ގައުމާ ރައްޔިތުންގެ ޙައްގުގައި މުޅި ޒުވާން ޢުމުރު ޖަލުގައި
ގ.ކެނެރީގެ މުޙައްމަދު ނަޝީދު ( އަންނި ) އަކީ އަމިއްލައެދުން ދޫކޮށް ދިވެހި އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި އެމަނިކުފާނުގެ މުޅި ޒުވާން ޢުމުރު ޖަލުގައި ހޭދަކުރެއްވި ހިއްވަރު ގަދަ ބަތަލެކެވެ. މިގައުމުގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދަކީ އެ މަނިކުފާނު ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި ކުޑަދުވަސް ކޮޅުގެ ތެރޭގައި މުޅި ދިވެހި އުންމަތް ފަޚުރުވެރިވާފަދަ އެތައް އެތައް ޚިދުމަތެއް ރައްޔިތުންނަށް ކޮށްދެއްވި ހަނދާނުން ފޮހެނުލެވޭ ވަރުގެ ޝަޚުޞިއްޔަތެކެވެ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާ ބިލްތަކާ ދެކޮޅަށް ވާހަކަ ދައްކަވަން ކެރިވަޑައިގެންނެވި ފުރަތަމަ މެންބަރަކީވެސް ޚުދު ރައީސް ނަޝީދެވެ.
އެމަނިކުފާނަށް އޭރުގެ ސަރުކާރުން ނުދެއްވާ އަދަބެއް ނެތެވެ. އެހެނަސް އެސަރުކާރުން އެމަނިކުފާނަށް ދެއްވި އެއްވެސް އޮފަރއެއް ގަބޫލުފުޅު ނުކުރައްވައެވެ. އަދި ދެމުންގެންދިޔަ އަދަބަކަށް ޖެހިލުމެއް ނުވެއެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ އެތަށް ޓޫރިސްޓް ރިސޯޓު އޮޕަރޭޓް ކުރެއްވި ތަނަވަސް ބޭފުޅެކެވެ.
އެމަނިކުފާނު ރައްޔިތުންގެ ޙައްގު ކުރިއަށް ނެރުއްވާ އޭރުގެ ސަރުކާރުގެ އަޅުވެތިކަމުން ރައްޔިތުންސަލާމަތް ކުރުމުގެ ޢަޒުމް ކަނޑައެޅުއްވާ ޖާނާ މާލުން ގުރުބާންވެ ވަޑައިގަތެވެ. އެއްމެ ރައްޔިތަކު އެފަދަ އަނިޔާވެރި ސަރުކާރެއް އިނދަޖައްސާލަން ނުކުތުމުން އެމަނިކުފާނަކީ މޮޔަފުޅު ބޭފުޅެއްކަމަށް ސިފަ ކުރަމުންދިޔަ ބޭފުޅުން ވެސް ނުހަނު ގިނަގުނައެވެ.
އެހެނަސް ބަޔަކު ދައްކާވާހަޖައަކަށް ކިޔާއެއްޗެއްސަކަށް ސަމާލުކަން ނުދީ އޭރުގެ ސަރުކާރުން އެމަނިކުފާނަށް ކުރަމުންދިޔަ އަނިޔާތަށް ތަޙައްމަލް ކުރައްވަމުން ކުރިއަށް ވަޑައިގަތީ މިގައުމުގެ ރައްޔިތުން އުޅެންޖެހިފައިވަ އެތަކެއް ދަތިޙާލުން ސަލާމަތް ކޮށްދިނުމުގެ މަތިވެރި ޢަޒުމުގައެވެ.
ޖަލުގައާއި އިނގިރޭސި ވިލާތަށް އަރުވާލެވިގެން ސަތާރައަހަރަށްވުރެ ގިނަދުވަހު އެމަނިކުފާނު ކުރެއްވި މަސައްކަތް ޕުޅަކީ މިގައުމުގެ ރައްޔިތުން އަޅުވެތިވެފައިވާ އަޅުވެތިކަމުގެ ހިލިހިލާ ރައްޔިތުންގެ ހަތަރެސް ފައިން ނައްޓުވައި ދެއްވުމެވެ. އޭރު ރައްޔިތުން ތިބެންޖެހިފައިވަނީ އަނގަބަންދު ކޮށްގެން ޙާޖަތް ފުއްދުމަށް ބޮޑުންނާ ސަރުކާރަށް ސަލާމްޖެހުމުގައެވެ. ދުލާއި ގަލަމުގެ މިނިވަންކަމެއް ނެތެވެ. ރައްޔިތުން ތިބީ ރަށުބަންދުގައެވެ.
ބޭސްސިޓީއާއި ފޮތްލިސްޓަށް ސަލާމް ޖަހަ ޖަހައެވެ. އެކަނިވެރި މައިންނާ ނުކުޅެދުން ތެރިކަން ހުރި އެންމެން ތިބީ އުކާލެވި އަޅާލާނެ ވާލެއް އިޔާރެއް ނެތިފައެވެ. ޢުމުރުން ދުވަސްވީ މާމަޔާއި ކާފަ ވަނީ ގޭކޮޅުގައި ހުންނަ ކޮޅުފިލާ ގޮނޑިއަކަށް އެއްލާލާފައެވެ.
ދައުލަތަށްލިބޭ އާމްދަނީ އިން ރައްޔިތު މީހާއަށް ހައްގުވާ މިންވަރު ނުލިބެއެވެ. ނިކަމެތި މީހަކަށް ބޮޑުބައްޔެއް ޖެހިއްޖެ ނަމަ ބޭސްފަރުވާ ނުލިބި މަރުވަމުން ދަނީއެވެ. މިފަދަ ނިކަމެތި ޙާލުގައި ރައްޔިތުން ތިބިއިރު ސަރުކާރުން ބޭކާރު ޚަރަދުތައް ކޮށް ނުފޫޒުގަދަ ބޭފުޅުންނާއި ސަރުކާރުގެ އިސްފަޑީގައި ތިއްބެވި ވެރިން ގެންދެވީ ދައުލަތުގެ މާލީ ތަނަވަސް ކަމުގެ ނާޖާއިޒު ފައިދާ ނަންގަވަމުންނެވެ. އެހެނަސް މިއިން ވާހަކައެއް ރައްޔިތަކަށް އޮޅުމަކުން ދެކެވުނަސް އެ ރައްޔިތަކު އޮންނަން ޖެހެނީ ޖަލުގެ ކުޑަގޮޅީގައެވެ. މިފަދަ ހިތްދަތި ޙަޔާތެއަ ވޭތުކުރަމުންދިޔަ މި ގައުމު ބައިނަލް އަގުވަމީ ސަމާލުކަމަށް ގެނެސްދެއްވި ބަތަލަކީ ރައީސް ނަޝީދު އެވެ.

އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އެނޫން ގޮތެއް ނެތީމައެވެ. އެދުވަހު އެމަނިކުފާނު އިސްތިއުފާ ނުދެއްވިނަމަ މާލޭގައި ހިނގާނެ ހަމަނުޖެހުންތަކާއި ގައުމަށް ވެދާނޭ ދެރަގޮތްތައް ނުވިސްނޭ ބަޔަކު ރައީސް ނަޝީދު އަމިއްލަފުޅަށް އެއްވެސް މަޖުބޫރުކަމެއް ނެތި އިސްތިއުފާ ދެއްވިކަމަށް ބަޔަކު ބުނިނަމަވެސް އެއީ ރަނގަޅުވާހަކައެއް ނޫނެވެ. ބަޑިގުދަނުން އެތަކެއްހަތިޔާރު އޭރުވީ ބޭރުވެފައެވެ. އަދި އެހަތިޔާރުތައްހުރީ ޢާންމުންގެ އަތުގައެވެ. އަދި ކަރަންޓް މުގުރާއި ޕެޕަސްޕްރޭ ފަދަ ތަކެތިވެސް ސަރުކާރު ވައްޓާލަން ނެރުނު މީހުންގެ އަތަށް ވަނީ ދީފައެވެ. އެހެން ކަމުން އެދަނޑިވަޅު ރައީސް ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ އެތައް ލޭއޮހުމެއް ހިނގާ އެތައްރައްޔިތުން މަރުވެ ނުހަނު ދެރަގޮތްތައް މިގައުމަށް ދިމާވީހެވެ.
ޢާންމުންގެ އަތަށް ހަތިޔާރު ދީ ގައުމުގެ ވެރިކަން ލޭއޮހުވައިގެން ވިޔަސް އަތުލަން ބޭނުންވި ބަޔަކު ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. އެދުވަހު ބައެއްސިފައިންނާ ބައެއް ފުލުހުން ތިބީ ހަމައިންބޭރުގައެވެ. މާލޭގެ މަގުމަތިން ފެނިގެން ދިޔަ ލާއިންސާނީ ޢަމަލްތައް ހަމަލޮލުން ބަލައިފިމީހަކަށް މިދެންނެވި ފަރާތްތަކުން ނުކުރާނީ އެވެނިކަމެކޭ ނުބުނާނެއެވެ. ލަދެއް ބިރެއް ޙަޔާތެއް ނެތެވެ. އެހެން ކަމުން 2012 އަހަރުގެބފެބުރުވަރީ މަހުގެ 07ވަނަ ދުވަހު މިގައުމުގައި ކުރީ ބަޣާވާތެއް ކަން އެއީ ދެބަސް ވެވެން ނެތް ޙަގީގަތެވެ.
