ދޫނިރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެންމެ ތަރައްގީވެފައިވާ ގައުމު

ދޫނިރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެންމެ ތަރައްގީވެފައިވާ ގައުމު

މީލާދީ ސަނަތުން 2023 ވަނަ އަހަރަކީ ދޫނިރާއްޖޭގެ ވެރިކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އިގްތިޞާދީ މާހިރު ވަޑައިގެންނެވި އަހަރެވެ. އެމަނިކުފާނަކީ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި އިޚުލާޞްތެރިކަމުގެ ނަމޫނާ ވެރިއެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު އޭގެ ކުރިން އެރާއްޖޭގައި ވެރިކަން ކުރިފަރާތްތަކުން ގައުމުވަނީ އިނދަޖައްސާލާ ލޫޓުވާލާފައެވެ. ނަމަވެސް ދެއަހަރު ދުވަހުގެ ތެރޭގައި އެ ރާޖޭގެ ރައްޔިތުން ތަޙަންމަލް ކުރަންޖެހުނު އެންމެހައި ކަންކަން ޙައްލުކޮށް އެރާއްޖޭގެ ރައްޔިތުން ހެއްވާލަ ދެއްވިއެވެ. ރާއްޖެއަށް މި ލިބުނު ވެރިއަކީ ރައްޔިތުންނަށް ﷲ ފޮނުއްވި އިލާހީ ރަޙުމަތެއްކަމަށް ރައްޔިތުން ތިބީ ގަބޫލު ކޮށްގެންނެވެ.

ދޫނިރާއްޖޭގެ އާބާދީ އަކީ ވަރަށްކުޑަ އާބާދީއަކަށް ވީނަމަވެސް ދޫނިރާއްޖޭގެ ރަށްތަކަކީ ރީތިކަމާއި ގުދުރަތީ މުއްސަނދިކަން އެކުލެވިފައިވާ ދުނިޔެމަތީ ސުވަރުގެއެއްފަދަ ފުރިހަމަ ރަށްތަކެކެވެ. ދޫނިރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި އިގްތިޞާދީ މާހިރުގެ ތަނަވަސް ވިސްނުންފުޅުގެ ތެރެއިން ދޫނިރާއްޖެ ހަތްސަރަހައްދަކަށް ބައްސަވާ އެއިން ކޮންމެ ސަރަޙައްދެއްގައި ބައިނަލް އަގުވާމީ ވައިގެ ބަނދަރުތައް ވަނީ އަޅުއްވާ ދެއްވާފައެވެ. އެހެން ކަމާއެކު މުޅިރާއްޖޭގައި ފަތުރުވެރިކަން ފުޅާވެ ރައްޔިތުންގެ ޖީބުތަކަށް ޑޮލަރުއެޅި ޑޮލަރުގެ އަގު ތިރިވެ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.

ދޫނިރާއްޖެއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ޑޮކްޓަރުން މަސައްކަތް ކުރާ މަންޒިލެވެ. ދޫނި ރާއްޖޭގެ ކޮންމެ ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލެއް ބިނާ ކޮށްދެއްވާފައިވާއިރު ޔޫރަޕުންވެސް ބޭސްފަރުވާއަށް އަންނަނީ ދޫނިރާއްޖެއަށެވެ. ދޫނި ރާއްޖެއަކީ ޢަދުލު އިންޞާފުގެ ރޮނގުންވެސް ކުރިއަރާފައިވާ ރާއްޖެއެކެވެ. ދުނިޔޭގެ ނިސްބަތުން މަހުޖަނުން އެންމެ ގިނަ ގައުމުތަކުގެ ލިސްޓުން ތިންވަނަހޯދާފައިވެއެވެ. އެހެން ކަމުން ދޫނިރާއްޖޭގައި ފަގީރުން ނުތިބޭނެއެވެ. ރައްޔިތުންނަށް ހިލޭ ބޯހިޔާވަހިކަމާއި ހިލޭ ބޭސްފަރުވާ ލިބެމުން ދެއެވެ. ދޫނިރާއްޖޭގެ ސްޕާގެ އިތުރުން ޓީވީ ސްޓޭޝަންތަކުންވެސް ބޭސްފަރުވާގެ ފައިސާ ލިބެއެވެ. ވެރިމީހާގެ ޓީވީސްޓޭޝަންގެ ކަންކަން ހަމަޖައްސައިނީވެސް ބޭސްފަރުވާއާބެހޭ ސްޕާއިންނެވެ.

މި ފަސް އަހަރު ނިމޭއިރު ޙައްޖަށް ދާމީހުނަށްވުރެ ރާއްޖެއަށް ޖަމާވާ ފަތުރުވެރިން ގިނަވާނޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ. ދޫނިރާއްޖޭގައި ވޯލްޑް ކަޕަށް ކުޅޭ ފެންވަރުގެ ސަތާރަ ދަނޑު ސަތާރަ އަތޮޅުގައި ބިނާކުރެވުފައިވެއެވެ. އަދި ނުހަނު ގިނަ ފުޓުސެލް ދަނޑުތަކާއި މަލްޓިޕާޕަސް ހޯލްތައް ވަނީ ކޮންމެރަށެއްގައި ގާއިމްކޮށްދީފައެވެ. ދޫނި ރާއްޖޭގައި ޢަމަލު ކުރަނީ އިސްލާމީ ޝަރީޢަތެވެ. މަރަށްމަރުހިފައި ޤިޞާޞް ހިފުމަކީ ދޫނިރާއްޖޭގެ ރައީސްގެ އެދިވަޑައިގަތުމެކެވެ.

ދޫނިރާއްޖޭގައި ދަރިވަރުންނަށް ކިޔަވައިދެނީ ސަރުކާރުގެ އެހީގައެވެ. މަތީތަޢުލީމު ދެނީވެސް މުޅިން ހިލޭއެވެ. ދޫނި ރާއްޖެވަނީ ދުނިޔޭގެ ފެންވަރުގެ ބުރިޖުތަކުން ގުޅާލެވިފައެވެ. މިއަަހަރު ނިމޭއިރު ދުނިޔޭގެ ބިލިއަނަރުންނަށް ޚާއްޞަކުރެވިގެން ހަދާ ލަގުޒަރީ ފުށި ދިއްގަރު ނިމި އެރާއްޖޭގައި ބިލިއަނަރުން ވަޒަންވެރިވާން ފަށާނެއެވެ. ދޫނިރާއްޖެއަށް ޒިޔާރަށްކުރާ ފަތުރުވެރިންގެ ޢަދަދު މިއަހަރުއެކަނިވެސް ބިލިއަނަކަށް އަރައެވެ. އެހެން ނުވާންވީ ސަބަބެއްވެސްނެތްތާއެވެ.

ދުނިޔޭގައި ފުރަތަމަ ގާއިމުކުރެވުނު އަންޑަރވޯޓަރ ބިއްލޫރި ޓަނަލްވެސް އޮތީ ދޫނިރާއްޖޭގައި ވިއްޔާއެވެ. ދޫނިރާއްޖޭގެ ރައްޔިތުން ރަށްރަށަށް ދަރުތުރުކުރަނީ ވައިގެމަގުންނެވެ. ކޮންމެރަށެއްގައި ވެސް އެއަރޕޯޓެއް އޮވެފައި ސަރުކާރުން ވަނީ ރަށްރަށަށް މަތިންދާ ބޯޓުފަހަރު ގަނެދީފައެވެ.

ސަަރަހައްދީ ހޮސްޕިޓަލް ތަކަށް ރައްޔިތުން އުފުލާ އެއަރ ބަސް މަރުކާގެ އެތައްބޯޓެއް ދޫނި ރައްޖޭގައި އޮވެއެވެ. ދޫނި ރާއްޖޭގެ މުޅި އާބާދީގައި ހިމެނޭ އަށާރަ އަަހަރުން މަތީގެ އެންމެނަށް ވަޒީފާގެ ފުރުޞަތު ދެވިފައިވެއެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށްވެސް ވަނީ އިންގިލާބީ ބަދަލުތައް ގެނެވިފައެވެ. ރޭގަނޑު މަސްބާނާ ޓެކްނޮލޮޖީ ތަޢާރުފުކޮށް ދުވާލު ވަޒީފާގައި އުޅުމަށްފަހު ރޭގަނޑު މަސްބާނަން ދަނީ އެވެ. އެހެން ކަމުން ދޫނިރާއްޖޭގެ ރައްޔިތުންގެ އެކައުންޓްތައް މިހާރު ވަނީ ފުރިފައެވެ. ކޮންމެ ދޫނިރައްޔިތެއްގެ އަތުގައި ބެންޒު ކާރާއި ޖެޓު ޔޮޓު އޮވެއެވެ. އޮފީހުގެ މަސައްކަތް ކަނޑުމަތީގައި އާއި ވައިގެތެރޭގައިވެސް ފުރިހަމަ ކުރެވޭގޮތަށް ސަރުކާރުގެ ސިސްޓަމް ވަނީ ފަރުމާކޮށްފައެވެ.

އަންނަ އަހަރު ދޫނި ރާއްޖެއަށް ފަސްބިލިއަން ފަތުރުވެރިން އަންނާނޭ ކަމަށް ހިސާބުތަކުން ދައްކައެވެ.