ޖިހާދަށްދާން ސީރިއާ އޯކޭ؟ ފަލަސްތީނު އޯކޭނުވީ ކިއްވެ؟
ދުޢާ ކުރުމާއެކު އަޒުމު ކަނޑައެޅި ކަމަކަށް ނިކުންނާށެވެ. މަސައްކަތްކުރުމެއް ނެތި އެއްވެސް ކަމެއް ޙާޞިލުނުވާނެ ކަން ، ﷲ ގެ ވަޙީ ބަސްފުޅުގައިވެއެވެ. އެމީހަކު ކުރި މަސައްކަތެއްގެ ނަތީޖާ އެމީހަކަށް ލިބޭނެއެވެ. ކަމަކަށް ނިކުތުމުގެ ކުރިން އެމީހެއްގެ ނިޔަތް ސާފުވާންޖެހެއެވެ، ނިޢްމަތްތަކުގެ ވެރި އިލާހަކީ ﷲ سبحانه وتعالى ކަންހަނދާންކުރަންޖެހެއެވެ ،
އެހެންކަމުން މަސައްކަތެއް ކުރުމަށް ފަށައިގަތުމުގެ ކުރިން އެމަސައްކަތުގައި ބަރަކާތްލެއްވުމަށް ފުރަތަމަ އެދެންވާނީ ﷲ ގެ ޙަޟްރަތަށެވެ. އެހެނީ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ދީނަކީ إسلآمދީނެވެ.
ދީނެއްގޮތުގައި ވަނީ އެއް ދީނެވެ. އެއީ އިސްލާމް ދީނެވެ ، އަދި ރައްބަކީ އެއްކައުވަންތަ އެއް އިލާހެވެ. އެއީ ﷲ އެވެ.
ޖިހާދަށް ނިކުތްކަމަށް ވިޔަސް އެނޫން ކަމަކު ނިކުތްކަމަށް ވިޔަސް ދުޢާކުރުމަށް ފަހު ފެށުމަކީ މުހިއްމުކަމެކެވެ. ދުޢާ ކުރަނީ އެކަމުގައި ﷲ ގެ ތައުފީޤަށް އެދިއެވެ. ދުޢާ ކުރާ މީހާ އަށް އެނގިފައި އޮންނަންޖެހޭނެ އެއްކަމަކީ އޭނާ ކާއެއްޗެއްސާއި ބޯއެއްޗަކީ ހަރާމް އެއްޗެއް ނޫންކަން ކަށަވަރުކުރުމެވެ. ތިމާގެ ދުލާއި އަތްފައި ، ތިމާއަށާއި އެހެން މީހުން ސަލާމަތްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރަންވާނެއެވެ،
ޖިހާދު ކުރުމަކީ ، މުސްލިމުންގެ މައްޗަށް ޙާއްޞަ ސަބަބުތަކެއް މެދުވެރިވުމުން ވާޖިބު ކުރައްވާފައިވާކަމެކެވެ، މުސްލިމުންގެ ބިންތައް ފޭރި އަޅުކަންކުރާ މިސްކިތްތައް ހަލާކުކޮށް އަންހެނުންނާއި ކުޑަކުއްޖެއް އަދި މުސްކުޅިއަކަށް ނުބަލައި ޢާއްމުރައްޔިތުން ހިމެނޭގޮތަށް މުސްލިމުންގެ ބިމެއްގައި ޤަތުލު ޣާއްމު ހިންގައި ގެދޮރުން ބޭރުކޮށް ހަދާ ނަމަ އެއޮތީ ، ޖިހާދު ކުރަންޖެހޭ ހާތުގައިކަން ޤަބޫލުކުރަންވާނެއެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ޖިހާދުގައި ބައިވެރިވާންވާނެއެވެ. އެއްބަޔަކު ހަނގުރާމައިގެ މައިދާނުގައި ތިބިނަމަ ހަތިޔާރު ފޯރުކޮށްދޭ މީހުންނާއި އެކަމަށް ފައިސާ ހޭދަކުރާ މީހުންނާއި ، މިއިންކަމެއްގައި ބައިވެރި ވުމަށް ޝަރްޢީ އުޒުރެއް އޮތް މީހަކު ކުރާ ދުޢާ އަކީ ވެސް ޖިހާދެވެ.
ޖިހާދަށް ދާންވާނީ ، މައިންބަފައިންގެ ރުހުމުގައެވެ، ތިމާ ޖިހާދަށް ގޮސްފިނަމަ މައިންބަފައިންނާއި ، އަނބި ދަރިންކުރެ މީހަކަށް ޚަރަދުކޮށް ބަލަހައްޓާނެ މީހަކު ނެތްނަމަ ޖިހާދަށް ދިޔުން އެމީހެއްގެ މައްޗަށް ވާޖިބު ނުވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ޖިހާދުކުރަން މަޖުބޫރުވެއްޖެ ހާލަތެއް އިސްލާމީ ޤައުމަކަށް މެދުވެރިވެއްޖެ ނަމަ އިސްލާމީ ދައުލަތްތަކުގެ ކެރިފޯރުން ހުރިވަރަކުން ހަތިޔާރާއި ފައިސާ ފޯރުކޮށްދޭންޖެހޭނެއެވެ. އެއީ މުސްލިމުންނަކީ ކޮންމެ ތާކު ތިއްބަސް އެއްހަށިގަނޑެއްފަދަ އަޚުންތަކެއްކަން ﷲ ގެ ވަޙީ ބަސްފުޅުން އެނގެންއޮތުމެވެ. މިސާލަކަށް ފަލަސްތީނުގެ ބިން ހިފައިގެން އުޅޭ ަިޒްރޭލާއި ހަނގުރާމަ ކުރުމަކަށް ދިވެހިން ދިޔަ އަޑެއް ތިޔައިން އެކަކުވެސް ނާހައެވެ. ނަމަވެސް ސީރިއާއަށް ހަނގުރާމައަށް ދިވެހިން ދިޔަ ވާހަކަ އަޑުއަހާފައި ވާނެއެވެ. ފަލަސްތީނަށް ދިވެހިން ޖިހާދަށް ނުދިޔައީ ދިވެހި ސަރުކާރުން އެކަމަށް އަމުރު ނެރެގެނއް ނޫނެވެ. އަދި ސީރިއާއަށް ދިވެހިން ޖިހާދުގެ ނަމުގައި ދިޔައީވެސް ދިވެހި ސަރުކާރުން އަމުރު ނެރެގެނެއް ނޫނެވެ. މިއަދު ސީރިއާގެ ހާލަތު އެއޮތީ ފެންނާށެވެ. އެނގޭ ކަމަކީ ދިވެހިން ފަލަސްތީނުގެ މުސްލިމުންމަށްޓަކައި ދުޢާ ދަންނަވާކަމެވެ. އެހެންކަމުން ސުވާލަކީ ޖިހާދަށް އަހަރެމެންނަށް އައުލާކަންބޮޑީ ސީރިއާތޯ ނުވަތަ ފަލަސްތީނު ތޯއެވެ؟
ދިވެހިން ދިވެހި ގައުމު ދޫކޮށްލާފައި ބޭރު ބިމަކަށް ޖިހާދުކުރަން ފުރައިގެން ދާން ޖެހޭނީ ގައުމުގެ ވަލިއްޔުލްއަމްރު އެކަމަށް ގޮވައިލެއްވުމުންނެވެ. އެހެންކަމުން ޖިހާދުގެ ނަމުގައި ފުރައިގެން ސީރިއާއަށް ދިޔުން އެއީ ހުއްދަ ކަމެއް ކަމަށް ސައްހަ ހަދީސަކުން ވެސް ފެންނާކަށް ނެތެވެ. މިޒަމާނުގައި ޖިހާދުގެ ނަމުގައި ސީރިއާއަށް އެ ގެންދަނީ ހުޅަނގުގެ ފޮރުވިފައިވާ އިންޓެލިޖެންސުގެ ތެރެއިންނެވެ.
ހުޅަގުގެ އިސްތިޢްމާރީ ދައުލަތްތަކުން މޮޑަރޭޓް އިސްލާމުންކަމުގައި ދެކެނީ ، ކީރިތި ޤުރުއާން ކިޔެވިޔަސް އެއަށް ޢަމަލު ނުކުރާ އަދި ޖިހާދަށް ގޮވާނުލާ ހަރާމް ހަލާލަށް މާބޮޑު ފަރުވާތެރިކަމެއް ނުދީ ބޭރުފުށުން މުސްލިމެއްކަމަށް ދައްކައިގެން ހުޅަނގުގެ މަޞްލަތާއި އެއްގޮތަށް ދިރިއުޅެން މަސައްކަތްކުރާ ނުވަތަ ދިރިއުޅޭ މީހުންނަށެވެ. އިސްލާމް ދީނުގެ ހިދާޔަތު ރަނގަޅަށް ބުއްދިއަށް ފޯރާފައި ނުވާ ކޮންމެ މީހަކަށް މުދަލާއި ފައިސާ އަށްވުރެ މުހިއްމު އެއްޗެއް ދުނިޔެއަކު ނޯންނާނެއެވެ. މަރުވުމަށް ފަހު ހިސާބު ބެއްލެވޭނެކަމާއި ، ކޮށްފައިވާ ނުބައި ޢަމަލަށް ޢަޒާބު ލިބޭނެކަމާއި، ސުވަރުގެ އާއި ނަރަކަ ވާކަން ޤަބޫލު ނުކުރާ އިންސާނާ ހެޔޮ ޢަމަލާއި ނުބައި ޢަމަލުވާކަން ނުދަންނާނެއެވެ. މުދަލާއި ފައިސާ އަށްޓަކައި ނުކުރާނެކަކަމެއް ނޯންނާނެއެވެ.
ﷲ އަށް ބިރުވެތިކަމެއް ނެތް ހިތަކީ ފާސިދު ހިތެކެވެ ، އަނިޔާ ކުރުމާއި ،ވައްކަމާއި، ޚިޔާނަތާއި ، ފޭރުމާއި ، ތަޅާފޮޅުމާއި މިނޫނަސް ނަހީކުރެއްވި ކަމެއްގައި ދެމިހުރުމަކީ އެމީހަކަށް ހުތުރުކަމަކަށް ނުވާނެއެވެ. އެހެންކަމުން ދުޢާކުރުމާއެކު ޢަޒުމު ކަނޑައެޅި މަސައްކަތަކާއިގެން ލަސްނުކޮށް ފުރިހަމައަށް ތައްޔާރުވެ އެކަމަކަށް ބޭނުންވާ ވަޞީލަތްތަކާއެކު މަސައްކަތަށް ނިކުތުމަކީ މުސްލިމުން ހިފަންޖެހޭ އެންމެ ވަރުގަދަ ހަތިޔާރެވެ .
