ވޮޑަމުލު ރާއްޖޭގެ ގޮހޮރުޒައީމުގެ ވާހަކަ

ވޮޑަމުލު ރާއްޖޭގެ ގޮހޮރުޒައީމުގެ ވާހަކަ

ވޮޑަމުލު ރާއްޖެއަކީ ހިންދޫ ކަނޑުތެރޭގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އާބާދީ ކުޑަ ގައުމެކެވެ. އެގައުމުގެ ރައްޔިތުންނަކީ އިސްލާމް ދީން ގަބޫލުކޮށްގެން ތިބި ބައެއް ކަމަށް ބުނެވެއެވެ. އެހެން ކަމުން ވޮޑަމުލު ރާއްޖޭގެ ރައްޔިތުންނަކީ ﷲ ނުރުއްސަވާ ކަންކަމުން ދުރުހެލިވެ ތަގުވާވެރި ވުމަށް ހިތްވަރުދޭ ބައެއް ކަމަށް ވެސް ބުނެވެއެވެ. އެހެނަސް ވޮޑަމުލު ރާއްޖޭގެ ރައްޔިތުންނަކީ ސިޔާސީ ވިސްނުންތަކާއި ދުރު ބައެއް ކަމަށްވެސް ބުނެވެއެވެ. އެހެނީ އެރާއްޖޭގައި ކުރިން ކުރަމުންދިޔަ ރަސްކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އަޚުވެތި ކުރުވާފައި އޮތުމުގެ ސަބަބުން އެރާއްޖޭގެ ރައްޔިތުންގެ ކިބައިން މިދެންނެވި އަޅުވެތި ކަމުގެ އާދަތައް ފިލައިގެން ނުދެއެވެ.

ހާހާއިި ނުވަސަތޭކަ ފަސްދޮޅަސް ފަސްވައަހަރު ވޮޑަމުލު ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމު ނިމި ޖުމުހޫރީ ނިޒާމެއް ފެށުނެވެ. އެހެނަސް އެނިޒާމަކީ ވެސް ރަސްކަމުގެ ނިޒާމުގެ ތެރެއިން އުފަންވި ނިޒާމަކަށް ވުމުން އެރާއްޖޭގެ ބޯދާ ރަސްކަމުގެ ނިޒާމުގެ އާދަ ކާދަތަކާއި ވައްޓަފާޅި އަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ހާހާއި ނުވަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުން ފެށިގެންވެސް ވޮޑަމުލު ރާއަޖޭގެ ރައީސުން ތުރުކުރައްވަމުން ގެންދެވީ އެރާއްޖޭގެ ރަސްކަލުން ރަސްކަން ކުރެއްވުމަށް އެބޭފުޅުންގެ ހަށިކޮޅަށް ހެޔޮވަރުކޮށް ފައްސަވާފައި ކޯޓުކޮޅުގެ މިންތަކަށް އެެއްވެސް ބަދަލެއް ނުގެންވައެވެ. ވޮޑަމުލު ރާއްޖޭގެ ގާނޫނު އަސާސީ އަކީވެސް އެރާއްޖޭގެ ރައްޔިތުން އަޅުވެތިކަމުގެ ތެރޭގައި ގެންގުޅެވޭގޮށް ތައްޔާރު ކުރެވިފައިވާ ގާނޫނުއަސާސީ އެކެވެ.

ޒަމާންތައް ބަދަލުވެ ދުނިޔެ ހޭލަމުންދާ ފަދައިން ވޮޑަމުލު ރާއްޖޭގެ ރައްޔިތުންވެސް ނިދިން ހޭލުމުގެ ކޮޅުމަތި ފެންނާން ފެށުނެވެ. އެގޮތުން އެރާއްޖޭގެ މަދުބަޔަކަށް އެރާއްޖޭގައި ކުރިން ވެރިކަން ކުރި ސިސްޓަމް ރަނގަޅެއް ނުވިއެވެ. އެހެން ކަމާއެކު ވޮޑަމުލު ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނުނު ހެޔޮވިސްނޭ ބަޔެއްގެ ފަހަތައް އެރާއްޖޭގެ ރައްޔިތުން އަރައި މިދެންނެވި ކުރީގެ ގާނޫނުއަސާސީ އުލުބޭންދިއެވެ. އެހެނަސް ރައްޔިތުން އަޅުވެތި ކުރުމުގެ ސަގާފަތެއް ބިނާވެ ޒަމާންތަކެއް ވަންދެން ދެމި އޮތް ގައުމެއް ކުށްލިއަކަށް ހެޔޮފާލަށް އެޅުވުމަކީ ފަސޭހަ ކަމަކަށް ނުވާނެތާއެވެ.

ވޮޑަމުލު ރާއްޖޭގައި އެންމެފަހުން ރިޔާސީ އިންތިޚާބު ބޭއްވުނީ ހާހާއި ނުވަސަތޭކަ ތޭވީސްވަނަ އަހަރު އެވެ. އެއަހަރު އެރާޖޭގެ ވެރިކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރޭގައި ގޮހޮރުމުއީޒު ކިޔާ ރައްޔިތަކު ހިމެނުނެވެ. ގޮހޮރުމުއީޒަކީ ލޫޓުވައިގެން ކެއުމުގެ ރޮނގުން ޑޮކްޓަރޭޓް ކަން ޙާޞިލް ކޮށްގެން ހުންނެވި ބޭފުޅެކެވެ. ގޮހޮރުމުއީޒަކީ ކިތަންމެވަރަކަށް ކެޔަސް ބަނޑު ފުރޭ މީހެއް ނޫނެވެ. އެހެންވެ ބައެއް މީހުން އޭނައަށް މާކުންބެ އޭ ވެސް ކިޔައިއުޅެއެވެ. ކޮންމެއަކަސް އެ އަހަރު ވޮޑަމުލު ރާއްޖޭގެ ރައްޔިތުން ރައީސް ކަމަށް އިންތިޚާބު ކުރީ މިދެންނެވި މާކުންބެއެވެ. އެ މާކުންބެ ވެރިކަމަށް އައީ ވޮޑަމުލު ރައްޖޭގެ ރައްޔިތުންނަށް އަވާ މެންދުރު ދައްކައިގެންނެވެ. އަދި ބުނެވޭ ގޮތުގައި މާކުންބެ ވެރިކަމަށް އައުމަށްޓަކާ ސިހުރުވެސް ހެދިއެވެ.

ކޮންމެއަކަސް ވޮޑަމުލު ރާއްޖޭގެ ރައީސްކަމަށް މާކުންބެ އައިސް އޭނާއާއި ގުޅުންހުރި ވަގުން އެރާއްޖޭގެ ވަޒީރު ކަމަށާއި ކުންފުނިތަކުގެ ހެޑުންނަށް ލައި ފައިސާ ކެއުމުގެ ޕްލޭނެއް ރޭވިއެވެ. އެރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުންވެސް މާކުންބެގެ ބަޑުފުރޭ ގޮތްނުވެގެން ބޭރު ގައުމުތަކުން ލޯން ނަގައި އަދި ވެރުންވެސް ނުވެގެން ފައިސާވެސް ޗާޕްކުރަންޖެހެއެވެ.

މާކުންބެ އަކީ ދެއްކޭ ނުދެއްކޭ ވާހަކަވެސް އެނގި ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. މާކުންބެ ހުންނަވަނީ ފަސްލައްކަ ރައްޔިތުންގެ ކާބޯތަކެތި ދިރުވާލައްވައިގެންނެވެ. އެހެންކަމުން މާކުންބެ އެރާއްޖޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ އެ ހައްދަވާ ދޮގުތަކަކީ ބުއްދި ފަސްވެފައި ހުންނަވާ ޙާލުކޮޅުގައި ހެދޭ ދޮގުތަކެވެ. ދޮގު ހެއްދެވުމުގެ ވިސްނުންފުޅު އޮވެގެން ހައްދަވާ ދޮތުތަކެއް ނޫނެވެ.

ފަސްލައްކަ ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރާންހުރި ކާނާ އެކަކު ކެއުމުން ބުއްދި ފަސްވެދާނެ ކަމަށް ތަޖުރިބާ ކުރާމީހުން ބުނެއެވެ. މާކުންބެ ގެ ސަރުކާރު ބައްޓަން ކޮށްފައިވަނީ
ވައްކަން ކުރާމީހާއަށް އެމީހާވެސް ނޭނގޭ މިންވަރަށެވެ. ވޮޑަމުލު ރާއްޖޭގެ މައިތިޖޫރި ކޮނޑުޖަހާލައިގެން މަގުމަތީގައި ހިނގާފައި ދިޔަޔަސް އެރާއްޖޭގެ ރައްޔިތަކަށް ނުފެންނާނެ ގޮތަކަށެވެ. އެހެނަސް މާކުންބެގެ އަޢުވާނުންގެ ތެރެއިން މީހަކު ވައްކަން ކޮށްފިކަމަށް ރައްޔިތަކު ބުނެފިނަމަ އެ ވައްކަން ކުރިމީހާ މުއްދަތެއް ނެތް ގޮތަށް ޖަލަށް ލައެވެ. އެއީ މާކުންބެގެ ސިޔާސަތެވެ. މާކުންބެގެ ނަޒަރުގައި ވައްކަން ކުރަންވާނީ ދުނިޔޭގެ ފެންވަރުގައެވެ. އެއީ ކުރާވައްކަން އެއްވެސް މީހަކަށް ނޭނގޭނެ ފެންވަރުގައެވެ.

މާކުންބެ ގެ ހިސްޓްރީ ވަރަށް ދިގެވެ. މާކުންބެގެ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރަބަޖެޓުގައި އޮންނާން ޖެހެނީ ޢަދަދެކެވެ. ތަފުޞީލު ހާމަކުރުމަކީ މަނާ ކަމެކެވެ. ހުސްވިއަހަރުގެ ބަޖެޓް ހުސްކުރީ މާކުންބެއާއި އޭނާގެ ޢަޢުވާނުން ގުޅިގެންނެވެ. ވޮޑަމުލު ރާއްޖޭގެ ތަރައްގީ އަށް ލޯލާރިއެއްވެސް ހޭދަނުކުރެއެވެ. ފަންސާސް ފަސް ބިލިއަން ރުފިޔާ ކައި ހުސްކުރީ މާކުންބެއާއި އޭނާގެ އެކުވެރިންނެވެ. މާކުންބެ ގާނޫނު އަސާސީގެ ބާރު ކަނޑުވަލި ނަމަވެސް މާކުންބެ ކުށްވެރި ނުވާގޮތަށް ދައުލަތުގެ ބާރުތައް އޮތީ މާކުންބެގެ ޚިޞާރުގައެވެ. ރައްޔިތުންގެ ކެރިފޯރުން ހުރި މިންވަރަކާއި އެހުރި ބުންވަރާއި ފަންވަރު 17 ގައި ދައްކާނޭ ކަމުގެ އިންތިޒަރުގައި ވޮޑަމުލު ރާއްޖޭގެ ކުދިބޮޑުއެންމެން އެބަތިބޫއެވެ.