ބޭސްފަރުވާއާއި ބެހޭގޮތުން ނޭނގޭ ބޮޑު ސިއްރުގެ ހަގީގަތް!

ބޭސްފަރުވާއާއި ބެހޭގޮތުން ނޭނގޭ ބޮޑު ސިއްރުގެ ހަގީގަތް!

ދިވެހިން އަދު ވަނީ ވެރިންގެ ވަކިތަކުތެރޭ އަޅުވެތިވެފައެވެ. ރައްޔިތުންގެ ހައްގުތަކާއި އަސާސީ ހިދުމަތް ތަކަކީ ކޮބައިކަން ރައްޔިތު މީހާ އަށް ވިސްނޭ

މިންވަރަށް ވުރެން ބޮޑަށް ރައްޔިތުމީހާ ވަނީ ވެރިންގެ އަޅުވެތި ކަމުގެ ކަސްތޮޅުތަކުން ކަސްތޮޅުއެޅި ރައްޔިތުންގެ ހައްގުތަކެއް އަސާސީ ހިދުމަތް ތަކެއ ވާކަން ހަނދުމަނެތި ގޮސްފައެވެ.

ސިއްހީ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށް ވެރިން ވިސްނާދިނަސް އެއީ ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގެކެވެ. ހިދުމަތެއް ނޫނެވެ. އަސާސީ ހައްގުތަކީ މަހުޖަނެއް ވިޔަސް ނުވަތަ ފަގީރެއް ކަމުގައި ވިޔަސް ލިއްބައިދޭންޖެހޭ ހައްގެކެވެ. އެ ހައްގު އަދާކޮށްދޭން ވެރިންގެ މައްޗަށް ލާޒިމެވެ. ސިއްހީ ހިދުމަތްތައް ތަރައްގީކޮށް އެ ހިދުމަތްތައް ފުރިހަމަ ކުރުން އެއީ ވެރިން ވާންޖެހޭ ވައުދެއް ނޫނެވެ. އެއީ ވެރިންގެ މައްޗައް ޝަރުއުކޮށް ރައްޔިތުންނަށް އަދާކޮށްދޭން ލާޒިމްވާ އަމާނާތެކެވެ.

ބޭސްފަރުވާކުރުމުގެ ހައްގު ފުރިހަމަ އަށް އަދާކޮށްދެވޭތޯ ވެރިން ބަލާންޖެހޭ ހިނދު ވެރިންގެ ފަހަތުން ބޭސްފަރުވާ އަށް ސަލާންޖަހަން ރައްޔިތުން ދާންޖެހޭނަމަ އެ ފަދަ ވެރިން އެތިބީ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަނެ އެ ފަދަ ހައްގުތަކުން ރައްޔިތުން މަހްރޫމް ކޮށްގެންނެވެ.
ވިސްނާލާށެވެ. ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނަކީ ރައްޔިތު މީހާގެ ހައްގު އަދާކޮށްދޭ އަދި ފުރިހަމަ ފަރުވާދެވޭ ތަންތަން ތޯ އަމިއްލަ ނަފްސާއި ސުވާލު ކުރާ ހިނދު ސިއްހީ ދާއިރާ އަށް ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައެވެ. ކުޑަމިނުން ގެންގުޅޭ ބޭސްފަދަ ތަކެއްޗަކީ އެންމެ ދަށް ފަންތީގެ ބޭސް ކަމާއި މެދު ސުވާލު އުފެދެއެވެ.

އަހަރަކު އެއްްތައް ފުރާނައެއް މިދުނިޔެ އާއި އަލްވަދާއު ކިޔަނީ ސިއްހީ ދާއިރާއިން ވާ އިހުމާލް ތަކުގެ ސަބަބަުންނެވެ.
ލޯބިވާ ތުއްތުދަރިފުޅާއި އަނބިމީހާ ވަކިވެ ދިއުމަކީ އެެއްވެސް މީހަކު އެދޭނެ ކަމަކަށް ނުވިޔަސް ސިއްހީ ދާއިރާގެ ފަރުވާކުޑަކަމުން މިފަދަ ހިތްދަތި އެތައް ތަޖްރިބާ ތަކެއް ރައްޔިތުން ކުރުން އެއީ ވެރިން ގެ ވާޖިބު އަދާ ނުކުރާ ކަމުގެ ދަލީލެކެވެ.