ބައިތުލްމާލުގެ ތަޅުކީހާލައި ރަސްމާލެ ތަރައްގީ ކުރެވިގެން ނުވާނެ 

ބައިތުލްމާލުގެ ތަޅުކީހާލައި ރަސްމާލެ ތަރައްގީ ކުރެވިގެން ނުވާނެ 

ރާއްޖޭގެ ބައިތުލްމާލުގައި ރައްޔިތުން ރައްކާކޮށްފައިވާ ފައިސާއަކީ ރައްޔިތުންނަށް ދަތިޙާލެއް ކުރިމަތިވެއްޖެނަމަ އެ ދަތި ޙާލުން އަރައިގަތުމަށްޓަކާ ރައްޔިތުން ރައްކާކޮށްފައިހުރި ރައްޔިތުންގެ ފައިސާއެވެ. ދުނިޔޭގެ އިގްތިޞާދީ ޙާލަތު ނުހަނު ހީނަރުވަމުންދާ މި ފުތޫރަތްތެރި ދަނޑިވަޅުގައި ރައީސް މުޢިއްޒުބޭނުންފުޚުވިޔަސް ރައްޔިތުން ހޮވާފައިތިބި ރައްޔިތުންގެ މަންދޫބުން ރައީސް މުޢިއްޒު ޚަރަދު ކުރައްވަން ބައިތުލްމާލުގެ ތަޅުކީހާލައި އެފައިސާ ނަގައި

ދީގެން ނުވާނެއެވެ. ރާއްޖެއަށް އެތެރެކުރި ހަނޑުބޯޓަށް އައްބީލު އަހުމަދުކާމިލްދީދީ ބައިތުލްމާލުގެ ތަޅުކީހާލައިގެން ފައިސާދައްކާ ރައްޔިތުންނަށް އޭގެސަބަބުން ވީގެއްލުން ތާރީޚުގެ ޞަފުޙާތަކުން އެހެރީ ފެންނާށެވެ. 

މިއީ އެދުވަހެއް ނޫނެވެ. އެފަހަރުވެސް ހަނޑޫބޯޓަށް އަގުދެއްކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެން ކަމުގައި ވިޔަސް މާލޭގެ ހަރުކުލައިގެ އެއްވެސް ބޭފުޅަކު އެކަމާ ރުހިވަޑައި ނުގެންފަދައިން މި ކަމަކީވެސް ގައުމަށް ހެޔޮއެދޭ އެއްވެސް ފަރުދަކު ރުހޭނޭ ކަމެއް ނޫނެވެ. މިދަންނަވާ ވާހަކައަކީ ރައްޔިތުން ދަތި ޙާލުގައި ތިއްބާ ރަސްމާލެ ހިއްކަން ދައުލަތުގެ ތިޖޫރީގެ “ތަޅު ކީހައިގެން ” އެ ހުޅުވައިގެން ޚަރަދުކުރާ ވާހަކައެވެ.

       ރާއްޖޭގެ ރިޒާވްގައި ހުރީ ނުހަނު މަދު ފައިސާކޮޅެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ހަމަސްދުވަހުގެ ކާޑުވެސް އެފައިސާކޮޅުން ނުގަނެވޭނެއެވެ. އެހެނަސް ހައަހަރުން ދައްކާ ގޮތަށް ރާއްޖެއަށް ކާޑު އެތެރެކުރުމަށްޓަކައި ލޯނުގެ ގޮތުގައި ފަންސާސްފަސްމިލިއަން ޑޮލަރު %13 ޕަސެންޓް އިންޓްރަސްޓު ރޭޓުގައި ނަގަން ނިންމުމަކީ ރައްޔިތުންގެ ކުރިމަގަށް އެޅިގެންދާ އިގުތިޞާދީ ވަރަށްބޮޑު ގެއްލުމެއް ކަމުގައި ބަލަން ޖެހެއެވެ. 

ރާއްޖެދަރަމުން ދަރަމުން މިދާ ނިސްބަތަށް ބަލާއިރު މި ވެރިކަން  ނިމޭއިރު ރައްޔިތުން ތިބޭނީ ބަނޑަށްޖެހިފައިކަން މި ފެން ަ މަންޒަރުތަކުން ހާމަވެއެވެ. އެހެން ކަމާއެކު ރައީސް މުޢިއްޒު ތަރައްގީ ކުރަން އެއުޅުއްވާ ރަސްމާލޭގެ މަޝްރޫޢުގެ މަސައްކަތް ރައްޔިތުން ނުކުމެ ހުއްޓުވަން އެބަޖެހެއެވެ. ގައުމަށް ލިބޭހާ ފައިސާއިން މުސާރަދިނުން ފިޔަވާ އެއްވެސް ގައުމީ މަޝްރޫޢަކަށް ޚަރަދު ކުރާނެ ފައިސާއެއް ދައުލަތުގައި ނެތް ހިނދު ދައުލަތުގެ ރިޒާވް ޚަބޭސް ކޮށްލުމުގެ ހުއްދަ  ރައީސަށް ދީގެން ނުވާނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުދަނީ މަތިވަމުންނެވެ. އެއާއި ގުޅިގެން ތެލާއި ގުޅިފައިވާ އެންމެހައި ޚަރަދުތައްވެސް އަންނަނީ ބޮޑުވަމުންނެވެ. ހަމައެހެންމެ ރާއްޖެއަކީ ބޭރު ގައުތަކަށް ބަރޯސާވެފައިވަ އަމިއްލަ އެއްވެސް ފުދުންތެރިކަމެއް ނެތް ނިކަމެތި ގައުމަކަށް ވީހިނދު ރާއްޖޭގެ މާދަމާގެ މުސްތަގުބަލާމެދު ރައްޔިތުން އެވަނީ ވިސްނާންޖެހިފައެވެ. މިސަރުކާރަށް ބަރޯސަވެގެން ރައްޔިތުން ތިބެއްޖެނަމަ ރައްޔިތުންގެ އަނގަޔާ އަތާ ދިމާނުވެ ރައްޔިތުން ހަނާވެގެން ހިގައިދާނެއެވެ. މިހާރުވެސް ރާއްޖޭގެ ބާޒާރުގެ ތަކެއްޗަށް ރައްޔިތުންގެ އަތެއް ނުފޯރައެވެ. ރާއްޖޭގެ އިގްތިޞަދު އެދަނީ ފުނޑެމުންނެވެ. ރާއްޖޭގެ މާދަމާގެ މުސްތަގްބަލާމެދު މިސަރުކާރުން އެއްވެސް ފިޔަވަޅެއް ނައަޅާއިރު ރައްޔިތުން އަޅާނުލާ ބަލަހައްޓައިގެން ތިބެން ހެޔޮނުވާނެއެވެ. މޮޔައެއްގެ އަތަށް ކަނޑި ދީގެން ތިއްބާ ބުރިވާނީ އަމިއްލަ ބޯނޫން ކަމެއްވެސް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *