ޖަންގަލީ ގާނޫނު
ޖަންގަލީ ގާނޫނެވެ. އަދުލު އިންސާފު ނެތިދިޔަ ކަމުގެ ދަލީލެކެވެ. ރައްޔިތުން ގެ އިތުބާރު ސަރުކާރަށް ބީވެ ދިއައީއެވެ. ދާޚިލީ ވުޒާރާ ގެ ވެރިޔާ ދެކަމު އެއްފަހަރާ ދެވުމުން ދެން ނުކުންނާނެ ނުވަތަ ނުކުމެދާނެ ފަދަ ނަތީޖާ ތައް ފެންމަތި ވާން ފެށީއެވެ.
އިޖްތިމާއީ ފޭރާން ފިދި ޖަންގަލީ ގާނޫނު އޭގެ ޒާތުގައި ހުކޫމާތު އިއްވާ ހިންގާން އެފެށީ ރޯމާ ދުވާލު ފުރަމާލޭ ގައިއެވެ.
ވާނީވެސް އެހެންނެވެ. މުސްކުޅިން ބުނެ އުޅެއެވެ. “އަދަބަށް ފަރުވާ ނުބަހައްޓާ އަހްލާގީ ކުށްވެރިންނަކީ އަދި މާ ނުރަގަޅު ހުތުރު އަހުލާގެއްގެ ވެރިން ކަމަށެވެ.
ގާނޫނު ތަކަށާއި ގަވާއިދު ތަކަށް ވެރިންގެ ހުތުރު އަތް ބާނަންވެއްޖެނަމަ ސުލްހަމަސަަލައްކަން ގެއްލި އިހްތިރާމް ކުރުމާއި ކިޔަމަންތެރިވެ އުސޫލް ތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުން ނެތި ގޮސް ގައުމިއްޔަތު ފުނޑި ނިމިދާނެއެވެ.
ރައްޔިތުން ވެރިންނާއި ހަވާލު ކުރާ ޒިންމާ ވެރިން އަދާ ނުކުރާނަމަ ނުވަތަ އެ ވެރިއަކު ހިތަށްއަރާ ގޮތަކަށް ރައްޔިތުންނާއި މެދު ކަންކުރާނަމަ ދާދި އަވަހަށް އެ ވެރިއަކަށް ކުރެވުނު ނުރަނގަޅު ކަންކަމުގެ ދެރައާއި ގެއްލުން އެ ވެރިއަކު ބޮލުއެޅޭނެއެވެ.
ބުނާތީ އިވެއެވެ. ވެރިކަން ހިންގަނީ އިހަށް އެދުރު ދެއްކި ގޮތަށް ފަހުން އެދުރު ކަންކުރާނީއެވެ ބުނާ ގޮތަށެވެ. ވެރިންނަށް ގާނޫނެއް ގަވާއިދެއް ނެތްކަމަށް ދެކި ބައެއް ރަސްރަސްކަލުންގެ ރަސްކަން ކުޅަގޮތަށެވެ. ހިތު ހުރިގޮތަކަށޭވެސް ބުނެވިދާނެއެވެ.
އަދުލު އިންސާފަށް ވެރިން އަތްބާނައި ފަނޑިޔާރުން ދެދަޅައްް ބަދަލު ކުރާނަމަ އެ ވެރިއަކަށް އެހުރެވެނީ އަހްލާގީ ކުއްވެރިއަކަށް ވެވިފައެވެ. ރައްޔިތުންގެ އިތުބާރާއި ލޯބި ކުޑަވުމުގެ ސަބަބުން ވެރިންގެ ނުފޫޒާއި ބާރު ތިލަކޮށް ރައްޔިތުމީހާ ބިރު ނަގުވާން ކުރާކަންކަމެވެ
