ސިގިރޭޓުގެ ޑިއުޓީ ބޮޑުކުރީ އެތެރެކުރާ މީހުންނާއެކު ޑީލް ހަދައި 80 މިލިއަން ރުފިޔާ ނެގުމަށްފަހު ކަމަށް އެބަބުނޭ، ހަގީގަތަކީ ކޮބާ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ އެމަނިކުފާނު ނުހަނު ބޭނުންފުޅުވާ ކަމެއް ކަމަށެވެ. ދިވެހި ޅަދަރިން ދުންފަތުގެ ނުރަނގަޅު އާދައިގެ ތެރެއަށް ދޫކޮށްލައިގެން ސަރުކާރެއް އޮންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މީގެ ފަހަތުގައި އޮތީ އެހެންކަމެކެވެ.
ރާއްޖޭގެ އާބާދީގެ %70 ޕަސެންޓް ރައްޔިތުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ ހިފާފައިވާ ރައްޔިތުންކަމަށް ވުމުން ރާއްޖެއަށް އެންމެގިނައިން ސިނގިރޭޓް އެތެރެ ކުރާ ދެފަރާތާއެކު މި ސަރުކާރުން ފައިސާ ހޯދުމަށްޓަކައި ހެދީ ޑިލެއް ކަމަށް އެބަ ބުނެއެވެ. ޑީލަކީ، ސިގިރޭޓް އެތެރެކުރާ މީހުންނަށް ސިގިރޭޓް ވިއްކައިގެން ލިބޭ އާމްދަނީ ބޮޑުކުރުމެވެ. އަދި އޭގެތެރެއިން ވެރީންނަށް ބައި އެޅުމެވެ. އެ ޑީލްގެ ދަށުން ސިގިރޭޓް ގެ ޑިއުޑީ ބޮޑުކޮށްފައިވަނީ އަށްޑިހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ މަޖިލީހުގެ މެންބަރުންނަށާއި ދައުލަތުގެ އެންމެ އިސް ވެރިޔާއަށް އަށް ބައި އެޅިގެން ކަމަށް ސިޔާސީ ފަރާތް ތަކުން އެދަނީ ބުނަމުންނެވެ.
ޒުވާނުންގެ މައްޗަށް އެއްވެސް ރަޙުމެއް ކުލުނެއްނެތި ވެރިންގެ އަމިއްލަ ފައިދާއަށްޓަކާ މިވަރުގެ ޖަރީމާއެއް ހިންގާފައިވާ ސަރުކާރެއް ވައްކަމާ ޚިޔާނާތުން ބަރީއަ ވާނެހެއްޔޭ ބުނާ މީހުން ވެސް އުޅެއެވެ. މިސަރުކާރުގެ ކުންފުނިތައް ދަތްއަޅައި ކަމުން އެދަނީ ދައުލަތުގެ އެންމެ އިސް ވެރިޔާ އަޑީގައި ހުންނަވާ އެމަނިކުފާނަށާއި ދައުލަތުގެ ބާރުގަދަ އެތަކެއް ވެރިންނަށް ބައިއެޅިގެން ކަން ސޯޝަލް މީޑިއާއަށް ބައެއް ސިޔާސީ ވެރިން ދެއްވާފައިވާ ބަސްދީގަތުން ތަކުން ހާމަވެއޭ ބުނާ މީހުން ވެސް އުޅެއެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ދޮރު ބަންދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ގޯސް ނިންމެވުމެއް ނޫނެވެ.
އެއްބަޔަކު ބުނަނީ ވައްކަން ކުރުމަށްޓަކާ ދައުލަތުގެ ބާރުތައް އެވަނީ ޕެރަލައި ކޮށްލާފައެވެ. ދައުލަތުގެ ދަރަނި ބޮޑުވަމުން އެދަނީ މި ސަރުކާރުން ރައްޔިތުންގެ ޙައްގަށް އިޙުތުރާމު ކުރުމެއްނެތި ވެރިންގެ އަމިއްލަ ފައިދާއަށްޓަކައި ދައުލަތުގެ ފައިސާ އެކި ގޮތްގޮތަށް ބޭނުން ކުރަމުން ދާތީއެވެ. މިއީ އެއްބަޔަކު ބުނާ ވާހަކަތަކެވެ.
ކޮންމެޔަކަސް، ދައުލަތުގެ ދަރަނި ބޮޑުވަނީ މި ސަރުކާރުން ދިވެހި ކޮންރައްޔިތަކަށް ކޯއްޗެއްދީގެންތޯ ސުވާލު ކޮށްލުމަކީ ނެތް ކަމެއް ނޫނެވެ. ފައިސާ ޗާޕު ނުކޮށް މިގައުމުގެ ދަރަނި ފިލުވައިދޭނެ ކަމަށް ވިދާޅު ވެ ރައީސް ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު މިއަދު އެމަނިކުފާނު ހަނދުމަފުޅު އެބަހުރި ހެއްޔެވެ؟
ދައުކަތުގެ ޚަރަދު މިދާގޮތަށް ބޮޑުވަމުންދާނަމަ އެއްވެސް ރައްޔިތަކަށް ކުރިމަގުގައި ހަމަނޭވާ ލައިގެން މިގައުމުގައި ދިރިއެއް ނުއުޅެވޭނެއެވެ.
