އެކާވީސް ވަނަ ގަރުނުގެ އެކްސްކަވޭޓަރުގަސް

އެކާވީސް ވަނަ ގަރުނުގެ އެކްސްކަވޭޓަރުގަސް

އެކާވީސް ވަނަގަރުނަކީ ދިވެހި ރާއްޖޭގައި އެކްސްކަވޭޓަރު ގަސް ފަޅައި އޭގެ ގަސް ހެދެންފެށި ގަރުނެވެ. ދުނިޔޭގެ ތާރީޚަށް މިއީ މުޅިން އައު ވާހަކައެކެވެ. އެކާވީސް ވަނަ ގަރުނުގައި ދިވެހިންގެ ރާއްޖެ އަކީ ތަރައްގީގެ ގިނަގުނަ މަޝްރޫޢުތަކެއް ފެށިފައިވާ ރާއްޖެއެއް ކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެރާއްޖޭގެ ރައީސް ރަށްރަށް ވަޑައި ގަންނަވަނީ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ މެޝަނަރީތައް ކޮޅުވެއްޓިއަކަށް ލައިގެން އެ ސާމާނާއެކުގައެވެ. އެރައީސް އެކަން އެގޮތަށް ކުރައްވަނީ ރައްޔިތުންނަށް އެރަށެއްގައި އެމަނިކުފާނު އެ ވިދާޅުވި މަޝްރޫޢު ފަށްޓަވަފިކަން ޔަގީން ކޮށްދިނުމަށްޓަކައެވެ.

އެމަނިކުފާ އަރާވަޑައިގަތް ކޮންމެރަށެއްގައި އެއަރޕޯޓެއް އަޅުއްވާދެއްވާނެ ކަމަށް ވިދާޅުވެއެވެ. އެހެން ކަމާއެކު އެ އެއަރޕޯޓު އަޅާނެ ބިން ހިއްކުމަށްޓަކާ ކޮންމެ ރަށަކަށް ދެ އެކްސްކަވޭޓަރު ގެންދަވައެވެ. އަދި ރައީސް ހުންނަވައިގެން އެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވައެވެ. މިގޮތުގެ މަތިން ގެންދެވޭ އެކްސްކަވޭޓަރުން މަސައްކަތް ކުރަނީ ހަމައެކަނި އެކްސް ކަވޭޓަރެވެ. އެއްވެސް އިންސާނަކު ނުހުރެއެވެ. އެހެން ކަމުން ކޮންމެ ރަށެއްގެ ގޮނޑުދޮށުގައި ވަނީ ދެ އެކްސްކަވޭޓަރު ގަސް އިންދަވާ ދެއްވާފައެވެ. މިދެންނެވި ދިވެހިންގެ ރާއްޖެއިން މިހާރުވެސް މިދެންނެވި އެކްސްކަވޭޓަރު ގަސްތައް އެކިރަށް ރަށުގެ ގޮނޑުދޮށުގައި ފަޅައި ހެދެމުންދާތަން ފެންނާން އެބަހުއްޓެވެ.

މިއީ އެކާވީސް ވަނަ ގަރުނުގެ ޢަލާމާތެކެވެ. ދިވެހިންގެ ރާއްޖެ ތަރައްގީ ކުރުމުގެ މަޝްރޫޢުތައް ހިންގަނީ ބާރުގަދަ ޖިންނި ފުރޭތައިން ލައްވައެވެ. އެހެން ކަމުން އެ މަޝްރޫޢުތައް ނިމޭނީ 2027 ވަނައަހަރުގެ ފަހުކޮޅުގައެވެ. އެހާތަނުން އެ މަޝްރޫޢު ތަކުގެ ޚިދުމަތް އެރާއްޖޭގެ ރައްޔިތުންނަށް ލިބިގެން ދާނޭ ކަމަށް ބުނެވެއެވެ. ދިވެހިންގެ ރާއްޖެއަށް ލިބޭހާ ފައިސާ ވެސް ވަނީ ގަސްފަޅުވަން މުޑުވައް ކުރެވިފައެވެ. ރައްޔިތުން މިއަދު ގަރުދިޔަބަތް ކައިގެން 2027 ވަނައަހަރު ނިމެންދެން މައިތިރިވެގެން ތިބޭށެވެ. އެއަހަރު ނިމޭއިރު ކޮންމެ ގެއެއްގެ ގިފިލީގައި ޑޮލަރު ގަހަކާއި ރުފިޔާގަހެއް ހުންނާނެއެވެ. ރައީސް މީހާ ވައްކަން ކުރައްވަނީ އެެއް ނޫނެވެ. ރައްޔިތުންގެ ޚަޒާނާގައި ހުރިއްޔާ ހުރިހާފައިސާއެއް ގަސް ފަޅުވަން މުޑުވައް ކުރައްވަނީ އެވެ.

ދިވެހިންގެ ރާއްޖޭގެ ރައީސް ވެ ވަޑައި ގެންނެވި ވަޢުދުތައް މާރަނގަޅަށް 2027 ވަނަ އަހަރު ނިމޭއިރު މުޅިން ނިމި  ރައްޔިތުން މަރުނެވެ ތިބިއްޔާ ފެނިގެން ދާނެއެވެ. މަސައްކަތް ކުރައްވަނީ ހުރިހާ ބަލިމީހުން މަރާ ހުސްކޮށް ސިގިރޭޓް ނުބޯ އާޖީލެއް އުފެއްދުމަށެވެ. އާސަންދައިން ޓީވީ ސްޓޭޝަނެއް އުފެއްދީ ރައްޔިތުން ހޭލުން ތެރިކޮށް އަބަދު ބޭސް ފަރުވާ ކުރަން ނުޖެހޭ ޖީލެއް އުފެއްދުމުގެ ބޭނުމުގައި ރައްޔިތުންނަށް ވިސްނައި ދިނުމަށެ. އެމް ޓީވީ ބަލާލުމުން ރައްޔިތުންގެ ހިތްތަކަށް އިބިލީސްވަދެ ހުރިހާ ޝައްކުތައް ފިލުވައި ލަދޭނެ ކަމަށް ވެއެވެ.

ރައްޔިތުންނަށް އޮޅުވާލައިގެން ވިއަސް 2027 ވަނައަހަރާ ހަމައަށް ސަރުކާރު ހިފެހެއްޓޭތޯ ރައީސް އެ ބައްލަވަނީ އެމަނިކުފާނު ޖިންނިފުރޭތައިން ލައްވާ އެ ހިންގާ މަޝްރޫޢުތައް ނިމޭނީ 2027ވަނަ އަހަރުގައި ކަމަށް ވީތީއެވެ. އެމަނިކުފާނުގެ ވަޢުދު ފުޅުގެ ތެދުދޮގު އެހާތާނގައި ރައްޔިތުންނަށް އެނގިގެންދާނެއެވެ. އޭރު އެރައީސް ފަހަރެއްގައި ފިއްލަވާވެސް ފާނެކަމަށް ބުނެވެއެވެ. ކޮންމެއަކަސް ވައްކަން ކުރަން ކުޅަދާނަ ބޭފުޅުން ދައުލަތުގެ އިސްމަގާމުތަކަށް އައްޔަން ކޮށް އެއުރެންލައްވާ ބައުތުލްމާލު އެދޮވެލަނީ ވައްކަން ކޮށްގެން އެ ނަގާ ހުރިހާފައިސާއެއް 2028 ވަނައަހަރު ރައްޔިތުންގެ އަތުން ވޯޓު ގަތުމަށް އެކަންޏެއް ނޫނެވެ. އަދި އެހެންވެސް ބޭނުން ތަކެއް އޮތުމާއި އެކުގައެވެ. އަތުގައި ހޭކެންޏާ ދަތުގައިވެސް ހޭކޭނެތާއެވެ.

އެއީ އެކަހަލަ ކަމެކެވެ. ވައްކަން ކުރުމުގެ ވިސްނުމަކު ނޫނެވެ. މުސްލިމް ރައީސަކު އޮޅުވާލައިގެން ކުރިއަސް ފާޅުގައި ވައްކަން ނުކުރާނެތާއެވެ. ރައްޔިތުންނަށް އެކަންކަން އެނގެނީ ފާރަލައިގެން ބަލާތީ ނޫންހެއްޔެވެ. ފާރަލުމަކީ ދީން ހުއްދަ ކުރާކަމެއް ނޫން ވިއްޔާއެވެ. މީޑިއާ އުލުބައިންދަން ފާސްކުރި ބިލް ތަސްދީގު ކޮށްގެންވެސް ވީކަމެއް ހަރާމެވެ. މިސަރުކާރަކީ އަލާއުއްދީނުގެ ވޮށްގަނޑުން ކަންކަން ކުރައްވާ ޖާދޫގެ ސަރުކާރެކެވެ.

ދިވެހިން ބުނާގޮތުން އެކާވީސް ވަނަ ގަރުނުގައި ރާއްޖޭގެ ވެރިކަންބަނޑުދަށުލައިގެން ހުރީ ވިގަންޏެކެވެ. އެ ވިގަނީގެ ބަނޑުދަށުން ރައްޔިތުން ސަލާމަތް ކޮށް ދިނުމަށް ޙަކީމް ދީދީފަދަ ކުޅަދާނަ ސިހުރު ވެރިއެއްގެ އެހީ ރައްޔިތުންނަށް ބޭނުން ވެއެވެ.