ސިކުނޑި ނެތް ސަރުކާރެއްގެ ފަހަތުގައި ތިބެގެން ވާނީ މޮޔަ!

ސިކުނޑި ނެތް ސަރުކާރެއްގެ ފަހަތުގައި ތިބެގެން ވާނީ މޮޔަ!

މިއަދަކީ މާލޭގެ ސަރަޙައްދުގައި ދުރުއުޅެމުން އަންނަ ރައްޔިތުންނަށް ފިލާވަޅެއް ލިބިގެންދިޔަ ދުވަހެކެވެ. މާލެއާއި ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަލް އެއާރޕޯޓު ގެ ކަރަންޓް  ގުޅާލެވިފައިވަނީ އެއްވިއުގައަކުންނެވެ. އެހެން ކަމުން މާލެއިން ކަރަންޓް ކެނޑިގެންދާ ކޮންމެފަހަރަކު މުޅި މާލެ ސަރަޙައްދުން ކަރަންޓްކެނޑި އަދި ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ ދޮރޯށިތައްބަންދުވެ ދެއެވެ. މިއީ ސަރުކާރުގެ ސިކުނޑި ނެތުމުން ދިމާވި ހިތާމައިން ފުރިގެންވާ ކާރިސާއެއް ކަމުގައި މެނުވީ ނުވާނެއެވެ. އަދި މިކަނުގެ ސަބަބުން މުޅިރާއްޖެއަށް ލިބިގެން ދިޔައީ ފޫނުބެދޭވަރުގެ ގެއްލުމެވެ.

މުޅި ރާއްޖޭގެ މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދެމުން އައި ދިރާގާއި އުރީދޫގެ ޚިދުމަތުން މުޅި ރާއްޖެ މަޙުރޫމްކޮށްލި މި ކާރިސާގެ ސަބަބުން ރާއްޖޭގެ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ ސްޓޭޝަން ތައް ބަންދު ވުމުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ފިހާރަތަކާއި ގަރާޖުފަދަ ރައްޔިތުންނަށް މާލީ ގޮތުން މަންފާލިބޭނެ ހުރިހާ ދޮތުތައް ބަންދުވެގެން ދިޔައެވެ. އެހެން ކަމާއެކު މިފަދަ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ކުރިއާލާ ތައްޔާރު ވުމުގެ ވިސްނުން ސަރުކާރުގެ ސިކުނޑީ ގައި ހުރިނަމަ ވިސްނުނީސް ތާއެވެ. މާލޭ ސަރަޙައްދުގެ ސިނަމާލެ ބްރިޖަށްދާ މަގުގައާއި ހުޅުމާލޭގެ އެތައްފުލެޓެއްގައި ވަނީ ސޯލާޕެނަލްތައް ގާއިމް ކިށްފައެވެ. އަދީ އޭގެ އިތުރުން ވެލާނާއިންޓަރނޭޝަލް އެއާރޕޯޓުގައިވެސް ވަނީ އެތަކެއް މެގަވޯޓުގެ ސޯލާޕެނަލްތައް ހަރުކުރެވިފައެވެ. އެހެންކަމާއެކު މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ކަރަންޓްގެ އިމަރޖެންސީ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ބޭނުންކުރާނޭ ބެކަޕް ޖަނަރޭޓަތުތައް ގާއިމްކުރެވިފައި ނެތުމަކީ މިސަރުކާރުގެ ސިކުނޑި ނެތްކަމުގެ ޢަމާތެއް ނޫން ދެން އެހެން ކޮންކަމެއްތޯއެވެ. 

މިއަދު ރާއްޖޭގެ އެތަށް މިތަނަށް ކާޑުގެ ބާވަތް ތަކާއި މުދާ ހިފައިގެން ފުރަން ތައްޔާރު ވެފައިވާ އެތަކެށް އުޅަދު ނުފުރި ތިބެން ޖެހުމަކީ ކުޑަގެއްލުމެއް ހެއްޔެވެ. އަދި އިންޓަނެޓުގެ ޚިދުމަތާއި ނެޓްވާރކް ނުލިބި އެތައް ލައްކަ ރައްޔިތުން ބޭނުންވާ އެތައްކަމެްް ނުވެތިބެން ޖެހުމުން ވީގެްްލުމާއި ރެސްޓޯރެންޓް ތަކާއި ބޭރުގައުމަތަކުން މުދާގެނައުމަށް ކޭޝްނުކުރެވި ތިބެން ޖެހުމާއި ރާއްޖެއަންނަން ތިބި ފަތުރުވެރިންނަށް ކުރިމަތިވި އުނދަގޫތަކާއި ވެފައިވާ ގެއްލުމުގެ ސަބަބުން ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތަށް ވަނީ ފޫނުބެދޭވަރުގެ ގެއްލުމާއި ކުރިމަތި ލާން ޖެހިފައެވެ.

އަނެއްކޮޅުން ކަރަންޓް ނެތުމުން މާލޭ ސަރަޙައްދުގެ ސްކޫލްތައްބަންދު ކުރަންޖެހި ދަރިވަރުންގެ ތަޢުލީމަށް ވެސް ވަނީ ނޭދެވޭ އަސަރު ކޮށްފައެވެ. އަދި ރައްޔިތުން ފުލެޓްތަކަށް އަރަންބޭނުންކުރާ ލިފްޓުތައް ބޭނުން ނުކުރެވި ގޭގެއިން ހޮސްޕިޓަލް ތަކަށް ދާންތިބި ޙާލު ދެރަ ބަލިމީހުން ފުލެޓްތަކުގައި ތާށިވެ ނުފޭބި ތިބެން ޖެހުމަކީ ކިހާވަރުގެ އަނިޔާއެއްކަން އެނގިލައްވާ ތޯއެވެ.

މެދުރުނަމާދަށް ބަންގި ނުގޮވަނީސް ކަރަންޓް ކެނޑި ބަނގީގެ އަޑު ނުއިވުމަކީވެސް ކުޑަކަމެއް ނޫންތާއެވެ. ރައްޔިތުން ތިބީ ވާނުވާވެސް ނޭނގި ހަދާނެ ނުހަދާނެގޮތެއް ނުއެނގި ކަންބިޑުވެފައެވެ. ކަރަންޓް ކެނޑުސަބަބެއް ނޭގުނުތާގައި ކަރަންޓް ލިބޭނީ ކޮންހިނދަކު ކަންވެސް ރައްޔިތުންނަށް އަނގާލީވެސް ނޫނެވެ.އަދި އެނގެންހުރި ހުރިހާ މަގުތަކާއި ދޮރުތަކާއި ވަސީލަތް ތައް ބަންދުވެ ރައްޔިތުން އުފުލަން ޖެހުނު ތަކުލީފްތައް އެނގިލައްވާ ތޯއެވެ. އޭޓީއެމްތައް ބަންދުވެ ލާރިއެއް ޓްރާންސްފާ ނުކުރެވި ރައްޔިތުން އުޅެން ޖެހުނު ނިކަމެތި ހިތްދަތި ވަގުތަކަކީ ދުލަކުން އަދި ގަލަމަކުން ވިޔަސް ބަޔާންކުރެވޭ ވަރަށްވުރެ ހިތްދަތި އަސަތުތައް ވެރިކުރުވި ވަގުތު ތަކެކެވެ. 

އެހެން ކަމާއެކު ބޭރުން ޢާޓިފިޝަލް ސިކުނޑިއެއް ގެނެސް ސަރުކާރުގެ ބޮލުގައި ޕްލާންޓް ކޮށްގެން ނަމަވެސް މިފަދަ ބޮޑުގެއްލުންތަކެއް ތަކުރާރު ވިޔަނުދިމަށް މަސައްކަތް ކުރާން  އެބަޖެހެއެވެ. ” ގައުމުގެ ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް ނުވާ ނަމަ ﷲ އެގައުމެއްގެ ޙާލަތު ބަދަލެއް ނުކުރައްވާނެއެވެ”

ހުޅުމާލޭ ބުރިޖަށް ދަތުރުކުރާ ހަލިމަގުގައި ހަރުކޮށްފައިވާ ސޯލާޕެނަލްތައް އެހެރަގެން ދަބަރަށްވަނީ އެވެ. އެ ޕެބަލް ތައއ ނަގަން އެ ޕެނަލްތައް ހަރުކުރުމަށް ދިޔަ ޚަރަދުގެ ޑަބަލްޚަރަދު ދައުލަތުގެ ބަޖެޓުން ހޭދަކުރަން ވިސްނުމަކީ ސަރުކާރުގެ ސިކުނޑި ކުނިވެފައިވާ ކަމުގެ ދެވަނަ ޢަލާމާތެވެ.