ކަލަކު ކަމަށް ދައުވާކުރާ މައުމޫނާއި “ މައުމޫނިޒަމް” ގެ ފިކުރު

މި ދިވެހި ރާއްޖެއަށް ފާއިތުވީ ބައި ގަރުނުގައި ކުރިމަތިވި އެންމެ ބޮޑު ބިރަކީ ކާމިނީގޭ ކުޑަ ސީދީގެ ބިރުވެރިކަމާއި އަނިޔާވެރިކަމެވެ. މައުމޫނު އަބްދުލް ގައްޔޫމޭ ކިޔުނު ނުބައި ނުލަފާ ވެރިޔަކީ މިހާތަނަށް ދިވެހިރާއްޖެ ނުދެކޭފަދަ ބިރުވެރި ނުބައި ވެރިއެކެވެ. މިހާރުގެ ކުދިންނަށް އޭނާގެ ވެރިކަން ނުފެނުނުނަމަވެސް، އަށްޑިހައާއި ނުވަދިހައިގެ އަހަރުތަކުގައި އޭނާގެ އަނިޔާވެރިކަމަކީ އަދި އަދާއި ހަމަޔަށްވެސް އެ އަނިޔާ ލިބުނު މީސްމީހުންގެ ހިތްތަކުން ފިލައިނުދާނޭ ފަދަ ވޭންދެނިވި އަނިޔާތަކެވެ. ކުޑަ ސީދީ ބޭނުންވީ އުމުރުދުވަހު ވެރިކަމުގައި […]

އޭ ރައްޔިތުންނޭވެ، އަޑުއަހާ!

ފަލަސްޠީނުގެ ބިމުގައި އިޒްރޭލު ކިޔާ ޓެރަރިސްޓް ދައުލަތެއް އިނގިރޭސިންނަށް އުފެއްދުނީ ، ޢަރަބިންގެ ޣަފުލަތުންނެވެ. އިނގިރޭސިވިލާތާއި ހުޅަގުގެ މަޞްލަތަށްޓަކައި ފަލަސްޠީނުގެ ބިމުގައި ، ފުރަތަމަ އިޒްރޭލު އުފެއްދި ޤައުމަކީ ، އިނގިރޭސިވިލާތް ކަމަށް ވިޔަސް ، އިނގިރޭސިވިލާތަށް އެކަނި އިޒްރޭލު ހިމާޔަތްކޮށްދިނުމަކީ ނާދިރުކަމަކަށް ވުމުން އެމެރިކާ އާއި ޖަރުމަނާއި ފްރާންސް އާއި އިޓަލީ އަދި މިނޫން ހުޅަގުގެ ޤައުމުތައް ބައިވެރިކުރުވިއެވެ.އިޒްރޭލު އުފެއްދުނީއްސުރެއް އިޒްރޭލު ހިމާޔަތްކުރުމުގައި ފަލަސްޠީނާއި އެއްބޯޑަރެއް ހިއްސާކުރާ ސައޫދީ އާއި މިޞްރާއި އުރުދުންގެ އެއްބާރުލުމާއި އެހީތެރިކަން […]

ދިވެހިރާއްޖެއަށް ބޭރުގެ ލޯނެއް ނުލިބުމުން އުފާ ވާންވީ ސަބަބު

ދިވެހި ސަރުކާރަށް ބޭރުގެ ގައުމަކުން ލޯނެއް ނުލިބުނީތީ ޝުކުރުވެރިވާ ކަމަށް އިއްޔެ މީހަކު ބުންޏެވެ. އޭނާ ބުނީ ރައްޖެއަށް ލޯނުގެ ގޮތުގައި އިސްލާމް ދީން ގަބޫލުނުކުރާ ކާފަރުންގެ ސަރުކާރުތަކުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށާއި އޭގައި ހިމެނެނީ ރިބާއެވެ. އެގޮތުން މިހާރު ވެސް 1 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާތީ މުއިއްޒު ބޯ ގޮވައިގެން އުޅުއްވާ ކަމަށެވެ. ރައްޔިތުންގެ ތެރޭގައި މިއަދު ގިނައީ އެންމެ ކުޑައިރުއްސުރެ ޣައިރު ދީނުގެ ގޯސް މަންހަޖަކުން ތަރުބިއްޔަތުވެފައި ތިބި މީހުންނެވެ. […]