އޮފިސަރުންގެ ޖީބު

އޮފިސަރުންގެ ޖީބު

ސާނާވީ ތައުލީމު ނިމި ރަށުން މާލެ އައިސް ވަންނަނީ ފުލުހުންގެ ވަޒީފާ އަށެވެ.  ފުރަތަމަ މަހު ލިބޭ މުސާެރައިން ސައިކަލަކާއި ފޯނެއް ލޭންދޭނަށް ނަގައެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހި ލޭންދޭނަށް ނެގި ސައިކަލާއި ފޯނަށް ފައިސާ ވެސް ދެއްކޭނެ ވަރު ނެތްތާނގައި އާއިލާ މީހަކަށް ދިއްކޮއްލާން ބައި ލާރި ވެސް ތެދުވެރި އަމާނާތް ތެރި  އޮފިސަރު އަތަކު ނޯންނާނެއެވެ.

ގައުމީ ހިދުމަތުގައި އަހަރެއް ވެދާއިރު އެ ވަފާތެރި އޮފިސަރުގެ ޖީބު ފުރި ސައިކަލުގެ ބަދަލު ނަގުދު ފައިސާ ދީ ކާރާއި އެޕާރޓްމެންޓް ފަދަ ހަރުމުދާ ގަނެލެވެއެވެ. ވަޒީފާގެ މާބޮޑު ކުރި އެރުމެއް ނެތަސް ޖީބުގެ ތަނަވަސްކަން އިތުރުވެ ދާންފަށައެވެ.

ނުހައްގު ތަނަވަސް ކަމާއި މުއްސަނދި ކަން ހޯދިގޮތް ބަލައި  ފާރަވެރިވާން އޮންނަ މުއައްސަސާގެ ވަޒީފާ އަދާ ކުރާ އޮފިސަރުން ހޯދާ ނުހައްގު ތަނަވަސްކަމާއި  މުއްސަނދި ކަމަށް ފާރަވެރިވެ ބަލާނެ ބަޔަކު ނެތްކަމީ ގައުމެއް  ހަލާކުވެދާނެ ކަމުގެ ހެއްކެވެ.

ފުލުސް އޮފީހުގެ  ސީނިޔަރ އޮފިސަރުންނާއި މުސްކުޅި ކުރެއްވި ބައެއް ސީނިޔަރ އޮފިސަރުންގެ މުދަލާއި މާލިއްޔަތު ބަލަހައްޓައި  އެ މުއައްސަސާއިން ފަރުވާތެރި ނުވާނަމަ، މަސްތުވާތަކެތީގެ ވިޔާފާރި އާއި އެހެނިހެން ވެސް އަނދިރި ވިޔަފާރި ތަކުގެ ނާޖާއިޒު ފައިދާއިން އެ އޮފިސަރުންގެ ޖީބު ތައް ފުރިދާނެ ކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

ބުނާތީ އަހަމެވެ. ކުރީގެ ސީޕީން ނާއި ސީނިޔަރ އޮފިސަރުން ބައެއް ރިސޯޓް ތަކުގެ ހިއްސާ އާއި އަމިއްލަ ސަފާރީ ބޯޓް އަދި ބައެއް ފިހާރަ ޗެއިންތަކާއި ރެސްޓޯރެންޓުތައް ހިންގަމުން ދާކަމެވެ. ފާރަވެރިވެ އެފަދަ މުދަލާއި ތަނަވަސްކަން ހޯދިގޮތާއި މެދު ރައްޔިތުން ސުވާލު އުފައްދަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ.

 ރައްޔިތުން ބުރަ މަސައްކަތުން ދައުލަތަށް ދައްކާ ޓެކުހުން  އެ ތައް ހަރަދުތަކެއް ކުރާ އިރު އެ މުއަސްސަސާއަށް  ރައްޔިތުންގެ އިތުބާރު ގެއްލިގެން ދަނީ އެ މުއައްސަސާގައި ތިބޭ މަދު ބައެއްގެ ސަބަބުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *