ޙަރާމްތަކެތި ކައިގެން ޖަހާ މަހަކީ ނަރަކައިގެ ދަރެވެ
އަލްއުސްތާޒު ޙުޞައިން ޞަލާޙުއްދީން ވިދާޅުވެފައި ވެއެވެ. ރައްޔިތުން ރަނގަޅު ބަޔަކަށް ހަދަން ބޭނުންނަމަ ވެރިން ރަނގަޅުވާށެވެ. ޒަމާނުއްސުރެ ދިވެހި ރައްޔިތުންނަކީ ވެރިން ކޮޕީކޮށްގެން އުޅޭ ބައެކެވެ. އެހެން ކަމުން އެވާލާ ޒަމާނުއްސުރެ ދިވެހިން ވެރިންނާ ބެހޭ ގޮތުން ބުނެފައި އޮންނަނީ ވެރިޔަކު ގޯސްކަމެއް ނުކުރާނެއެވެ. އެހެން ކަމުން ވެރިޔަކު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިއަސް އޭރުގެ އެއްވެސް ދިވެއްސަކު އެ ކަމަކީ ނުބައިކަމެއް ކަމަކަށް ނުބަލައެވެ. އެހެނީ ދިވެހީންނަކީ އަބަދުވެސް ވެރިންދެކެ ލޯބިވާ އަދި ވެރީންނަށް ކިޔަމަންވާ ބައެއްކަމުން […]
މަސްތު ނަތީޖާ ގޯސް! ހުއްޓުވަން އަވަސްކުރޭ!
މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ރިހެބިލިޓޭޓް ކޮށް އަނބުރާ މުޖުތަމަށް ނެރުމަށްޓަކާ ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅެއް ނޫނެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ %90 އިންސައްތަ އަކީ އެ ވަބާއިން ސަލާމަތްވާން ބޭނުންވާ ޒުވާނުންނެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށްޓަކާ އަމިއްލައަށް އެންޑީއޭއަށް ގޮސް ރިހެބިލިޓޭޓް ވާން އެދެމުންދާ ޒުވާނުން ގިނަވި ނަމަވެސް ސެންޓަރުގެ ޖާގަ ނެތިގެން އެތައްސަތޭކަ ޒުވާނުން މިހާރުވެސް ތިބީ ކިޔޫގައެވެ. އަނެއްކޮޅުން މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ބައެއް ޒުވާނުން ޑިޓޮކްސިފައި ވުމަށް […]
ދޮގު ލިޔުން އުފައްދަން މަޖުބޫރު ކުރުވީ ސަރުކާރުން
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން އެކަށައެޅި ސިޔާސަތު ފޮލޯކުރެވެން އޮތީ ވަގުލިއުން ތައްޔާރު ކޮށްގެނެވެ. މާލޭގައި ދިރިއުޅޭތާ 15 އަހަރުވެއްޖެ ކަން ދެނެގަތުމަށްޓަކާ މާލޭގެ ކުންފުންޏެއްގައި އެމުއްދަތަށް އުޅުނު ކަމުގެ ލިއުމެއް ހައުސިންގ މިނިސްޓްރީއަށް ނުވަތަ ފްލެޓް ޕޯޓަލް އަށް ހުށައަޅަންޖެހުމަކީ ރައްޔިތުމީހާލައްވާ ސަރުކާރުން ހިންގުވާ ޖަރީމާއެކެވެ. މާލޭގައި ދިރިއުޅެމުން މީހަކާއި ކައިވެނިކޮށް ދަރިއަކު ލިބި އެދަރިފުޅު ސްކޫލް ނިންމައި އޭނާވެސް މީހަކާ އިނދެފައިވާއިރު ފްލެޓަށް ކުރިމަތިލީ އަންހެންމީހާ މާލޭގައި 15 އަހަރު އުޅުނުކަމުގެ ޝަރުތު […]
ސިގެރެޓެއް ނޫނެވެ. މަސްތެވެ
ރަށްރަށުގެ މަގުމަތީގައި މަސްތުވާ ތަކެތި ވިއްކަމުން އެދަނީ ބިރެއްސިހުމެއް ލަދެއް ޙަޔާތެއް ނެތިއެވެ. މަސްތުވާތަކެތި ވިއްކުމުގައި އިސްކޮށް އުޅެނީ ގޭންތަކަށް ނިސްބަތްވާ ޒުވާނުންނެވެ. ދާދި ފަހުން މަސްތުވާތަކެތި ވިއްކާ ދެ ޒުވާނަކު ސައިކަލެއްގައި ގޮސް ޢުމުރުން ދުވަސް ވީމީހަކަށް މަސްތުވާ ބާވަތެއް ވިއްކިތަން މަގުމަތި ކޮންޓްރޯލް ކުރާ ދެ ފުލުހުންނަށް ފެނުނެވެ. ނަމަވެސް މަސްތުވާތަކެތި ވިއްކި ދެ ޒުވާނުން ދޫކޮށްލުމަށްފަހު ހިފެހެއްޓީ އެތަކެތި ގަތް ކަމަށް ތުހުމަތު ކުރެވޭ ޢުމުރުން ދުވަސްވީ މީހާއެވެ. ދެފުލުހުން އެމީހާ ފާރަކަށް […]
ގޭންގު މާރާމާރީ ހުއްޓުވާނީ ކިހިނެއް؟
ގޭންގް ތަކުން ހިންގި މާރާމާރީގެ ވީޑިއޯ ފުލުހުންގެ އަތުން ގެއްލި އެ މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރެވުނު އެންމެން ދޫކޮށްލަން ޖެހުނު ވާހަކަ ހޯމްމިނިސްޓަރު ވިދާޅުވުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މިންވަރާމެދު ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާނެއެވެ. މިގައުމުގެ ރައްޔިތަކަށް ދެންއޮތީ ކޮން ރައްކާތެރި ކަމެއްތޯއެވެ. ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ރައްޔިތުން މަތިލޮށްފައިވާ ފަރާތެވެ. ރާއްޖޭގައި ޙަރަކާތްތެރިވަމުން އަންނަ ގޭންގް ތަށް ފުލުހުންނާއި ސިފައިނަށް އެގެން ޖެހޭނެއެވެ. އަދި ގޭންތަކުގެ […]
ދައުލަތަށް ލިބޭ އާމްދަނީ އަށް ނުބަލާ ޚަރަދުކުރަމުންދާނަމަ ދަރަނިވެރިވާނެ
ކޮންމެ ފަސްއަހަރަކުން އެއްފަހަރު ގައުމުގެ ވެރިކަން ބަދަލުވަމުން އަންނައިރު އަލަށް އަންނަ ސަރުކާރުން އާވަޢުދުތައް ވާންވާނީ ދައުލަތުގެ ތަނަވަސް ކަން ހުރި މިންވަރެއްގެ މައްޗަށް ބެއްލެވުމަށްފަހުގައެވެ. ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ދެވަނަދައުރަކަށް އިންތިޚާބުވާން ބޭނުންވާ ރައީސްއާއި އަލަށް އިންތިޚާބުވާން ބޭނުންވާ ކެންޑިޑޭޓުން ރައްޔިތުން ބޭނުންވާނޭ ކަމަށް ލަފާކުރާ ކަންތައް ކޮށްދޭނެކަމުގެ ވަޢުދުވަމުން ދިއުމަކީ އާކަމެއް ނޫނެވެ. ކޭމްޕޭނަކީ ރައްޔިތުންގެ ރުހުން ހޯދުމަށްޓަކާ ކުރާކަމެކެވެ. ސަރުކާރު ހިންގަވަން ހުންނެވި ރައީސްގެ ވެރިކަން ނިމެންދާއިރު ދެވަނަދައުރަކަށް ކުރިމަތި […]
ސިގިރޭޓުގެ ޑިއުޓީ ބޮޑުކުރީ އެތެރެކުރާ މީހުންނާއެކު ޑީލް ހަދައި 80 މިލިއަން ރުފިޔާ ނެގުމަށްފަހު ކަމަށް އެބަބުނޭ، ހަގީގަތަކީ ކޮބާ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ އެމަނިކުފާނު ނުހަނު ބޭނުންފުޅުވާ ކަމެއް ކަމަށެވެ. ދިވެހި ޅަދަރިން ދުންފަތުގެ ނުރަނގަޅު އާދައިގެ ތެރެއަށް ދޫކޮށްލައިގެން ސަރުކާރެއް އޮންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މީގެ ފަހަތުގައި އޮތީ އެހެންކަމެކެވެ. ރާއްޖޭގެ އާބާދީގެ %70 ޕަސެންޓް ރައްޔިތުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ ހިފާފައިވާ ރައްޔިތުންކަމަށް ވުމުން ރާއްޖެއަށް އެންމެގިނައިން ސިނގިރޭޓް […]
މުއިއްޒުއަށް އާސަންދައިން ޓީވީ ޗެނަލެއް ހަދައިދިން ކަމުގެ ތުހުމަތު
އާސަންދައަކީ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށް ދިނުމަށްޓަކާ ދައުލަތުން އުފައްދާފައިވާ ދަރުމަ ސްކީމެކެވެ. މިސްކީމަކީ ދައުލަތުގެ ވެރިންނަށް ގެއާއި ގެސްޓް ހައުސް އާއި އަދި ޓީވީ ޗެނަލް ތަކާއި ރެސޯޓްތައް ތަރައްގީ ކުރަން ފައިސާ ޚަރަދު ކުރާ ސްކީމެއް ނޫނެވެ. މި ސްކީމްގެ ކަންކަން ބަލަހައްޓާ މުވައްސަސާއަކީ އެންސްޕާއެވެ. އެހެން ކަމުން މި މުވައްސަސާ އަށް އެއްވެސް ފަރާތެއްގެ ޒާތީ ނުފޫޒެއް ވަދެގެން ނުވާނެއެވެ. މާޒީގެ ތަޖުރިބާއަށް ބަލާއިރު މި މުވައްސަސާއަށް ވެރިޔަކު އައްޔަން ކުރަނީ […]
ބާރުގެ ބޭނުން ކޮށްގެން ރައްޔިތުންގެ ތާއިދާއި ރުހުން ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ
ރައްޔިތުންގެ ރުހުން ލިބޭނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ އިޙުސާސްތަކަށް އިޙުތިރާމް ކުރާ ވެރިކަމެއް ކުރުމުންނެވެ. އަދި ހަމަ އެހެންމެ ރައީސުލް ޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަންނަވާނީ ދައުލަތުގެ ތަނަވަސް ކަން ހުރި މިންވަރެއްގެ މައްޗަށް ރަނގަޅަށް ބެއްލެވުމަށްފަހުގައެވެ. ދައުލަތުގެ ތަނަވަސްކަން ނެތްނަމަ ކިތަންމެ ގިނަ ވަޢުދެއް ވިޔަސް އެ ވަޢުދުތަކެއް ނުފުއްދޭނެއެވެ. ވެރިކަމަށް ވަޑައި ގަންނަވާ ބޭފުޅުން ރައްޔިތުންނަށް ވަޢުދުވެ ވަޑައި ގަންނަވާ މައިގަޑު ދެސަބަބެއް އޮވެއެވެ. އެއްސަބަބަކީ ރައްޔިތުންގެ ރުހުމާ ލޯބި ހޯދުމެވެ. ދެވަނަ ސަބަބަކީ ވެރިކަމުގެ ދެވަނަ […]
މިރަމަޟާންމަހު ހުޅުމާލޭގައި ނަމާދުކުރަން އުފުލަންޖެހުނު ތަކުލީފުތަކުން އެކަނިވެސް މިސަރުކާރުގެ ދީނީސިޔާސަތު ހާމަވޭ
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެކަނިވެސް ދޮޅުލައްކައަށްވުރެ ގިނަ ދިވެހި މުސްލިމުންނާއި ފަންސާސް ހާހާއި ގާތްކުރާ ޢަދަދަކަށް ބިދޭސީ މުސްލިމުން ދިރިއުޅެއެވެ. އެހެން ކަމުން ނިމިދިޔަސަރުކާރުތަކުން މިފިޔަވަހީގައި ހުރި ފަސްމިސްކިތުގެ އިތުރުން ވަގުތީ ދެމިސްކިތް ބިނާކޮށްފައިވެއެވެ. މި ފިޔަވައްސައް ވަގުތީމިސްކިތްތައް އެންމެ ބޮޑަށް ބޭނުންވަނީ ރަމަޟާންމަހުގައެވެ. އެއީ ރަމަޟާންމަހު މިސްކިތްތަކަށް އަރާމީހުން ގިނަވުމާއި އަދި ގިނަ އަންހެނުން ތަރާވީސް ނަމާދަށް މިސްކިތަށް އެރުމުގެ ސަބަބުންނެވެ. ކަންމިހެން ހުރިނަމަވެސް ރަމަޟާންމަސް ފެށެން ކައިރިވެފައި ވަނިކޮށް މި ފިޔަވަހީގެ އެންމެ […]
