ދިވެއްސެއްގެ މައްސަލަ އޮއްބާލަން ދައުލަތުން 10މިލިއަން ޑޮލަރު ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިން

ދިވެއްސެއްގެ މައްސަލަ އޮއްބާލަން ދައުލަތުން 10މިލިއަން ޑޮލަރު ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިން

       ބޭބެ ގިނަ ޒަމާތަކެއް ވަންދެން ވެރިކަމުގައި ހުންނެވީތީ އެ ވެރިކަމުގެ ބާރާނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔާފާރި ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމަށް ގިނަބަޔަކު ތުހުމަތުކުރާ ރައީސް ޔާމީން މިގައުމުގެ ވެރިކަމަށް ގެންނަން ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު މަސައްކަތެއް ނުކުރާނެއެވެ. ލޮބުވެތި ދިވެހި މުވާތިނުންނެވެ. އަޅުގަނޑު މިވާހަކަ އަނެއްކާވެސް މި ތަކުރާރު ކުރަނީ ޒަމާންތަކަކަށްފަހުގައެވެ. އެއީ މިގައުމަށްޓަކައި ހިތުގައިވާލޯބި އުތުރި އަރާތީއެވެ. އެއްވެސް އިންސާނަކާމެދު ޒާތީ އެއްވެސް ދުޝްމަންކަމެއް އޮވެގެނެއް ނޫނެވެ. 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ރައީސް ޔާމީނު ކާމިޔާބު ކުރެއްވީ ރައްޔިތުން ވޯޓުދީގެނެއް ނޫނެވެ. އެވެރިކަން ރައީސް ޔާމީނު ކާމިޔާބު ކުރެއްވީ ފަނޑިޔާރުގެއާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ދައުލަތަށް ޣައްދާރުވި ބައެއްގެ ނުޙައްގު ރޭވުމުގެ ތެރެއިންނެވެ.

       ރައީސް ޔާމީނަކީ ވެރިކަމުގެ ކޮއިލުގެ ތެރެއިން ބޮޑުފުޅުވި ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާއަށް އަށަގެންފައިވާ އަދި ކުށްކުރުމާއި ވައްކަންކުރުމުގެ ޞަގާފަތެއްގެ ވެރިއެކެވެ. އެމަނިކުފާނަކީ މިރާއްޖެއަށް ގޭންގް މާރާމާރީ އާއި ގޭންގްތައް މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔާފާރި ފުޅާދާއިރާއެއްގައި ތަޢާރުފުކުރި ވަރަށް އަޑިނުބައި އިންސާނެއްވެސް މެއެވެ. މާލޭގައި ގޭންތަކުން ކަނޑިއާއި ކަޓަރުބޭނުން ކޮށް އެތަކެއް ޒުވާނުން މަރުވެ ގޮސްފައިވަނީވެސް ރައީސް ޔާމީނު އަޑީގައި ހުންނަވާ ގޭންގްތަކަށް ޚަރަދު ކުރައްވައިގެންނެވެ. 

އަޅުގަނޑު ދަންނަވަން މިއުޅެނީ ރައީސް ޔާމީނުގެ ސަބަބުން މިގައުމާ ރައްޔިތުންނަށް ވެފައިވާ ގެއްލުމާއި އަދި އެމަނިކުފާނުގެ ކިބައިން ގައުމާއި ރައްޔިތުން ސަލާމަތް ވުމުގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް އަޅުގަޑަށް އެނގިފައިވާ ބައެއް ވާހަކަތަކެވެ.

ރައީސް ޔާމީނަކީ ވައްކަން ކުރުމުގެ ޞަގާފަތެއް އޮތް ބޭފުޅެކެވެ. އެމަނިކުފާނު އެސްޓީއޯއާއި ސްޓެލްކޯގެ ޗެއަރމަން ކަންކުރެއްވި ދުވަސްވަރު ސިލޯނުން އެސްޓީއޯގެ ނަމުގައި ސައިފަތް ދަނޑެއް ބައްލަވައިގަތުމަށްފަހު އެ ސައިފަތް ދަނޑު ދައުލަތުގެ ބާރާއިނުފޫޒުގެ ތެރެއިން ވަގަށް ނެގި ބޭފުޅެއްވެސްމެއެވެ. އެދުވަސްވަރު މަސްތުވަތަކެތި ވިއްކުމަށް ނަންމަޝްހޫރުވި އެތައްބަޔަކީ ޔާމީނުގެ ކިބައިން ބާރުލިބިގެން އެމަސައްކަތުގައި ޝާމިލްވެ އުޅުނު މީހުންނެވެ. މި ކަމުގައި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމްޒާހިރުގެ ބާރުވެރިކަން ލިބިގެން ދިޔައެވެ. އެހެން ކަމުން އޭގެތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނަސް އަނެއްދޮރުން ނެރެދޭކަން ފާހަގަ ކުރަމެވެ.  

      ޢުމަރުނަސީރުގެ ވާހަކަތަކުންނާއި ކަންހިނގާފައިވާގޮތުގެ މައްޗަށް ދިރާސާކޮށްލުމުން ޑޮކްޓަރ އަފްރާޝީމު ޢަލީ ގަތުލުކޮލުމުގެ އަޑީގައި ހުންނެވީ ރައީސް ޔާމީނުކަމަށް ތުހުމަތުގެ އިނގިލިތައް އަމާޒުވެފައިވެއެވެ. އެއީ އޭރު ޕީޕީ އެމުން ރިޔާސީ އިންތިޚާބަށް ކެންޑި ޑޭޓެއްގެ ގޮތުން ނެރެން ހަމަޖެހިފައިވަނީ ޑޮކްޓަރ އަފްރަޝީމު އަލީކަމަށް ވުމީ އެއްސަބަބެވެ. އެމަނިކުފާނު ދުނިޔޭގައި ހުންނެވިނަމަ ރައީސްޔާމީނު އެރޭހަށް ނުކުތުމުގެ ފުރުޞަތު ގެއްލެއެވެ. އަނެއްކޮޅުން ސޯޝަލްމީޑިއާ އިން ރައީސްޔާމީނުގެ މައްޗަށް ތުހުމަތު ކޮށް ގިނަ ގުނަ ޕޯސްޓްތަށް ވަނީނެރެ ހާމަކޮށްފައެވެ. މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނީ އިންޞާފުވެރި ދެފުށްފެންނަ ތަޙުގީގެއް ހިންގައިގެންތާއެވެެ.

     މިވާހަކަވެސް އިހަށްބާއްވަމާ ހިނގާށެވެ.  ރައީސް ޔާމީނު އެސްޓީއޯގެ ޗެއަރ މަނެއްގެ މަގާމު ފުރުވަމުން އެސްޓީއޯގެ ނަމުގައި ރާއްޖެ ގެންނަ ފިއުލް ގެންނަން ހަމަޖެއްސީ ދައުލަތުން ވަގަށް އަށްސަތޭކަމިލިއަން ޑޮލަރު ނަންގަވައި ދައުލަތަށް އޮޅުވާލައި އަމިއްލަފުޅު ވިޔާފާރީގެތެރެއިންނެވެ. އޭގެ ތެރެއިން ރާއްޖޭގެ ބައެއް އުޅަނދުފަހަރު ބޭނުންކޮށްގެން ބޭރުގެ ގައުމުތަކަށް ތެޔޮސަޕްލައިކުރި މައްސަލައެއްވެސް ފަޅާއަރާފައިވެއެވެ. މިމައްސަލަތައް ނުބެލުމަކީ ރައީސް ޔާމީނު އެކަން ކަން ނުކުރެއްވުމެއްނޫނެވެ. އެގޮތުން އަށްސަތޭކަމިލިއަން ޑޮލަރުގެ ވަގުވިޔާފާރީގެ މައްސަލަ ފަހުން ވަނީ ދިވެހި ސަރުކާރުން ސިންގަޕޯރ ގެ އާބިޓްރޭޝަނަށް ހުށަޅައި މައްސަލަ ބަލައި ރައީސް ޔާމީނުގެ މައްޗަށް ސާބިތުވާކަމަށް އާބިޓްރޭޝަނުން ނިންމާ ބަޔާން ނެރެންއޮތް ދުވަހަކީ 2012 ވައަހަރުގެ ފެބުރުވަރީމަހުގެ 07 ވަނަ ދުވަހެވެ. އެދުވަހަކީ އެމްޑީިޕީގެ ވެރިކަންބަޣާވާތަކުން ވަައްޓާލި ދުވަހެވެ.

     އަނެއްކޮޅުން ޑޮކްޓަރ ވަޙީދުގެ ވެރިކަމުގައި ސިންގަޕޯރ ގެ އާބިޓްރޭޝަނުން ބަލާ ނިންމާފައިވާ ރައީސް ޔާމީނުގެ މައްސަލަ ދިވެހި ދައުލަތުން ދިހަމިލިއަން ޑޮލަރު ދައްކައިގެން އަނބުރާ ނެގިއެވެ. ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށް އެ ވައްކަން ސާބިތުވުމުންވެސް މައްސަލަ އޮއްބާލީ ވެސް ދައުލަތުންނެވެ.