ރައީސް ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ އެދުވަހު މާލޭގައި ލޭއޮހުރުވުން ހިނގާނެ
އެދުވަހު ހިނގާދިޔަ ބަޣާވާތުގެ ބައިވެރިންނާއި އެމްޑީޕީގެ މެންބަރުންގެ ދެމެދުގައި ވަނީ ހުޅުރޯވެފައެވެ. އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ނުދެއްވިނަމަ ފަހަރެއްގައި އެމަނިކުފާނު ސަލާމަތް ވެދާނެއެވެ. އެހެނަސް އިދިކޮޅު މީހުނާއި އެމްޑީޕީ މެންބަރުންގެ މެދުގައި ރޯވަމުންދިޔަ އަލިފާން އިތުރަށް ހުޅުފަޅައި ބޮޑު ލޭއޮހުރުވުމެއް ހިނގާނެ ކަމީ ޝައްކެއްވެސް ނެތް ކަމެކެވެ. އިސްތިއުފާ ނުދެއްވިނަމަ އެމްޑީޕީ މެންބަރުންނާ ދެކޮޅަށް އިދިކޮޅުގައި ތިބި މީހުންގެ އަތުގައި ހުރި ހަތިޔާރު ބޭނުން ކުރަން ފަށާނެއެވެ. އެއީ އެމްޑީޕީ މެންބަރުން ނުހަނު ގިނަދުވަސް ވަރެކެވެ. އެހެން ކަމުން އުފެދިފައިވާ ނަފުރަތުގެ ވިހަ މައިތިރި ކުރެވޭނީ ހަތިޔާރުބޭނުން ހިފައިގެން ކަމަށްވާތީއެވެ. އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ނުދެއްވިނަމަ އެމްޑީޕީގެ މެންބަރުންގެ ހިތްވަރު އާލާވެ ބާޣީންނާއި ކުރިމަތި ލާނެއެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މިހުރިހާ ކަންމަށް ވިސްނާވަޑައިގެން ގައުމަށް ދެރަގޮތެއް ވިޔަ ނުދިމަށްޓަކައެވެ. އެހެނަސް ތަންދޮރު ނުބަލާ ޙަގީގަތް އޮޅުވާލުމަށްޓަކާ ދައްކާ އެފަދަ ވާހަކަތައް ގަބޫލު ކުރާނީ ވެސް ތަންދޮރު ނުދަންނަ މީހުންނެވެ. ރައްޔިތުންދެކެ ލޯބިވާކަން ބަހާ ޢަމަލުން ދައްކަވައި ދެއްވި ހަމައެކަނި ރައީސަކީ ރައީސް ނަޝީދެވެ. ރާއްޖޭގެ ރައްޔިތުން ރަށުބަންދުވެފައި ތިއްބާ އެބަންދުން ރައްޔިތުން ސަލާމަތް ކޮށްދިނުމުގެ ޚިޔާލާ ވިސްނުން އުފެދުނީވެސް ރައީސް ނަޝީދުގެ ހިތްޕުޅުގައެވެ. ރައްޔުތުންގެ ތެރޭގައި ޢާއިލީ ގުޅުން ހީނަރުވެ އެކަކު އަނެކަކު ލޮލަށް ނުފެނި ދެތަންވެފައި ވަނިކޮށް ޢާއިލާތަށް ގުޅުވައި ދިނުމަށްޓަކާ މުޅިރާއްޖެ ފެރީ ނިޒާމަކުން ގުޅުވައިދެއްވި
އޯގާވެރި ރައީސަކީވެސް ރައީސްނަޝީދު ކަމާމެދު ދެބަސް ވެވޭނެހެއްޔެވެ. ރައްޔިތުންނަށްޓަކާ ރައްޔިތުން އުފާކޮށް ދިނުމަށްޓަކާ އެމަނިކުފާނު ވެރިކަން ކުރައްވަން ފެއްޓެވިއެވެ.
ނަތީޖާއަކީ ރާއްޖޭގައި ޚުދުމުޚުތާރު ވެރިކަން ކުރި ބައިގަނޑު ބަލިވެ ރައީސް ނަޝީދުއަށް ވެރިކަން ލިބުމުން އެވެރިން ދައުލަތުގެ ތިޖޫރީ މިލްކް ކޮށް ނަގަމުންދިޔަ ނާޖާއިޒު ފައިދާ ނުލިބި ރައްޔިތުން ބޮޑުންގެ އަރިހުގައި ޖަހަމުންދިޔަސަލާމް ނިމުމަކަށް އައުމުން ކުރީގެ ރައީސްއާއި އެމަނިކުފާނުގެ ޢައުވާނުންނަށް އެކަން ކަން ވެގެންދިޔައީ ހަޖަމްނުވި ކަމަކަށެވެ. އެހެނަސް ރައީސް ނަޝީދު އެސަރުކާރުގެ އެެއްވެސް ވެރިޔަކު ޖަލަކަށް ނުލައްވައެވެ. އޭރުއްސުރެ އެމްޑީޕީގެ ސަރުކާރު ވައްޓާލުމުގެ ރޭވުންތައް ރައީސް މައުމޫނާއި ޔާމީނު ރާވަމުންގޮސް ދޮރުފޮތިގަނޑުގައި ހިފިއިރުވެސް ވެރިކަން ދިފާޢު ކުރުމަށްޓަކާ ރައީސް ނަޝީދު އެއްވެސް ފިޔަވަޅެއް
ނައަޅުއްވައެވެ. ސިފައިންގެ ތެރޭގައި އާއި ޕޮލިހުންގެ ތެރެއިން ބަޣާވާތް ދޮންކުރަމުންދިޔަ ޖަނަރަލުންނާއި އޮފިސަރުންގެ ލިސްޓު ރައީސް ނަޝީދުގެ މޭޒުކޮޅުގެ މަތީގައި އޮތެވެ. އެހެނަސް އެއިން އެެއްވެސް ބޭފުޅަކު ވަކިކުރައްވާފައެއް ނުވެއެވެ.
އެބަޣާވާތަކީ ކުއްލިއަކަށް ހިނގި ބަޣާވާތެއް ނޫނެވެ. ރައީސްނަޝީދުއަށް އޭރު ބަޣާވާތް ހުއްޓުވަން ކުރަންޖެހޭ ކަންކަން ކުރައްވަން ކެރިވަޑައިނުގަތުމުން ބަޣާވާތް ހިނގާދިޔައީއެވެ. ޔާމީނުގެ ވެރިކަމުގައި ވެރިކަން ޙިމާޔަށް ކުރެއްވިފަދައިން ރައީސް ނަޝީދަށް ވެސް ވެރިކަން ޙިމާޔަތް ކުރެވޭނެތާއެވެ. އެހެނަސް އެމަނިކުފާނުގެ ހިތްތިރިކަމާއި ގެންގުޅުއްވި އޯގާވެރި ސިޔާސަތުގެ ސަބަބުން ބަޣާވާތް ރާވާހިންގި ޚާއިނުންނަށް އެކަން ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައީއެވެ. އެކަމަކު ވެސް އެމީހުންގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނައަޅުވައެވެ. ރައީސް ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް ވެސް ފުލުހުންގެ ފަރާތުން އެމްޑީގެ މެންބަރުންނަށް އަނިޔާކުރަންފަށައިފިއެވެ. އެހެންކަމާއެކު އެމްޑީޕީގެ މެންބަރުންތިބީ ރަތަށްއަރާ ދޮންވެފައެވެ. އެމްޑީޕީގެ މެންބަރުން މިދެންނެވިހެން ތިއްބާ ރައީސްނަޝީދު އިސްތިއުފާ ނުދެއްވިނަމަ އެމްޑީޕީގެ މެންބަރުން މަގުތަކަށް ނުކުމެ ބަޣާވާތުގެ ބައިވެރިންގެ ޒަމާން ދުއްވާލީހެވެ.
އެހެންކަމުން ރައީސް ނަޝީދު އިސްތިއުފާ ދެެއްވަމުން ގައުމާ މުހާތަބުކުރައްވާ ވިދާޅުވި ފަދައިން ގައުމާރައްޔިތުންނަށް ދެރަގޮތެއް ވެދާނެތީއާއި އެންމެ މަސްލަޙަތު ރަނގަޅުގޮތަކީ އެމަނިކުފާނު އިސްތިއުފާ ދެއްވުންކަމަށް ފެނިވަޑައިގަތީއެވެ. އިސްތިއުފާނުދެއްވާ އެމަނިކުފާނާއި އާއިލާ ސަލާމަތް ކުރެވެން އޮތްނަމަވެސް އެމަނިކުފާނު އެނުރައްކަލާ ކުރިމަތިލެއްވީ ގައުމުގެ ދިފާޢުގައެވެ.
