މޯލްޑިވްސް 2.0 ތަ ނޫނީ ޒީރޯ ޕޮއޮންޓް ޓު ތަ؟
ޓޫޕޮއިންޓް ޒީރޯ ނުވަތަ ޕޮއިންޓް ޒީރޯ ހެއްޔެވެ؟
ޒަމާނާއި އެއްގޮތައް ވެރިކަން ހިންގާ ވިއުގައަކުން ދައުލަތުގެ މުއައްސަަސާތައް ގުޅައިލާ ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެ ވަޒީފާ އަދާ ކުރާނެ ގޮތް ހޯދައިދިނުން ފަދަ ޗާލާ ހުވަފެންތައް ދެއްކުވުމަކީ ދޮޅު ބުރާންތި ވެރިންގެ ހުވަފެނަކަށް ވެދާނެއެވެ.
ރާއްޖެ ތަރައްގީވެ ރައްޔިތުންނަށް ޒަމާނާއި އެކަށޭނެ އާއްމްދަނީ ލިބި ފުއްދުންތެރި ވެއްޖެހެެއްޔެވެ؟ ޒާމާނާއި އެއްގޮތަށް ހެދުން އަޅާ އެންމެ ފަހުގެ ސައިކަލާއި މޮބައިލް ފޯނު ގެންގުޅުން އެއީ ފުއްދުންތެރިވެ ތަނަވަސް ވުން ހެއްޔެވެ؟ ދުވަހުން ދުވަހަށް ދަނީ ދިރިއުޅުމުގެ ފެންވަރު ދަށަށެވެ. ވަޒީފާ އަށް ގުއިދަޅުވެ މަކަރު ހެދުމާއި ދެންވެސް އޮތް ގޮތަކުން ވަޒީފާ އަށް ނުނުކުމެ ވޭތޯ ބަލައި ސަގާފަތެއް އަށަގަނެފައިވާ ޖީލަކަށް ގޭގައި ތިބެ ވަޒީފާ އަދާ ކުރެވިދާނެ ކަމަށް ސަރުކާރުން ދެކުނަސް އާއްމު ދިރިއުޅުމުގެ ހާލަތާމެދު ސަރުކާރުން ވިސްނާލުން ބުއްދިވެރިއެވެ.
ދިރިއުޅޭނެ ބޯހިޔާވެހިކަމެއް ނެތި ކުޑަކުޑަ ކޮޓަރިގަނޑެއްގައި 3 ދަރިންނާއި އަންބަކާ މައިދާތަ އާއި ބަފާބެ ގޮވައިގެން ދިރިއުޅޭ އާއްމު ރައްޔިތުމީހާ ގޭގައި ހުރެ ވަޒީފާ އަދާކުރާނެ ގޮތް ނޭނގޭ ވެރިން އެތިބީ ހަމަ ރަނގަޅަށްވެސް ދޮޅު ރޯނާވެފައެވެ. ހަމަ ރަނގަޅަށްވެސް ދޭއް ޕޮއިންޓް ސުމަކަށްވެފައެވެ.ނުވަތަ އެފަދަ ވެރިންގެ ބުއްދިފިލާ ގޮސް ބުއްދި ޕޮއިންޓް ސުމަކަށް ޖެހިލާފައެވެ.
ރައްޔިތުންނަށް ހިދުމަތްދޭ ތެދުވެރި ސަރުކާރު މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތު ސަރުކާރު ހިންގާ ވެރިންނަށް ވިސްނި ތަހަންމަލު ނުކުރެވި ތިބެ ޕޮއިންޓް ޒީރޯގެ ނަމުގައި ސަރުކާރު ވަޒީފާ ގައި ތިބި އާދައިގެ މުއައްޒަފުންނަށް މަލާމަތް ރައްދުވާފަދަ ބީދައިން ވެރިން ނިންމާ ނިންމުންތަކަކީ ހަމަ އެ ވެރިންގެ ބުއްދި ޕޮއިންޓް ޒީރޯ ވެފައި ތިބިކަން ދޭހަކޮށްދޭ މިންވަރެވެ.
ސަރުކާރު ވަޒީފާ އަދާކުރާ ކާތިބާ އާއި ސެކްރެޓަރީ ދިރިއުޅެމުންދާ ނިކަމެތި ހާލަތާއި މެދު ހަމަ ލޮލަކުން ބަލާ ހަމަ ބުއްދި އަކުން ވިސްނާނަމަ ގައުމު ޕޮއިންޓް ޒީރޯ އަށް ވިސްނުމަށް ވުރެ ކުރީން ވިސްނިގަންނާން ވީ ނިކަމެތި ކާތިބު މީހާގެ އާއްމު ހާލަތަށެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހި މަހުންމަހަށް ކަރަންޓާއި ފެންބިލް ނުދެއްކި ބިލްތައް ރަތްވާ ހިސާބުން ކޮންމެވެސް ތިމާގެ ނުވަތަ ރަހުމަތްތެރިއެއްގެ އަތުން ލޭންދޭނަށް ނަގާ ފައިސާކޮޅަކުން އެއްމަހު ބިލްތައް ދެއްކުމަށް ފަހު ބަނޑުފުރާނަ މުއްތިކުރާނެ ވަރުގެ ތަނަވަސް ކަމެއް ނެއްކަން ދެނެގަނެވެންޖެހެއެވެ.
ސަރުކާރު ހިންގާ ވެރީން ގެ ލޮލަުން ހަމަ ފިޔަ އެއް ޖަހާނުލާ ބަލަނީ ރައްޔިތުން އާއްމު ދަނީ ހޯދާން ކުރާ ކޮންމެ ހަލާލު މަސައްކަތެއް ވިއްޔާ ސަރުކާރުން ކުރުމަށެވެ. ރައްޔިތު މީހާ ސަރުކާރުގެ ވަޒީފާ ނިންމުމަށް ފަހު ލިބޭ ހުސްވަގުތު ކޮޅުގައި ކުރަމުން އަދި ދެމުން ދިޔަ ޓެކްސީ ހިދުމަތް ވެސް ސަރުކާރުން ވަދެގަނެ، އެ މަސައްކަތް ފެށުމުގެ މައި ގަނޑު މަގްސަދަކީ ރައްޔިތު މީހާ ބިކަ ކޮށް އެބުނާ ޕޮއިންޓް ޒީރޯ ކޮއްލުމުގެ ނިޔަތުގައިއެވެ. ނުވަތަ އެ ވުޒާރާ ހިންގަވާން ތިއްބެވި ވެރިންނަށް ލިބިދޭނެ ހައްގުނޫން ތަނަވަސް ކަމެއްގެ ދަހިވެތި ކަމުގައި އޭ ވެސް ކިޔާތީ އިވެއެވެ.
ސަރުކާރަށް ފާޑު ކިޔުން ކުށަކައް ވެދާނެ އެވެ . ނަމަވެސް ހަގީގާތާއި އެތްގޮތައް އާއްމު ރައްޔިތުން އަދު ދިރިއުޅެމުންދާ ހާލާތާ މެދު ވިސްނާ ހާމަ ކުރުން އެއީ ކުށެއް ކަމަށް ސަރުކާރު ގެ ވަފާދާރުން ނިންމިއަސް މާލޭގެ މަގުތަކުގައި ޕޮއިންޓް ޒީރޯ ވެ ބެންޑްވަމުންދާ ޒުވާނުން ދުވަހުންދުވަހަށް ގިނަ ވަމުންދާ މަަންޒަރަކީ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތުގެ މައި ސަބަބެވެ.
ތެދެކެވެ. ސަރުކާރުގެ ވެރިންނާއި ސިޔާސީ މަގާމުތައް ފުރުއްވާ ބޭބޭފުޅުންނާއި ބޭކަނބަލުންނަށް މޭޒު ދަށުން ލިބޭ އިނާޔަތް ތަކުން ހަރަދުކޮށް އިތުރު ކުރެވިދާނެ ކަމާމެދު ޝައްކެއްނެތެވެ. ހަމަ އެފަދައިން މާލޭގެ ގަދަރުވެރި ބޭފުޅު އާއިލާތަކުގެ ދަރިފަސްކޮޅުން ވާރުތަވާ ތަނަވަސްކަން ލިބޭ ބޭފުޅުންނަށް ވެސް އެބުނާ ޓޫ ޕޮއިންޓް ޒީރޯ ގައި އުޅެވިދާނެއެވެ.
ސަރުކާރު ހަމަ ރަނގަޅަވެސް ޕޮއިންޓް ޒީރޯ ވެއްޖެއެވެ.
