ކަކުނިރާއްޖޭގެ ވާހަކަ

ކަކުނިރާއްޖޭގެ ވާހަކަ

ކަކުނިރާއްޖެއޭ ކިޔާ ޖަޒީރާ ގައުމެކެވެ. އެރަށްތަކުގެ އަހުލުވެރިން ކަކުނިރާއްޖޭގެ ވެރިކަން ކުރާ ރަށަށް ހިޖުރަކުރަމުންދާ ދިއުން މަދު ކުރުމަށްޓަކާ އެޖަޒީރާ ރަށްތައް ލާމަރުކަޒީ ނިޒާމަކުން ގުޅުވައި އެރަށްތަކުން މައިސަރުކާރަށް ބަރޯސާވަމުން ދިޔަ ދިއުން ނިމުމަކަށް ގެނެސް އެރަށްތައް މިދެންނެވި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިންގުމުގެ ބާރު އެރަށްތަކުގެ ކައުންސިލް ތަކަށް ދޫކޮށްލުމަކީ ގާނޫނުސާސީގެ އަމާޒެވެ.

މި ނިޒާމަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ޒަމާންތަކެއްވަންދެން މަޝްވަރާކޮށް ރަށްރަށުގެ ރައްޔިތުން އެދިގެން ނިންމި ނިންމުން ތަކެކެވެ. މި ނިންމުންތަކުގެ ސަބަބުން ރަށްތަކުގެ ރައްޔިތުން މިނިވަންކަމާއި އެކު އަމިއްލަވަޒަނުގައި ތިބެގެން ޒަރޫރީ ބޭނުންތައް ފުއްދައި ލޯކަލް ޓޫރިޒަމުގެ ވިޔާފާރި ފުޅާދާއިރާއެއްގައި ހިންގައި ރައްޔިތު މީހާގެ ޖީބަށް ޑޮލަރާއި ރުފިޔާ އަޅައިދެއެވެ. އޭގެ އިތުރުން ރަށްރަށުގައި އެރަށްރަށުގެ ރައްޔިތުންގެ ނަމުގައި ވިޔާފާރި ކޮމްޕެނީ ހިންގައި އެރައްޔިތުގެ ތަނަވަސްކަމާއި އުފާފާގަތިކަން އިތުރުވެ ރައްޔިތުމީހާ ތަރައްގީ ވެދެއެވެ.

ރައްޔިތުމީގާ ތަރައްގީވުމަކީ އޭނާ އަމިއްލަ ގެދޮރުގައި މިނިވަން ކަމާއެކު މީހަކަށް ނުދަރާ އެނާގެ ޙަލާލު މަސައްތުން ކައިބޮއި އޮނުއޮރިޔާން ފިލުވައި އަމިއްލަ ފައިމައްޗަށް ހިންދެމި ލެވުމެވެ. ހިލޭ ބޭސްފަރުވާ އާއި ހަރުދަނާ ނިޒާމަކުން ރައްޔިތުމީހާގެއަތްމަތި ތަނަވަސް ވެގެން ދިއުމެވެ. އަދި ދައުލަތުގެ ބައިތުލްމާލުން ރައްޔިތުމީހާއަށް ޙައްގުވާ މިންވަރު ރައްޔިތުމީހާގެ ޖީބަށް އަޅައިދިނުމަކީ ވެސް ފެހި ގާނޫނުއަސާސީގެ އެއްމަގުޞަދެވެ.

ކަކުނި ރާއްޖޭގެ ރައީސަކީ ސަރުކާރެއް ހިންގޭ ވަރުގެ ކެޕޭސިޓީ ހުރި ބޭފުޅެއްނޫނެވެ. ކަކުނިރާއްޖޭގެ މިހާރުގެ ރައީސްގެ ވިސްނުންހުރީ ނަތަންޔާހޫއާއި އެއްގޮތަށެވެ. ނަތަންޔާހޫ ކުރައްވާކަމެއް ކުރައްވަނީ އޭނާ ބުނާގޮތުންނަމަ އެގައުމުގެ ރައްޔިތުންގެ ޙައްގުގައެވެ. އެހެނަސް ކަކުނިރާއްޖޭގެ ރައީސް މަސައްކަތް ޕުޅުކުރައްވަނީ ނަތަންޔާޙޫ ފަލަސްތީނުގެ ރައްޔިތުންނާއި މެދު ކަންކުރާގޮތަށެވެ. އަދި ސަރުކާރުވެސް ހިންގަވަނީ ގޭންގު ސިސްޓަމެއްގެ ތެރެއިންނެވެ.

ކަކުނި ރާއްޖޭގެ ވެރިކަމަށް އެރާއްޖޭގެ ރައްޔިތުންނަށް ގެނެވުނީ ފަސްބައި ކިލާ ވައްކަމުގެ މާޒީއެއް އޮތް ރަތްލާޖެހި ބޮޑުވަގެކެވެ. އެހެން ކަމުން ވައްކަން ކުރަން ފަސޭހަވާނޭ ހުރިހާ މަގުތަކެއް އެ ވަގުކަލޭގެ ވަނީ ހުޅުވާލާފައެވެ. އެގޮތުން ދައުލަތުގެ ތިންބާރުގެ ތެރެއިން ދެބާރު ގަނެލިއެވެ. އަދި ދައުލަތުގެ ހުރިހާ މިނިވަން މުވައްސަސާތައް ވަގުކަލޭގެ ބާރުގެ ދަށަށް ގެނެސް ވަގުރައީސް ކުރާ ހުރިހާ ވައްކަން އެވަނީ ފޮރުވާފައެވެ. ކަކުނި ރާއްޖޭ ބައިތުލްމާލަށް ވަންނަ މާލީ ތަނަވަސް ކަން ދިހަބައިކޮށް އޭގެ ތެރެއިން ނުވަބައި ހޭދަ ކުރަނީ ސަރުކާރު ދެމެހެއްޓުމަށާއި ގަނެފައިވާ ދައުލަތުގެ ދެބާރަށާއި ވައްކަން ފޮރުވުމަށެވެ.

އެހެން ކަމުން ކަކުނި ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުގެ ތެރެއިން ޚަރަދު ކުރަން ހުރީ އިސްވެ ދެންނެވުނު ދިހަބައި ކުޅަ އެބައެވެ. މިބަޔަކީ ބޭސްފަރުވާއާއި އެރާއްޖޭގައި ފަށާފައި ހުރި މަޝްރޫޢުތަކާއި އަލަށް ފަށަން ނިންމާފައި ހުރި މަޝްރޫޢުތަކުގެ އިތުރުން ރައްޔިތުންގެ ކެއުމާއި ބުއިމަށް ހޭދަކުރަން ވެސް ހުރި ބައެވެ.

ކަކުނިރާއްޖޭގައި އިސްރަށްވެހިންނަށާއި ނުކުޅެދޭ މީހުންނަށާއި އެކަނިވެރި މައިންނަށް ހޭދަކުރަން ވެސް ހުރީ މިދެންނެވި ދިހަބައިކުޅަ އެއްބައެވެ. ކަންމިހެން ހުރިއިރު ރައްޔިތުން އެދޭ ކަންކަން ކުރާނޭ ފައިސާއެއް ދައުލަތުގެ މާލިއްޔަތުގައި ހުންނާނެތޯއެވެ.

ވަގުކަލޭގެ ރައްޔިތުންގެ ގާތުގައި ދޮގުހަދަން ޖެހެނީ ރައްޔިތުން އެދޭ އެއްވެސް ކަމެއް ކޮށްދޭނޭ މާލީތަނަވަސް ކަން ކަކުނިރާއްޖޭގެ ދައުލަތުގެ މާލިއްތަތުގައި ނެތީމައެވެ. އެހެން ކަމުން ކަކުނިރާއްޖޭގެ ފަސްމާވަލު ރައީސް ވެރިކަން ދިފާޢު ކޮށްރައްޔިތުން ނަޖިސްރޯނުގައި ޖައްސަން ބޭނުން ކުރަނީ އަނގައެވެ. ދުލަށް އައިހައި ދޮގުހަދައިގެންނެވެ.

ރައްޔިތުން އެދޭ ކަންކަމާއި ރައްޔިތުން ވާވައްދަން ކުރާ ކަންކަން ކުރަން ޖެހެނީވެސް އަނގައިންނެވެ. ވަގުރައީސުގެ ވެރިކަމުގެ ފަސްއަހަރު އަނގައިން ނިންމާލެވޭނޭ ކަމަށް ކަކުނިރާއްޖޭގެ އެރައީސް ހީކުރެއެވެ.

ކަކުނިރާއްޖޭގެ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ވެރިންނާއި ފަސްމާވަލު ރައީސްވަނީ ވައްކަން ކުރުމުގެ ސަގާފަތެއް ބިނާކޮށް ފަސްއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް ކައި ހުސްކުރުމަށްފަހު ފިލަން ރާވާފައެވެ. ކަކުނިރާއްޖޭގެ ސަރުކާރު ވުޖޫދުވިއިރު އެކައުންޓުގައި ލޯލާރިއެއްވެސް ނެތް އެތައްސަތޭކަ ވެރިންގެ އެކައުންޓުތަކަށް ވަނީ މިލިއަނުން ފައިސާޖަމާކޮށް ފުރާލާފައެވެ. އެއީ ރައްޔިތުންގެ ފައިސާއެވެ. މައިންބަފައިންގެ ތަރިކަ ބަހައިގެން ލިބުނު ފައިސާއެއްނޫނެވެ.

ކަކުނި ގޭންގު ސަރުކާރުގެ ވެރިންނަކީ މާޒީވެ ދިޔަ ކަކުނިރާއްޖޭހެ ސަރުކާރު ތަކުގެ އިސްމަގާމު ތަކުގައި ތިބެގެން ދައުލަތް ނޮޅާލި ބޮޑެތި ވަގުންނެވެ. އެހެންކަމުން ހުރިހާވަގުންތައް ވަނީ އެބައިމީހުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލްތައް ތަޙުގީގު ނުކުރެވޭ ގޮތަށް ކަކުނިރާއްޖޭގެ ތަޙުގީގީ އިދާރާތަކާއި ފަނޑިޔާރުގެ އެބައިމީހުންގެ ސީދާ ބާރުގެ ދަށަށް ގެނެސް ވާކޮށްލާފައެވެ. އެހެން ކަމުން ކަކުނި ރާއްޖޭގެ ވެރިކަން އަވަށްޓެރި އެހެން ގައުމުތަކުގެ ރައްޔިތުންގެ ބަދަލުކުރިހެން އެރައްޔިތުން ކިބައިން ހިއްވަރު ހޯދައި ބަދަލުކުރާން ޖެހެއެވެ. ކަކުނި ރާއްޖޭގެ ވެރިކަން ފަސާދަވެ ރައްޔިތުން ބިކަޙާލުން ސަލާމަތް ކުރެވެން އޮތީ ކަކުނި ރާއްޖޭގެ ވެރިކަން ބަދަލު ކޮށްގެނެވެ.

އެހެންކަމާއެކު ހިހޫތަނުން ކާން ނުތިބެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތައް އެއްގަލަށް އަރައި ކަކުނިރާއްޖެއަށް ކުރިމަތި ވެފައިވާ ވަބާއިން ސަލާމަތް ކުރަން އަތުގުޅާލަން ޖެހެއެވެ.