ރިސޯޓްތަކުގެ ވިލާތައް ވިއްކުން – މާދަމާ މާ ބޮޑު “ސްކޭމެއް”

ރިސޯޓްތަކުގެ ވިލާތައް ވިއްކުން – މާދަމާ މާ ބޮޑު “ސްކޭމެއް”

ގާނޫނު އަސާސީ އާއި ގާނޫނު އުގުބާތްތަކާއި އަދި ހެދި އަމަލު ކުރަމުންދާ ގަވާއިދު ތަކާ ވެސް ހިލާފެވެ. ދައުލަތު ގެ މުދަލެއް “ކުއްޔަކަށް “ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތިން ވަކި ވިޔަފާރިއެއް ކުރުމަށް ދެނީ ވަކި މުއްދަތަކަށެވެ. އެ މުއްދަތުތެރޭ  އެތަނެއްގައި ކުރެވެން ޖެހޭނީ އިގްރާރު ވެފައި ވާ ކަމެވެ.

ކުއްލިއަކަށް ފެންނާން ފެށީ މުޅިން ގާނޫނު ތަކާއި ގަވާއިދު ތަކާއި ހިލާފް، ކަމާއި ނުގުޅޭ އުސޫލުތަކެއް ބަޔަކު އަމިއްލަ އެދުމަށްޓަކައި ދައުަލަތުގެ މުދައު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ގާނޫން ތަކާއި ހިލާފަށް  ހިފަން ފަށަމުން ދާ މަންޒަރެވެ. ރިސޯޓް ތަރައްގީ ކުރާން 50 އަަހަރުގެ މުއްދަތަށް ކުއްޔަށް ނަގައި ރަށްތަކުގައި ރިސޯޓް ގެ ނަމުގައި ޕްރައިވެޓް ވިލާ އުމުރަށް ވިއްކާލާން އުޅޭ ވާަހަކަތަކެވެ.

އެއީ ދައުލަތުގެ މުދަލެކެވެ. އެ މުދާ 50 އަހަރައް ފަހުން ދައުލަތާއި ހަވާލު ކުރާން ޖެހެވެ. އަދި އެފަދަ މުދަލެއް އިތުރު މުއްދަތަކަށް ނަގާނަމަ އެއިރެއްގެ ޑިމާންޑަށް ބަލައި އެކަށޭނެ އަގެެއް ގައި ކުއްޔައް ދިނުމައް ބީލަމަށް ލާން ޖެހެއެވެ. އެހެން ނަމަވެސް ސަރުކާރު ތަކުގެ ދޯހަޅި ސިޔާސަތުތަކާއި ވެރިންގެ އަމިއްލަ އެދުމަށްޓަކައި ގާނޫނު ތަކާއި ހަމަތަކަކީ ކަނު އެއްޗެއް ކަމަށް ހަދައި ވެރިން އެދޭ އަދި ރުހޭ ގޮތަށް ގޮތް ނިންމާ ނިންމުމުން، ގައުމު ގެ އިގްތިސާދު ދަނީ ދުވަހުން ދުވަހަށް ފަހަތަށެވެ.

ޒަމާނުއްސުރެ ކުޑަ ކުލީގައި ރިސޯޓް ހިންގި ރަށްތަކުގެ މުއްދަތް ހަމަވެ ދިއުމުން އެއިރެއްގައި ހުންނަވާ  ވެރިއެއްގެ ޖީބަށް ޖަހާދޭ ނޫޓް ބޮޑިއަކުން އިހު ލިބުނު ކުއްޔަށްވުރެން މާ ކުޑަ ކުއްޔަކަށް އަދި މާ ދިގު މުއްދަތަކަށް އެއްކަލަ ރަށް ލިބޭ އުސޫލު އެއީ ވެރިންނާއި ވަޒީރުން ގެންގުޅެމުން އަންނަ   ރިވެތި ސަގަފާތެވެ. އެ ވިދާޅުވާ  ކޮރަޕްޝަނަން ޒީރޯ ދެއްވާ އުސޫލް ތަކަކާއި ހަމަތަކެވެ. އެހެން ވެރިންނަށް ސިފަވިޔަސް ރޯމާ ދުވާލު ވެރިން ކުރަމުން ދާ ވައްކަމެވެ. މިފަދަ ވައްކަން ތަކުގެ ނަތީޖާ ހިތިވެ ފެނިދާނީ އަހަރު ތަކެއް ގެ ފަހުން ނެވެ. އެއީ ދެން ގައުމުގައި ހަރު މުދަލެއް ނެތި ދާ ހިސާބުން ނެވެ.

ވިސްނާލަމާ ހެއްޔެވެ. މިއަދު ޕްެރައިވެޓް ވިލާ ވިއްކަނީ ކޮން އުސޫލަކާއި ގާނޫނީ ހަމަ އަކުން ހެއްޔެވެ.  މަކާރާއި ހީލަތެވެ. ފުލުހުންނާއި ޝަރުއީ ނިޒާމް ބަލިކަށި ކަމެވެ. އެފަދަ ނުގަވާއިދު ވިޔަފާރިއެއް އިޝްތިހާރު ކުރެވޭ ހިނދު ކަމާބެހޭ ވުޒާރާ ކޮބާ ތޯ އެވެ؟ އެފަދަ ފަރާތްތަކާމެދު ފާރަވެރި ވެ ފިޔަވަޅު ނާޅާމަނަމަ މާދަަމާ މާ ބޮޑެތި “ސްކޭމް”ތައް ކުރަންފަށާނެ ކަމާއި މެދު ޝައްކު ނުކުރާށެވެ.

ރާއްޖޭ ރަށްތަކުގައި  ވިލާ އަޅަން ވިލާ ވިއްކުން އެއީ ފައިދާ ހުރި ވިޔަފާރި އަކަށް ވެދާނެއެވެ. އެހެން ނަމަވެސް ރާއްޖޭގައި އެފަދަ ވިޔާފާރިކުރާން ފެށެން ޖެހޭ އިންވެސްޓްމެންޓް ގެ ވެސް އަގެއް ވާންޖެހޭނެއެވެ. އެހެންނޫންނަމަ ގައުމަށް ފައިދާ އެއް ނުލިބޭ ހިނދު ރައްޔިތަކަށް ލިބޭނީ ކޮން ފައިދާ އެއް ހެއްޔެވެ.

ސަރުކާރު ގެ ވިސްނުން ވެސް ހަރުދަނާ ވެ ގައުމު ހިންގާ ސިޔާސަތު ތައްވެސް ބަދަލު ގެންނާންވީ ބިދޭސީންނަށް ވިލާ ގަނެވޭނެ އުސޫލު ތަކާއި ހަމަތަކެއް އުކުލަވާލާ އަދި ރާއްޖޭ ގައި އެފަދަ ވިލާ އެއް ގަނެވޭނެ އެންމެ ކުޑަ އަގަކަށް ވާން ޖެހޭނީ ދައުލަތައް ފައިދާ ވާނެ އަގަކަށެވެ.