އިއްޔެ ތަޅައިމެރީ އަހަރެމެންގެ ޖީލު

އިއްޔެ ތަޅާމެރީ އަހަރެމެނެްގެ ޖީލެވެ. އަހަރެން މަގުމައްޗައް ނިކުތީ އޭރުގެ ސަރުކާރުން ކުރާ އަނިޔާ ބޮޑުވެ ވާނުވާ ނޭނގި ރައްޓެހިން ރަހްމަތްތެރިން އެތަކެއް މަސްތަކެއްް ވަންދެން ހޭ ވެސް އަާނުލާ  ޖަލުތަކުގައި ބަންދު ކޮށް އަނިޔާ ކުރާތީއެވެ. އޭރުގެ އަނިޔާގެ މޭސްތެރިޔާ އާދަމް ޒާހިރު ގެ އަނިޔާވެރިކަމުން ފިލާވަޅު ލިިބި އެ އަނިޔާ ކުރާން ދަސްކުރި އެދުވަހުގެ ތަހްގީގީ ޓީމު ތަކުގައި އަނިޔާވެރިވާން ތިބި ޖޫނިޔާ އޮފިސަރުން މިއަދު ކޮމިޝަނަރުންނަށް ވީމާ އެ އަނިޔާ ވެރިކަން އިހު ކުރި ވަރަށް ވުރެން ގަދަވާނެކަން މި ސަރުކާރުން ސިފަ ކޮށްދިނީ ޒުވާނުން ގެ މުޒާހަރާއިންނެވެ.

މި މަންޒަރުތައް ތަކުރާރުވާކަށް ދިވެހިން ނޭދެއެވެ.

އަހަރެންގެ ވެސް ފުރާވަރު އަންހެން ދަރިއެއް ހުރުމުން އަހަރެނެްގެ ލަނގޮޑިއަށް  ފުލުހުން ކުރާ އަނިޔާ ބަލާން ކެތް ނުކުރެވޭ  ފަދައިން ކޮންމެ ބަފައެއްގެ އަދި މައެއްގެ ހިތުގައި  އަނިޔާގެ  ވޭނާއި ރިހުމާއި އެ އަނިޔާގެ ހަސަދަ އުފެދެނެ އެވެ. މިއީ ހަމަ އެކަނި ސަރުކާރުގެ ސިޔާސީ ވެރިންގެ ގައުމެއް ނޫނެވެ. އަދި ސަރުކާރަށް ތާއިދު ކުރާ މަދު ބައެއްގެ ވެސް އެކަނި ގައުމެއް ނޫނެވެ.

މަދާމަ އަހަރެމެން ވެސް އެ ޒުވާނުން ކުރާ މުޒާހަރާ އަށް ތާއިދު ކޮށް ކޮންމެ ބައްޕަޔަކާއި މަންަމަ އަކާއި ބޭބެ އާއި ދައްތަ “އާނދޮގޭ” ކިޔާ މަގު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާން ފެށުމުން ގައުމުގެ އަސްކަރިއްޔާ އަށާއި ފުލުހުންނަށް މައިތިރި ކުރެވޭނެ ހެއްޔެވެ؟ ރާއްޖެ ވަޅުޖެހި ދަރަނިވެރިވެފައިވާ އިގްތިސާދު ހިފެހެއްޓިދާނެ ހެއްޔެވެ؟ 

ޑިމޮކްރަސީ އަކީ ކޮބާ ހެއްޔެވެ. ރައްކާތެރި ކަމާއި ހިދުމަތް ދިނުމަކީ ކޮބާ ހެއްޔެވެ؟

އަހަރެމެންގެ ދަރިންގެ ހައްގުގައި އަނެއްކާވެސް މަގުމަތި ހިޔާރު ކުރާން މަޖްބޫރު ކުރުވީ ސަރުކާރުގެ ވެރިން ނެވެ . މިއީ އަނިޔާ  ކުރާ މަންޒަރު ފެނުމުން ހިތުގައި އުފެދޭ އަނިޔާވެރިކަމާއކ ދެކޮޅު ކެކުޅުން ތަކެވެ.

 އަދިވެސް އަހަރެންގެ ވާއަތުގެ ބޮޑިވައި އިނގި ލަންބާލިލަންބާލުމުން ހުޅުންނެއްޓި ދިޔަ ހަނދާނާއި ވައަތު ބޮޑުވައި އިނގީލީގައި ވޭން އަޅައެވެ. އެވޭނަކީ އަނިޔާ އަށްހަނުހުރެވޭނެ ވޭނެއް ނޫނެވެ.