މަޙަލްދީބުގެ ސަރުކާރު ވަގުންގެ ހާއްޔަކަށް
އިންތިޚާބު ކުރި ރައީސްމީހާ އަކީ ވައްކަން ކުރުމުގެ ރޮގުން ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ވަގެއްކަން މަޙަލްދީބުގެ ރައްޔިތުން ނަށް އެނގުނީ އެ ވެރިކަމަށް ދޮޅުއަހަރުވީ ތަނާއެވެ. މަހަލްދީބުގެ ގާނޫނުތައްބުނާ ގޮތުން ވައްކަން ކޮށް މަކަރާއި ހީލަތްހަދާ ވެރިންގެ މައްޗަށް ދަޢުވާ ކުރުމުގެ ޙައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެން ވެއެވެ. އެހެނަސް ރައްޔިތުން ނުވިސްނާ ތިއްބާ ގާނޫނު އަސާސީ އިން އެގައުމުގެ ރައްޔިތުންނަށް ލިބިދީފައިވާ ގާނޫނީ އެންމެހައި ޙައްގުތައް ވަގުންގެ ރައީސް ވަނީ އަތަށް ނަންގަވާފައެވެ. އެހެން ކަމުން މަހަލްދީބުގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ޚިލާފުވެފައިވާ ރައީސް ގެ މައްޗަށް ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ކުށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް ފިޔަވަޅު އެޅޭނެ ގޮތެއްނެތެވެ.
މަޙަލްދީބުގެ ސަރުކާރު ހިންގުމާއި އެގައުމުގެ ރައްޔިތުން ޙަވާލު ކުރި ރައީސް މީހާގެ ވަގު އެޖެންޑާގެ ދަށުން އެގައުމުގެ ޢަދުލު އިންޞާފު ގާއިމް ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ހިސާރު ކޮށް މިދެންނެވި ރައީސްމީހާ ކުރައްވާ ވައްކަމާއި ހިންގަވާ ޚިޔާނާތާއި ނަންގަވާ ރިޝްވަތާއި ހިންގަވާ ފަސާދައިގެ މައްސަލަތައް ބެލޭނޭ އެެއްވެސް ބާރެއް ރައްޔިތުންގެ ކިބަަޔަކު ނެތެވެ. އެހެނަސް މަހަލްދީބުގެ ސޯޝަލްމީޑިޔާގެ ހުޝިޔާރުކަމުން މިދެންނެވި ވަގުރައީސްގެ އެތައްވައްކަމެއް ފަޅާއަރުވާލިއެވެ. މިކަން ވެގެން ދިޔައީ މަޙަލްދީބުގެ ރައީސްމީހާއާއި އޭނާއާއި އެކު ވައްކަން ކުރަމުންދިޔަ އޭނާގެ ޢައުވާނުންގެ ހަޖަމް ނުބައިވެގެން ދިޔަ ސަބަބަކަށެވެ.
ރައީސްމީހާއާއި އޭނާގެ އަޢުވާނުންގެ ސައްލާތަކަކަށްފަހު މަހަލްދީބުގެ ދައުލަތް ލޫޓުވަމުން ދިޔަ ދިއުން ސިއްރުކުރުމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލަން މަޖުބޫރު ވިއެވެ. އެ މާސްޓަރ ޕްލޭންވެސް ރޭވީ ވަރަށް ވަގުގޮތަކަށެވެ. ކޮންމެއަކަސް މަހަލްދީބުގެ ރައްޔިތުންނަށް އެގައުމުގެ ގާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމަށް އަރައިގަނެވޭނޭ ފަދަ ގާނޫނެއް ގާނޫނުއަސާސީ އާއި ޚިލާފަށް ވުޖޫދު ކޮށްފިއެވެ. އެހެން ކަމާއެކު މަހަލްދީބުގެ ރައްޔިތުން އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ހޯދައި އެގައުމުގެ ވަގުންފާސްކުރި ޣައިރު ގާނޫނީ ބިލާއި ދެކޮޅަށް ނުކުމެ ފަރުދީ ގޮތުންނާއި ބައިނަލް އަގުވާމީ ފަރާތްތަކާއި ގުޅިގެން ކުރިމަސައްކަތުގެ ސަބަބުން ސަރުކާރަށް ޕްރެޝަރު އައިސް އެބިލް ސަސްޕެންޑުވެ އޭގެ ފައިދާ ސަރުކާރަށް ލިބޭނެ ގޮތެއްނުވިއެވެ.
މަހަލްދީބުގެ ރައްޔިތުންނަކީ ވަރަށް ހުށިޔާރު ބައެކެވެ. ރައްޔިތުންގެ ތެރޭގައި ވެސް ގޭންގު ވަގުން އުޅޭއިރު އެމީހުންނަކީ ހުސާނޭ ކިޔާ މިނިސްޓަރުގެ ބޯއީސް އިންނެވެ. ތަންތަނަށް ގެންދާ ފައިސާތައް ފޭރުމުގައި ވެސް މި ގޭންގުތައް ހަރަކާތްތެރި ވިޔަސް މިނިސްޓަރު ހުސާނޭ ހުއްޓައި އެއްވެސް މީހަކު ބިޑިއެއް ނާޅާނެ ކަމަށް ހުސާނޭ ވަނީ ބުނެފައެވެ. ސަބަބަކީ ހުސާނޭ އަށް ބައިއަޅާ މަތިންނެވެ.
މަހަލްދީބުގެ ރައީސްގެ ވަގު އެޖެންޑާ ވަރަށް ތަފުޞީލުކޮށް އެގައުމުގެ ރައްޔިތުން ގެންދަނީ ހާމަކޮށް ބޭޒާރު ކުރަމުންނެވެ. މަހަލްދީބުގެ ސަރުކާރާއި ހަވާލުވެތިބި ވަގުންނަކީ ވަރަށް ގޮތް ކުޑަ ގޮތެއް ފޮތެއްނެތް ބައެކެވެ. މަހަލްދީބުގެ ސަރުކާރާއި ޙަވާލުވެ ތިބި ވެރިން އެ ގައުމުގެ ދައުލަތް ލޫޓުވަމުން ދަނީ ރައްޔިތުންގެ ހިތްތަކަށް ކުޅަދާނަވާ މިންވަރަކަށް ނޫނެވެ. އެހެން ކަމާއެކު އެގައުމުގެ ރައްޔިތުން ރާވަމުން ދަނީ މަގުމަތިން ވިޔަސް މަހަލްދީބުގެ ވެރިކަން ވައްޓާލުމަށެވެ. ވާނީވެސް އެހެންތާއެވެ. ސަރުކާރު ހިނގަނީ ގޭންގު ހިންގާހެން ގާނޫނާއި ގަވާޢިދަކަށް ބެލުމެއް ނެތި ހިތު ހުރި ގޮތަކަށެވެ.
އަނެއްކޮޅުން މަހަލްދީބުގެ ރައީސްމީހާ ރައްޔިތުންގެ ގާތަށް ގޮސް ދޮގުހަދަނީ ވެސް ހިތަށް ކުޅަދާނަ މިންވަރަކަށް ނޫނެވެ. މީހުން ބުނާހެން ދޮގުހަދަމުން ހަދަމުން ގޮސް ވަކި މިންވަރަކަށް ދޮގު ހެދުން އިތުރުވެއްޖެ ނަމަ ރައްޔިތުންނަށް އެދޮގުތަކުގެ އަޑު އިވިއިވި އެދޮގުތައް ތެދުކަމަށް ގަބޫލު ކުރެވޭ ތަންވެސް އަތުވެ ދެއެވެ. ނަމުގެ ކުރިޔަށް މާތް ނަމެއް ލިޔަސް އެ ރައީސް އަކީ ދޮގުހެދުމުގައި އަރާހުރި ދައްޖާލެކެވެ.
މަހަލް ދީބުގެ ރައީސް ވައްތަރީ އޯޓިޒަމް ހުންނަ ރައީސަކާއެވެ. މާޒީވެ ދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އަދި އެންމެ ތެދެއްވެސް އެމަނިކުފާނު ނުހައްދަވައެވެ. ދޮގު ހެދުމާއި ފޮނި ކެނޑުމަކީ އެމަނިކުފާނުގެ ހޮބީއެވެ. އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެހިތްތައް ފަތަޙަކުރައްވަނީ ރަށްޔިތުން އެއިރަކު އެންމެ ބޭނުންވާނެ ހެންހީވާ ކަންކަން ކޮށްދެއްވާނޭ ކަމުގެ ހުވަފެން ދައްކަވައިގެންނެވެ.
މަހަލްދީބުގެރައީސް އުޅުއްވަނީ އެގައުމުގެ އަނެއް ދެބާރުގައި ހިމެނޭ އެންމެންގެ ކަރުގައި ވާޖަހައިގެންނެވެ. ރިޝްވަތު ބަހައި ގައުމު ބަނޑު ދަށުލައިގެންނެވެ. ދޮގުހައްދަވަނީ ނިތްކުރިއަށް ރުލެއްވެސް އަރުވާ ނުލައެވެ. ރައްޔިތުން ގަބޫލު ކުރިއަސް ނުކުރިއަސް އެމަނިކުފާނު ދުވާލުގެ އިރުދައްކަވާ އެއީ ހަނދޭވެސް ބުނެފާނެއެވެ. ވެރިޔެއްގެ ސިކުނޑި ގޮވާނީ މިހާވަރަށްތާއެވެ. މިއީ މީހުން އެބުނާހެން ދެބަންދިހާރުވެފައި ހުންނެވި ރައީސެކެވެ.
