ސޫރިއާގެތެރެއަށް ހަތިޔާރާއެކު ޔަހޫދީން ވަދެއްޖެ

ސޫރިއާގެތެރެއަށް ހަތިޔާރާއެކު ޔަހޫދީން ވަދެއްޖެ

ދުރޫޒީންގެ ތަހުނިޔާ އާއި މަރުޙަބާ ކިޔުންތާކާއެކު އިޒްރޭލުގެ އިސްތިއުމާރީ ސިފައިންގެ ގިނަ އަދަދެއްގެ ސިފައިންތަކެއް ސޫރިއާގެ ދެކުނުގެ ސަރަހައްދަށް ހަތިޔާރާއި އެކު ވަދެފިއެވެ.

ސޫރިޔާގެ މިހާރުގެ ޙާލަތު

  ސޫރިޔާގެ ސިފައިންނާއި ސަލާމަތީ ބާރުތައް ސްވެއިދާއިން މުޅިން ނުކުމެފައި ވާއިރު، ތުރުކީގެ ޕްރޮކްސީ މިލިޝިއާ އެނބުރި އައިސް ސްވެއިދާ ސިޓީގެ ކޮންޓްރޯލް ވަނީ ނަގައިފި..

މިހާރު މިލިޝިއާތަކުން ދަނީ ހަތިޔާރާއި އެކު ސޫރިޔާގެ މުސްލިމު ބަދަވީންގެ ޤަބީލާ އަށް ނިސްބަތްވާ މުސްލިމުންގެ  ގެދޮރު އަންދައި، އެމީހުންނަށް ލާއިންސާނީ އަނިޔާތައް ދޭން ފަށާފަ..

އިސްރާއީލު ސިފައިން ސޫރިޔާގެ ތެރެއަށް މި ވަދެގަތީ އެޤައުމުގައި ތިބި ޔަހޫދީ ދަރިކޮޅު ސޫރިޔާގެ ބިމުން ނެރެލުމަށް ގޮވާލައި މިއަދު މުޒާހަރާ ވެސް ކޮށްފައި ވަނިކޮށެވެ. އަނެއްކޮޅުން މިއަދު އެޤައުމުގެ ރައީސް ޖޫލާނީ (މިހާރުގެ ރަސްމީ ނަމުންނަމަ ރައީސް އަލް-ޝަރާޢު) ވަނީ އިސްރާއީލަށް ނުސީދާ އިންޒާރެއްވެސް ދީފައެވެ. އެ އިންޒާރާއި އެކުއެކީ އޭނާ ވަނީ ސޫރިއާގެ ސްވައިދާގައި ތިބި ޔަހޫދީންނާއި ގުޅުން އޮންނަ ދުރޫޒީންނަށް ފުރިހަމަ ޙިމާޔަތް ވެސް ދީފިކަން އިޢުލާން ކޮށްފައެވެ. ދުރޫޒީންގެ އެތައް ބަޔަކު އިސްރާއީލުގެ އަސްކަރިއްޔާގެ ސީނިއާ މަޤާމުތަކުގައި ވެސް އެބަތިއްބެވެ.

Leave a Reply

Your email address will not be published. Required fields are marked *