ރާއްޖޭގެ ކަނޑުން އެމެރިކާއަށް 30 އިންސައްތަ ވިއްކާލަނީ
ރާއްޖޭގެ މަސްވެރިން މަސްބާނަމުން އަންނަ ކަނޑުގެ ސަރަޙައްދުން %30 އިންސައްތަ ކަނޑު އެމެރިކާއަށް 800 މިލިއަން ޑޮލަރަށް ވިއްކާލަން ދައުލަތުން ނިންމާފައިވާ ކަމަށް ހަބަރު ލިބެއެވެ. 30 އިންސައްތަކަނޑު އެމެރިކާއަށް ވިއްކާލަން ނިންމަވާފައިވަނީ ރާއްޖޭގެ މަސްވެރިންނަށް އެ ވިއްކާލާ ސަރަޙައްދުގައި މަސްވެރިކަން ނުކުރެވޭ ގޮތަށް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. މިއީ ރާއްޖޭގެ މަސްވެރި ކަމުގެ ސިނާޢަތަށް ނުހަނު ބޮޑު ގެއްލުންވެ މަސްވެރިންނަށް އިޢާދަ ނުކުރެވޭ ވަރުގެ ބޮޑު ގެެއްލުމެއްލިބި މަސްވެރި ކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ކަމަށް ރާއްޖޭގެ މަސްވެރިން ބުނެއެވެ.
މިސަރުކާރު އައުމާއެކު ރާއްޖޭގެ މަސްވެރިން 25 ރުފިޔާއަށް ވިއްކަމުން ދިޔަ މަސްކިލޯ މިސަރުކާރުން ވަނީ 14 ރުފިޔާއަށް ތިރިކޮށްފައެވެ. އެހެން ކަމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އެ ދަނީ އިޢާދަ ނުކުރެވޭ ވަރުގެ ބޮޑުގެއްލުން ލިބެމުންނެވެ. ކަން މިހެން ހުރުމާއެކު ރާއްޖޭގެ މަސްވެރިންނަށް މަޑުން ތިބެވޭކަށް ނެތް ކަމަށާއި މި ސަރުކާރުގެ އެ ނިންމުންތަކަށް ރައްޔިތުން ނުކުމެ ނޫނެކޭ ބުނަން ޖެހިފައިވާ ކަމަށް މަސްވެރިން ވަނީ ގޮވާލާފައެވެ.
ދިވެހި މަސްވެރިން މަސްވެރިކަން ކުރަނީ ތިންވަނަޖީލުގެ ބޮޑެތި މަސް އޮޑިފަހަރުގައެވެ. އެހެން ކަމާއެކު ބާނާ މަހަށް ހަމަ އަގު ނުލިބުމާއި މަސްބާނަން ދާންޖެހެނީ އެ ދުވަސްވަރަކު އެންމެ މަސްވެރިކަން ރަނގަޅު އަތޮޅުތަކަށް ކަމަށް ވުމުން ދުރު އަތޮޅު ތަކަށް މަސްބާނަން ދެވޭ ވަރަށް ތެޔޮނުލިބުގެ ސަބަބުނަ އޮޑިވެރިން އެބައިމީހުންގެެ މަސްދޯނިފަހަރު ފަޅުގައި އަޅަން ޖެހިފައިވާ ކަމަށް އޮޑިވެރިން ބުނެއެވެ.
މަހުގެ އަގު ދައްވުމާއި މަހަށްދާން ބޭނުންވާ މިންވަރަށް މަސްދޯނި ފަހަރަށް ތެޔޮދޫނުކުރުމުގެ ސަބަބުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ނުދެވޭ ކަމަށްވެސް މަސްވެރިން ބުނެއެވެ. އަދި ކުރިން 2 ޓަނު މަސް ބާނައިގެން މަސްދަތުރެއްގެ ޚަރަދު ފޫބެއްދޭ ކަމަށާއި މިހާރު ދަތުރެއްގެ ޚަރަދު ފޫބެއްދެނީ މަދުވެގެން 6 ޓަނު މަސް ބޭނިގެން ކަމަށްވެސް މަސްވެރިން ބުނެއެވެ.
ލޮބުވެތި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ކަނޑައަޅާފައި ތިބި ރައްޔިތުންގެ މަންދޫބުންނޭވެ. ރައްޔިތުންގެ ފައިދާ އަށް ވިސްނާން އެބަ ޖެހެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތިރީސް އިންސައްތަ އެމެރިކާއަށް ވިއްކާލަން އެނިންމި ނިންމުމާއި ދެކޮޅަށް ރާއްޖޭގެ މަސްވެރިންނާއި ރައްޔިތުންގެ ޙައްގައްޓަކާ ވަކާލާތުކޮށް ސަރުކާރުގެ އެ އަނިޔާވެރި ނިންމުން ތަންފީޒު ވިޔަނުދީ އެނިމުން ބާތިލް ކޮށް ދެއްވުމަށް މަސްވެރިން އެދަނީ ހަރު އަޑުން ރޮއި އާދޭސް ކުރަނުންނެވެ.
ރާއްޖޭގެ ކަނޑަކީ ރައްޔިތުންނަށް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތް ތަކުގެ ތެރެއިން އެއް ނިޢުމަތް ކަމަށާއި އަދި އެެއީ ރާއްޖޭގެ ރައްޔިތުންގެ ބަނޑުފުރާނަ ސަލާމަތް ކޮށްދޭ ވަސީލަތް ކަމަށް ވުމުނ، ރާއްޖޭގެ ކަނޑު ވިއްކާލައި ވެރިންގެ ޖީބުތައް ފުރާލުމުގެ ފުރުޞަތު ދިނުމަކީ ގޯހެކެވެ. ޚުދު ރައީސް މުޢިއްޒު މިކަން ބައްލަވައިދެއްވައި ހައްލު ހޯދައިދޭން އެބަޖެހެއެވެ. ރާއްޖޭގެ އިގުތިޞާދީ ލޭ ނާރަކީ މަސްވެރި ކަމެވެ. ރާއްޖޭގެ އޮޑިވެރިން ބަނދެ ކަނޑަށް ބާލާފައި އެވާ ހައެއް ނުވަތަ ހަތްސިލިންޑަރުގެ އިންޖީނު އެޅި މަސްދޯނިފަހަރަކީ 70 ޓަނާއި 80 ޓަނުގެ މަސް ރައްކާކުރެވޭ ވަރުގެ ބޮޑެތި މަސްދޯނި ފަހަރެވެ.
ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ މަސްވެރިކަން ފުޅާވެ ރައްޔިތުން ތަނަވަސް ކަމާއި އުފާފާގަތި ކަން މަތީގައި ދިރި އުޅެވޭނޭ ދުވަހެއް ﷲ މިން ވަރު ކޮށް ދެއްވުމެވެ.
