަވާ ދެއްވާނޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ […]
ވަޢުދާ ހުވާކުރާނެޔޭ، އެ ހަނދާން ނެތޭނެޔޭ، ނޫނީ އެހެން ގޮތެއް ހޯދަން އުޅޭނެޔޭ
ރައްޔިތުމީހާގެ ޖީބަށްބާރު ބޮޑުވަމުން ދާނަމަ ފިކުރާއި ޚިޔާލު ބޮޑުވެ ދިރިއުޅުމުގެ ޙާލަތު ގޯސްވެ އަނގަޔާ އަތާދިމާނުވާ ގޮތްވެދެއެވެ. ރާއްޖެ މިޙާލަތަށް ބަދަލު ވަމުން އެދަނީ ރާއްޖޭގެ ވަލިއްޔުލްއަމްރު ވެ ވަޑައިގެންފައިވާ ވަޢުދުތަކަށް އެ މަނިކުފާނު އިޙުތިރާމް ނުކުރުރެއްވުމުގެ ހިތި ނަތީޖާއެެވެ. ދެންފަހެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ޙަވާލުވެ ވަޑައިގަންނަވަމުން ވަޢުދުވެ ވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމެއްގައި 700 ސިޔާސީ މަގާމަށްވުރެ ސިޔާސީ މަގާމް ތައް އިތުރުނުކުރައްވާނެ ކަމުގައެވެ. ސިޔާސީ މަގާމްތައް އިތުރުވަމުން ދިއުމަކީ ދައުލަތަށް […]
އަނިޔާކުރުމަކީ ހަމައެކަނި އަތުންނާއި މުގުރުން އަދި އެއްތެލުންނާއި ދުއްރައިން ތެޅުމެއް ނޫނެވެ!
ކުށްކުށުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކުރުމަކީ ދިވެހިރައްޔިތު އިންސާނާ ގެއްލުވާލާ ވޭންދެނިވި އެތަކެއް އަނިޔާ ކުރުންކަމަށް މި ފަހަކަށް އައިސް ގިނަ ބަޔަކު ސިފަކުރެއެވެ. އެގޮތަށް ސިފަކުރަނީ އެ ރައްޔިތުމީހާ ޖަލަށްލުމަށްފަހު އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމެއްނެްްނެތި ޖަލުގައި ހަތްއަހަރު ދުވަސް ވެފައިވާ އިންސާނުން ތިބުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ދިވެހި ރައްޔިތުމީހާ ވާނުވާގައި ޖަލުގައި ބަންދުކުރަނީ ކްރިމިނަލް ކޯޓުގައި ކުށުގެ ތުހުމަތުގައި ދައުލަތުން ދަޢުވާކުރާ ރައްޔިތުމީހާގެ އިބްތިދާއީ އަޑުއެހުމަށް ޕޮލިހުންގެ ފަރާތުން ވަޑައިގަންނަވާ އައިއޯ […]
ރައްޔިތު މީހާގެ އަތަށް ވޯޓް ކަރުދާސްކޮޅު ލިބޭނެ ކަމުގެ އުންމީދު ގެއްލިއްޖެ
ވެރިކަން ހިފެއްޓުމަށް މިސަރުކާރުން މިލިޓަރީ ބާރު ބޭނުންކޮށްފާނޭ ކަމަށް ބެލެވޭ!
ޑިމޮކްރަސީގެ ވަހުމް: ވެރިމީހާގެ ލޮލުން ރައްޔިތުންނަކީ ސަރުކާރުގެ ގައިދީން
ދިވެހިރާއްޖެ ހިންގަންވީ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ފަހަތުގައި އެއިން ބާރު ހޯދި ފޮރުވިފައިވާ ހުދުމުހުތާރު ވެރިއަކު ތަ؟
މަހާނަ މަައްޗަށް މަޑިއަކަށް ޖެހުން
އަޅުގަނޑުމެން އިހު ގެންގުޅުނު އެއްބައިވަންތަކަމާއި އެކުވެރި އުހުއްވަތްތެރި ކަމަކީ ދިވެހިންގެ ސަގާފަތާއި ގުޅިލާމެހިފައިވާ ކަންތައްތަކެވެ. އަވަށްޓެރިއަކު ނިޔާވެ 40ވަންދެން ބާރަށް އަޑެއް އިއްވާނުލާއިރު ރޭޑިޔޯ އިން ލަވައެއް ޖަހާނުލާ ތިބި އެކުވެރި އެއްބައިވަންތަ ދިވެހިންނެވެ. ސަކަރާތާއި ހީ މަޖާ ކުރުމުން ދުރުވެ އެ ހިތާމައިގައި ނަމޫނާ ދެއްކި އަވަށްޓެރިނެވެ. އިހު ދިވެހިންނަކީ ގަބުރުސްތާން ނުވަތަ ސަހާރާތަކަށް ޒިޔާރަތްކޮށް ހާއްސަ އަހުމިއްޔަތެއް ދީ ހުކުރު ހޯމަ ދުވަހު ތިމާގެ މީހުންގެ މަހާނަ އަށް ޒިޔާރަތްކޮށް އެ މަހާނަ ސާފުކޮށް އެ މައްޔިތާ އަށް […]
ބޭސްފަރުވާއާއި ބެހޭގޮތުން ނޭނގޭ ބޮޑު ސިއްރުގެ ހަގީގަތް!
ހިދުމަތަކީ ސަރުކާރަކަށް ފެނިއްޖެނަމަ އެ ފެންނަ ގޮތަކަށް ކޮށްދޭ ކަމެކެވެ. އަސާސީ ހައްގަކީ އެ ހައްގު ކޮންމެހެންވެސް ސަރުކާރުގެ ހަރަދުގައި ފުރިހަމަޔަށް ދިނުމެވެ. މި ދެކަންތައް ރައްޔިތުންނަށް ވަނީ އޮޅިފައެވެ. ނުވަތަ ސަރުކާރުތަކުން ރައްޔިތުންގެ މަޖިލީހުން ވަނީ އޮޅުވާލާފައެވެ. މިސާލަކަށް؛ ކޭބަލްޓީވީ އަކީ ހިދުމަތެކެވެ. އޮންލައިންކޮށް އައިޑީކާޑަށް ފައިސާ ދެއްކުމަކީ ވެސް ހިދުމަތެކެވެ. ސްކޫލްތަކުގައި އައިސް ފެން ލިބޭނެ ގޮތް ހުރުމަކީ ހިދުމަތެކެވެ. މާނައަކީ މިކަންތައްތައް މިގޮތަށް ކޮށްދިނުން އެއީ ސަރުކާރަށް ލާޒިމް ވާނޭ ކަމެއް ނޫނެވެ. […]
ދެޔޯ ރާޖާގެ ނިޒާމް
އެެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ދިވެހިން އިސްލާމް ވުމުގެ ކުރިއެވެ. ތާރީޚު ބުނާ ގޮތުން ނަމަ ދިވެހިން އޭރު ތިބީ ޚުރާފާތްތަކަށް ގެއްލި ހުސްވެފައެވެ. ބައެއް ފޮތްތަކުން ފެންނަނީ ދިވެހިީން ތިބީ ހިންދޫ ދިނާއި ބުދު ދީނަށް އަޅުކަން ކުރާން ފައްޅިތައް ވެސް އަޅައިގެންނެވެ. މިހާރު ދިވެހިން އިސްލާމްވިތާ 8 ގަރުނު ވަނީއެވެ. ކޮންމެއަކަސް އަށްސަތޭކަ އެތައް އަހަރެއް ވެ ދިޔައިރު ވެސް އަދިވެސް ދިވެހިން ވެރިކަން ހިންގަމުން ގެންދަނީ ތަފާތު ނަންނަމުގައި ވިޔަސް […]
ބީރުވެރިން
ކޮންމެ އަކަސް ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން ވުމަށްފަހު ދިވެހިރާއްޖޭގެ ވެރިކަމަށް އިސްވި ކޮންމެ ވެރިއަކުވެސް ސިންގަޕޯރގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް ބުނާތީ އަހަމެވެ. މަރްހޫމް ވެލާނާގޭ އިބްރާހިމް ނާސިރުން ފެށިގެން ގޮސް ޑަކްޓަރ މޫއީޒް އާއި ހަމައަށްވެސް ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިކަމަށް ތުންތުން މަތިން ކިޔާ އަޑު އިވެއެވެ. ރާއްޖޭ ގެ ވެރިން ސިންގަޕޯރގެ މައުންޓް އެލްޒަބަތުން ފަރުވާ ހޯދެއްވުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގަތުމުން ރައްޔިތުންގެ ބަސް އެ ވެރިން ގެ ކަންފަތަށް […]
އިސްލާމީ ވުޒާރާގެ މައްޗަށް ސަހަރޯ!
ދީނީ ފޮތްތައް ފާސްކޮށް ނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު އިސްކުރަމުން ގެންދާތީ ސަނހަރޯ! އެވެ. މީގެ ކުރީން ފާސްކުރުމަށް ހުށަހެޅި ” ދޭތެރެ ދުރުކުރެވޭ ވަސީލަތްތަކާ އޭގެ އިސްލަމީ ހުކުމް” ނަމަކަށް ކިޔުނު ފޮތް ފާސްކޮށްނުދީ ސަހަރޯހީވާވަރުކުރުމުން ގޮތް ހުސްވެގެން މީގެ އެތައް މަހެއް ކުރިން އަދިވެސް ނޫހުގައި (ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު ) ވާކަމަށް ބުނެ އާޓިކަލެއް https://adhives.mv/57990 ލިޔުމުން އިތުރަށް ފެނުނު އެ ވުޒާރާގެ […]
