ރޮހިންޔާ މުސްލިމުން ދިރިތިއްބާ ވަޅުލައި މަރައި އަތްފައި ބުރިކޮށްލި މިޔަންމާ ބުޑިސްޓު ސަރުކާރު ގޮތް ހުސްވެއްޖެ – ބިން ހެލުމަކީ ކޯފާއެއްބާ؟
މިޔަންމާގެ މެދުތެރެއަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގައި 10 މިލިއަނެއްހާ މީހުން މަގުމަތިވެ 1600 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައި ވާއިރު، އަދިވެސް އިތުރު ބަޔަކު މަރުވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އަދިވެސް އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރަމުންދާއިރު އެތަންތަނުގެ ދަށުވެފައި ތިބީ ކިތައް މީހުން ކަމެއް ބުނާކަށް މިޔަންމާ ސަރުކާރަކަށް ވެސް ނޭނގެއެވެ.
ބިންހެލުން އައީ އެގައުމުގެ އެންމެ މަޝްހޫރު މަންޑަލޭ ނުވަތަ މަންދަލޭ އަށެވެ. ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ މިޔަންމާގެ މެދުތެރޭގައި އޮތް މަންދަލީއާއި ނީޕީޓޯއަށެވެ. މަންދަލޭ އަކީ މިޒަމާނުގެ ބަހުންނަމަ ހައްދުންނައްޓާފައިވާ ތަނެކެވެ. އެތަނުގައި ހުއްދަ ނަގައިގެން ހަށިވިއްކާ 360 އަށްވުރެ ގިނަ ބޮހުން ތިބެއެވެ. މީގެ ކޮންމެ ބޮހެއްގެ ދަށުން ހަށިވިއްކުމަށް މަސައްކަތްކުރާ މުވައްޒަފުން ތިބެއެވެ. ހުއްދަ ނުނަގާ އެތައް ހާސް ހަށިވިއްކާ މީހުން އުޅެއެވެ. ހާއްސަކޮށް ޒިނޭ ކުރުމަށްޓަކައި 67 ޒިނޭޚާނާ ހުރެއެވެ. އެތަންތަނުގެ ތެރެއިން ބައެއް ތަންތަން މިހާރު އޮތީ ފަނާވެފައެވެ. ސަރުކާރާއި ރައްޔިތުންނަށް ވަނީ ތަޞައްވުރު ނުކުރެވޭ ފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

މިޔަންމާގައި ހުއްދަ ނަގައިގެން ހަށިވިއްކާތަނެއް. ބިންހެލުން އައި ސަރަޙައްދުގައި މިފަދަ 67 ޒިނޭޚާނާ ހުރޭ.
މިފަދަ މުސީބާތެއްގެ ކުރިމަތީގައި ރައްޔިތުން ބިކަވެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން 24،000 އަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން މަރާލައި، 18،000 އަށް ވުރެ ގިނަ އަންހެނުންނާއި އަންހެން ކުދިން ރޭޕްކޮށް، ގުނާ ނުލެވޭހާ ވެސް ގިނަ ޢަދަދަކަށް ރޮހިންޔާ މުސްލިމު ރައްޔިތުންނަށް މިޔަންމާގެ ބުޑިސްޓު ނުބައި ސަރުކާރުގެ ސިފައިން އަނިޔާ ދީފައި ވެއެވެ.
ނިމިދިޔަ ރަމަޟާންމަހު ހޭވެރިކަންވާ މީހަކަށް ނަމަ ކޮންމެވެސް އެއްޗެއް ވިސްނޭނެއެވެ. އެމީހުންގެ އަތުން، އަޅުގަނޑުމެންގެ އެތައް މުސްލިމުންނެއް މަރާލައިފިއެވެ.
ރޮހިންޔާ މުސްލިމުންނާއި ދޭތެރޭ ނުބައިކޮށް ހިތައި، އޭގެތެރެއިން ބިކުރުވެރި އަންހެންކުދިން ރޭޕްކޮށް ދެފައި ވީދައި މަރާލުމަށްފަހު ބުރިބުރިކޮށްލި މިޔަންމާ ސަރުކާރަށް މިއަދު މި ދިމާވެފައިވަނީ އެމީހުން ފާއިތުވި 100 އަހަރުގައިވެސް ނުދެކޭފަދަ ބިރުވެރިކަމެކެވެ. މިއީ އިލާހީ ކޯފާއެއްތޯ ނުވަތަ އެހެން ކަމެއްތޯ އަދި މިކަމާ ދޭތެރޭ ވިސްނައި ފިކުރުކޮށްފި މީހަކަށް މެނުވީ މިބުނާ އެއްޗެއް ފަހުމު ވާނެ ހެއްޔެވެ؟
