ބަންޑާރަ ބިން
ބޯހިޔާވެހިކަން ކަށަވަރު ކޮށްދިނުމަކީ ކޮންމެ ވެރިއެއްގެ އެންމެ މުހިންމު ރިޔާސީ ވައުދާއި އަހުދެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް ވެވިދާނެ ވައުދެއް ތޯ ބާލާލުން މިއީ ކޮންމެހެން ކުރާން ޖެހިފައިވާ ކަމެކެވެ. އަހުރެންގެ ބުއްދިއަށް ފަހުމްވާ ގޮތާއި މި ވިސްނޭވިސްނުން ކޮށި ނަމަވެސް ލިޔެލާން ގަސްތު ކޮށްފީމުއެވެ.
ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅާ ނުވަތަ ކައުންސިލަށް ނުވަތަ ރައްޔިތުން ގެ މަޖްލީހަށް ކުރިމަތިލައްވާ އެ ސިޔާސީ އިއްޒަތްތެރި ވެރިޔާ އެ ވިދާޅުވާ ވައުދަކީ ކޮރަޕްޝަން ގެ ތަޅު ހުޅުވައިދޭ ވައުދެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ނަގައިލާ ފިތުނަ އުފަންކުރުވާނެ މައިދޮރާށި ހުޅުވާލަ ދޭ ވައުދެވެ. ރައްޔިތުން ރޮއްވާލާ މާޔޫސް ކުރުވާނެ ވައުދެވެ. ލިބޭ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރާނެ ވެސް ވައުދެވެ.
ބިންވެރިޔާ އަކީ ކޮބާތޯއެވެ؟ އެއީ ބަންޑާރަ ބިމެއްގެ މިލްކު ވެރިޔާ ހެއްޔެވެ؟ ނުވަތަ ބަންޑާރަ ބިމެއް އަމިއްލަ ކުރެވޭ އުސޫލެއް އޮންނަ ހިނދު މިދަންނަވާ ސިޔާސީ ވައުދުން އެ އޮޅުވާލެވެނީ ރައްޔިތުމީހާ އަށެވެ. ރައްޔިތުމީހާ މަގުފުރެއްދުމަށް ފަހު އެރައްޔިތު މީހާގެ ސިއްރު ވޯޓަށް ނުފޫޒު ފޯރުވައި ރައްޔިތުމީހާގެ ހިތާއި ދެކޮޅަށް ވިޔަސް އެ ރައްޔިތުމީހާގެ ނަފްސުން ވައްކަން ކުރުވައެވެ. އެ ސިޔާސީ ފަރާތުގެ އަޅުވެތި ކަމުގެ ކަސްތޮޅު އެޅިދެއެވެ.
ބިންވެރިޔަކަށް ވާން ނޭދޭނެ ހަމަ ހިލާ އެކަކުވެސް ހުރެދާނެ ކަމަކަށް ނުދެކޭ ހިނދު ބިންވެރިއަކަށް ވުމުގެ ޒިންމާ ތަކާއި ޝަރުއު ތަކެއްވެސް ވާންޖެހެއެވެ. އެ ބިންވެރިޔާގެ ތިބި ދަރީންގެ ނުވަތަ ބިމުގެ ދަތިކަމަށް ބަލައިގެން ކަމަށްވާނަމަ އެއީ އެންމެ އެދެވޭ ގޮތަކަށް ނުވެދާނެއެވެ. ބިމެއް ލިބުމުން އެ ބިމެއްގައި ގޮވަތި އެޅި އެ ގޮވަތީ ގައި ބިންވެރިޔާ ދިރިއުޅޭނޭ ފަދަ ފުއްދުން ތެރިކަމެއް ވެސް ހުންނާން ޖެއެވެ.
ދޭން އެ ވައުދުވާ ބިމަކީ ބަންޑާރަ ބިމެއް ކަމަަށާއި އެ ބިމުގައި ބިނާކުރާ ބިނާ އަކީ ތިމާ ބިނާ އަކަށްވިޔަސް އެ ބިމަަކީ ކޮންމެ ހާލަތެއް ގައި ވެސް އަމިއްލަ މިއްލަކަށް ނުވާ ހިނދު ދައުލަތުން ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި އެ ބިނާގެ ބަދަލަކާ އެކު ދައުލަތަށް ބިން ނެގުމުގެ ބާރު ސަރުކާރަށް ލިބިދޭނެއެވެ. ބިމަކީ ދައުލަތުގެ މުދަލެކެވެ. އެ މުދާ ވެރިކަމަށް އިސްކުރެވޭ ވެރިޔަކު ހިތު ހުރި ގޮތަކަށް ފޮތިފޮތި ޖަހާ ބަހާލެވޭ ސިޔާސަތާއި ސަގާފަތަކީ ރައްޔިތުންނަށް އޮޅުވާލައި ، އޮޅޭފަދަ ސިޔާސަތެއްކަން އަމިއްލަ ބުއްދި އަށް ވެސް އަދު ވިސްނާން ޖެހިފައި ވެއެވެ.
ހަގީގަތަކީ ކުރީގެ ސަރުކާރުން ދެވަނަ ދައުރެއްގެ ދަހިވެތި މަޅީގައި ރައްޔިތުން ރަނގަޅަށް ޖެހި ވުޖޫދުގައި ނެތް ބިމުން ގޮވަތި އާއި ގެދޮރު ދިނެވެ. ހަވާގައި ގަނޑުވަރު އަޅާ ބީދައިން ކަނޑުން ބިން ދިން ދިނުމެވެ.

އޭރުގެ ވަލީއުލް އަމުރަށް ތާއިދު ކުރާނެ ފަރާތްތަކަކީ މައި “ޝަރުތު” ކަމަށް ބަލައި ، ކަނޑުންބިން ބެހިއެވެ. މިފަދައިން އޮޅުވާލާ ނާތަހުޒީބީ ސިޔާސަތެއް އުފަންކުރުމުގެ ނަތީޖާ ކިތަންމެ ހިތި ނަމަވެސް އަދި ކޮންމެ ރައްޔިތަކު ލައްވާ އޭރުގެ ނާގާބިލް ވެރިން ކުޅަކަންކަމުގެ ނަތީޖާ އަކީ ރައްޔިތު މީހާ ސަރުކާރާއި ދައުލަތަށް އޮތް އިތުބާރު ގެއްލި ދިއުމާއި އެކު ބޯހިޔާވެހި ކަމަށް ނާއުއްމީދު ވުމެވެ.
އެއްވެސް ފަރާތަކުން ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމަކީ ގާނޫނީ ކުށަކަށް ނުވާނަމަ ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ތަނަވަސް ކަމާއި ރައްޔިތުންގެ މާލިއްޔަތަށް ކޮންމެ ފަދަ ހިޔާނާތެއް ވިޔަސް އެއީ މާ ބޮޑު ކަމަކަށް ނުވެ ހިނގައިދާނެ އެވެ.
