މައުމޫން ކުރީމާ ގޯސް! މުޢިއްޒު ކުރީމާ އޯކޭ!
81 މިލިއަން ރުފިޔާގެ އަގުހުރި މަސްދަޅު ކޭސްތަކެއް ސަރުކާރުން ހިލޭ ބަހައިފިއެވެ.
މިއީ ރައްޔިތުންނަށް ނުގަނެވޭނެ ވަރުގެ އެއްޗެއްވެސް ނޫނެވެ. ސަރުކާރުން މިކަން ނުކުރިޔަސް މިއީ ކޮންމެ ރޯދަމަހަކު ރައްޔިތުން ގަންނާނެ ތަކެއްޗެވެ.
މިއީ ސަރުކާރުން ހަމަ ގައިމުވެސް ކޮށްގެން ނުވާނޭކަމެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފުންނާބު އުސް ބޭފުޅަކު މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ މިފްކޯއަކީ ސަރުކާރުގެ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ ޕްރޮޑަކްޓުތައް ސަރުކާރުން ގަނެ އަދި ސަރުކާރުން އެތަކެތި ބަހަންވީ ސަބަބެއް ނެތް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް މައުމޫނުގެ ދުވަސްވަރު ތީމުގެއިން އެހީއަށް އެދޭ މީހުންނަށް 250 ޑޮލަރާއި ދެކޮޅު ޓިކެޓް ދެމުން ގެންދިޔުން މައްސަލައަކަށްވެފައި، މިހާރު މިސަރުކާރުން ކުރާ އެފަދަ ކަންކަން އެއީ މައްސަލައަކަށް ނުވާ ކަމަށެވެ. އަދި މިގޮތަށް ބަޖެޓުގައި ނެތް އެއްޗެއް ދެވިގެން ނުވާއިރު، މިއީ ވަކި ބަޔަކަށް ބިންތައް ދިނުން ކަހަލަ ކަމެއް ކަމަށް ސިފަކުރިއެވެ.

ރައީސް މައުމޫނު ތީމުގެއިން އެހީއަށް އެދޭ މީހުންނަށް 250 ޑޮލަރާއި ދެކޮޅު ޓިކެޓް ދެމުން ގެންދިޔަ ތީމުގެ ބަޖެޓުން، އެވީ މައްސަލައަކަށް، މިހާރު އެސިޓީ އާސަންދަށް ފޮނުވީމަ އޭގައި 4 ފައި ޖަހަނީ ކޮންމެވެސް ސިޔާސީ މީހެއް، ދެން ހިނގައިގަންނަނީ، އެހެންކަމުން އެކެއްޗެއް ތަފާތު ނަމެއްގައި، ދެން މިހާރު ދެނީ ފުލެޓު، ދެން ފުލެޓްދީފައި ޑިސްކައުންޓް، ދެން މަސްދަޅުކޭސް، ދެން ރައީސް ދެއްވާ ޑިސްކައުންޓް، ރައީސް މީހާ ދައުލަތުގެ ވަސީލަތް، ދައުލަތުގެ ފައިސާ، ދައުލަތުގެ މަގާމުތަށް، ރައްޔިތުންގެ ރިސޯސަސް ޤާނޫނުން ބޭރުން ސިޔާސީ ބޭނުމެއް ހާސިލްކުރަން ހޭދަކުރާ ހޭދަކުރުން ހުއްޓުމަކަށް އަދިވެސް ނައާދޭ، 81 މިލިއަން ސޭވްކޮށްފައި ސަރުކާރުން ދައްކަން ހުރި ބިލު ދެއްކިނަމަ އިގްތިސާދުގެ ތެރޭގައި ވިޔަފާރި އިތުރުވީސް
ޝަރީފް ވިދާޅުވިއެވެ.
މިފްކޯއިން މަސްދަޅުތަކެއް ގަނެގެން އެއިން ލިބުނު ފައިސާ އަނެއްކާ މިފކޯއިން ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަކީ ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވުން ކަމަށާއި، އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމެއް އެ 81 މިލިއަން ރުފިޔާއިން ކުރެވޭނެ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.
އެކަން ސަރުކާރުން ކުރުން މާ ރަނގަޅުވާނެއެވެ. އޭރުން ރައްޔިތުންގެ ތާއީދުވެސް މާ ބޮޑަށް ސަރުކާރަށް ލިބޭނެއެވެ.
